ބަދު ނަސީބު ޖޮޓާ އަނެއްކާ ވެސް ދިގު މުއްދަތަކަށް ކުޅުމާ ދުރަށް
ބަދު ނަސީބު ޖޮޓާ އަނެއްކާ ވެސް ދިގު މުއްދަތަކަށް ކުޅުމާ ދުރަށް

ލިވަޕޫލް (ފެބްރުއަރީ 21) - ލިވަޕޫލްގެ ފޯވާޑް ޑިއޯގޯ ޖޮޓާ އަށް އަނެއްކާ ވެސް އަނިޔާވެގެން ދިގު މުއްދަތަކަށް ކުޅުމާ ދުރުގައި ހުންނަން ޖެހިފައި ވާކަމަށް ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.

ޖޮޓާ އަށް އަނިޔާ ވީ ލިވަޕޫލުން ލީގުގައި އެންމެ ފަހުން ބްރެންޓްފޯޑާ ދެކޮޅަށް ކުޅޭ 4-1 އިން މޮޅުވި މެޗުގަ އެވެ. އެ މެޗުގައި ކާޓިސް ޖޯންސް އާއި ޑާވިން ނޫނޭޒަށް ވެސް އަނިޔާ ވެގެން ބަދަލު ކުރި އެވެ.

"ޑިއޯގޯ [ޖޮޓާ] ގެ ހާލަތުގައި ގިނަ މަސްތަކެއް ނަގާފާނެ،" މިރޭ ލީގުގައި ލޫޓަން ޓައުންއާ ދެކޮޅަށް ނުކުތުމުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި ކްލޮޕް ބުންޏެވެ.

"ކުޅެން އާދެވޭނެ ސީދާ މުއްދަތެއް ބުނަން ބޭނުން ވިއަސް ބުނެވޭކަށް ނެތް، އެއީ މިވަގުތު ކަން އޮތް ގޮތަކީ."

އެންމެ ފަހުން ބްރެންޓްފޯޑާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން ގޯލްކީޕަރު އެލިސަން ބެކާއަށް ވެސް ވަނީ އަނިޔާ ވެފަ އެވެ. އޭނާއަށް ވެސް އަލުން ކުޅެވޭނެ ދުވަހެއް ކްލޮޕް އަކަށް ބުނެ ނުދެވުނެވެ.

ލިވަޕޫލަށް ވަނީ އަނިޔާގެ ގިނަ މައްސަލަތައް ކުރިމަތިވެފަ އެވެ. އެގޮތުން ޓްރެންޓް އެލެކްސެންޑާ އާނޯލްޑާއި ޑޮމިނިކް ސޮބޯސްލައި އަދި ތިއާގޯ އަލްކަންތާރާ އަށް ވެސް ވަނީ އަނިޔާ ވެފަ އެވެ.

އާނޯލްޑާއި ސޮބޮސްލައި ރަނގަޅުވަމުން އަންނަ ނަމަވެސް ފަރިތަކުރުންތަކުގައޮި ބައިވެރިވާން އަދި ނުފަށާ ކަން ކްލޮޕް ވަނީ ހާމަ ކޮށްފަ އެވެ.

އަނިޔާގެ ގިނަ މައްސަލަތަކާ އެކު ވެސް ލިވަޕޫލް އަދި އޮތީ ޕްރިމިއާ ލީގުގެ އެއްވަނައިގަ އެވެ. އެއްވަނައިގައި އޮތީ އެންމެ ޕޮއިންޓެއްގެ ތަފާތުންނެވެ. ލިވަޕޫލް މިހާތަނަށް ކުޅުނު 25 މެޗުން 57 ޕޮއިންޓް ވަނީ ހޯދައިފަ އެވެ.

ދެވަނައިގައި އޮތީ 25 މެޗުން 56 ޕޮއިންޓް ހޯދާފައިވާ މެންޗެސްޓާ ސިޓީ އެވެ. ސިޓީން ވަނީ ރޭ ބްރެންޓްފޯޑާ ވާދަކޮށް 1-0 އިން މޮޅުވެފަ އެވެ.