21 ފެބުރުއަރީ 2024 - 19:21

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މުހައްމަދު ވަހީދު ހުސެއިން އައްޔަނުކުރައްވައިފި އެވެ.
ވަހީދު ހުސެއިން ވަނީ 2015 ވަނަ އަހަރުން 2018 ވަނަ އަހަރާ ދެމެދު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ)ގެ ސީއީއޯގެ މަގާމު ފުރުއްވާފަ އެވެ.
ތައުލީމީ ދާއިރާއިން ކެރިއަރު ފެއްޓެވި ވަހީދު ވަނީ ޓޫރިޒަމް އަދި އެޑިޔުކޭޝަން މިނިސްޓްރީގައި 20 އަހަރަށް ވުރެ ގިނަ ދުވަސް ހިދުމަތް ކުރައްވާފަ އެވެ.
އެމްކިޔުއޭ އިން ވަކިވެވަޑައިގެންނެވުމަށްފަހު، ފާއިތުވި ފަސް އަހަރު އޭނާ އުޅުއްވީ އަމިއްލަ މަސައްކަތް ކުރެއްވުމުގަ އެވެ.