21 ފެބުރުއަރީ 2024 - 20:40

ޓެކްނިކަލް މައްސަލައެއް ދިމާވެ އުރީދޫގެ އިންޓަނެޓްގެ ހިދުމަތަށް މިއަދު ބުރޫއަރައިފި އެވެ.
އުރީދޫން އެކްސްގައި މިރޭ ކުރި ޕޯސްޓެއްގައި ބުނީ ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން އެ ނެޓްވޯކުގެ ހިދުމަތް ބޭނުންކުރާ ބައެއް ކަސްޓަމަރުންނަށް ވޮއިސް އަދި މޯބައިލް އިންޓަނެޓްގެ ހިދުމަތް މެދުކެނޑިފައިވާ ކަމަށެވެ.
"އަޅުގަނޑުމެންގެ އިންޖީނިއަރުން އަންނަނީ މި މައްސަލަ ހައްލުކުރަން މަސައްކަތް ކުރަމުން،" އުރީދޫން ބުންޏެވެ.
މި ވަގުތު ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިކަށް މާފަށް އެދޭ ކަމަށް އެ ކުންފުނިން ބުންޏެވެ.