ކޯޗު އެކަނި ނުފުދޭ؛ ދުރު ރާސްތާއަށް ސްޕޯޓިން ޑައިރެކްޓަރުގެ މަގާމު ވެސް މިހާރު މުހިންމު
ކޯޗު އެކަނި ނުފުދޭ؛ ދުރު ރާސްތާއަށް ސްޕޯޓިން ޑައިރެކްޓަރުގެ މަގާމު ވެސް މިހާރު މުހިންމު

އެލެކްސް ފާގަސަން އާއި އާސެން ވެންގާގެ ދައުރު ކޯޗިންގައި ފާއިތުވެ ދިޔައީ އެވެ. މެންޗެސްޓާ ޔުނައިޓެޑާއި އާސެނަލްގައި ދެ ކޯޗުން ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރީ ކޯޗުކޮށް ދިނުމުގެ އިތުރަށް ޓީމަށް ކުޅުންތެރިން ހޯދައި ރެކްރޫޓްމެންޓްގެ ޒިންމާތައް ވެސް ނަގައިގެންނެވެ. މި ދެ ލެޖެންޑުން އެ ދެ މަސައްކަތުގައި ވެސް ކާމިޔާބު ހާސިލު ކުރި އެވެ.

ކޯޗު އެކަނި ނުފުދޭ؛ ދުރު ރާސްތާއަށް ސްޕޯޓިން ޑައިރެކްޓަރުގެ މަގާމު ވެސް މިހާރު މުހިންމު
ކޯޗު އެކަނި ނުފުދޭ؛ ދުރު ރާސްތާއަށް ސްޕޯޓިން ޑައިރެކްޓަރުގެ މަގާމު ވެސް މިހާރު މުހިންމު

އެކަމަކު މިހާރު ފުޓްބޯޅަ ބަދަލުވެއްޖެ އެވެ. އާ ވިސްނުމާއި އާ ހިޔާލުތައް އުފަންވެ، އާ ގޮތްތަކަށް ފުޓްބޯޅައިގެ މޮޑެލް ބަދަލު ވެއްޖެ އެވެ. މޮޅު ކޯޗުން ހޯދަން ކްލަބްތަކުން އުޅޭ ވަރަށް، މޮޅު ސްޕޯޓިން ޑައިރެކްޓަރުން ހޯދަން ވެސް ކްލަބްގެ މެނޭޖުމެންޓުން އަތްފުނާއަޅަ އެވެ.

ކޯޗު އެކަނި ނުފުދޭ؛ ދުރު ރާސްތާއަށް ސްޕޯޓިން ޑައިރެކްޓަރުގެ މަގާމު ވެސް މިހާރު މުހިންމު
ކޯޗު އެކަނި ނުފުދޭ؛ ދުރު ރާސްތާއަށް ސްޕޯޓިން ޑައިރެކްޓަރުގެ މަގާމު ވެސް މިހާރު މުހިންމު

އިނގިރޭސި ފުޓްބޯޅައިގައި އެންމެ ވާދަވެރި ދެ ކްލަބް، މެންޗެސްޓާ ޔުނައިޓެޑާއި ލިވަޕޫލުން ދަނީ އާ ސްޕޯޓިން ޑައިރެކްޓަރެއް ހޯދުމަށް އެކި މަސައްކަތް ކުރަމުންނެވެ.

ކޯޗު އެކަނި ނުފުދޭ؛ ދުރު ރާސްތާއަށް ސްޕޯޓިން ޑައިރެކްޓަރުގެ މަގާމު ވެސް މިހާރު މުހިންމު
ކޯޗު އެކަނި ނުފުދޭ؛ ދުރު ރާސްތާއަށް ސްޕޯޓިން ޑައިރެކްޓަރުގެ މަގާމު ވެސް މިހާރު މުހިންމު

ތަޖުރިބާކާރުން ބުނާ ގޮތުގައި މިހާރު އެލީޓް ކްލަބެއް މެނޭޖްކުރުމަކީ ވަރަށް ބުރަ ބޮޑު ކަމެކެވެ. ސްޕޯޓިން ޑައިރެކްޓަރުގެ މަގާމެއް ބޭނުން ވަނީ އެކަން ލުއިކޮށް ދިނުމަށެވެ. އެކި ގައުމުތަކުގައި އެ މަގާމަށް ކިޔަނީ އެކި ނަންނަމަވެ. އޭޝިއާގައި ޓެކްނިކަލް ޑައިރެކްޓަރެވެ. ޔޫރަޕްގެ ބައެއް ހިސާބުތަކުގައި ފުޓްބޯޅަ ޑައިރެކްޓަރު ވެސް ކިޔައި އުޅެ އެވެ. ސްޕޭނުގެ ބައެއް ކްލަބްތަކުގައި ޖެނަރަލް މެނޭޖަރެވެ. އެހެން ބައެއް ކްލަބްތަކުގައި ފުޓްބޯލް އެޑްމިނިސްޓްރޭޝަންގެ ހެޑް އެވެ.

ކޯޗު އެކަނި ނުފުދޭ؛ ދުރު ރާސްތާއަށް ސްޕޯޓިން ޑައިރެކްޓަރުގެ މަގާމު ވެސް މިހާރު މުހިންމު
ކޯޗު އެކަނި ނުފުދޭ؛ ދުރު ރާސްތާއަށް ސްޕޯޓިން ޑައިރެކްޓަރުގެ މަގާމު ވެސް މިހާރު މުހިންމު

މަގާމުގެ ނަން ތަފާތު ވިޔަސް، މިއީ އެއް ކަހަލަ މަސައްކަތްތަކެއް ކުރާ ބައެކެވެ. ކްލަބްތަކަށް ކުޅުންތެރިން ރެކްރޫޓްކުރުމާއި ޓީމުގެ ޕާފޯމަންސް އެނަލިސިސް ހެދުން އަދި އޮޕަރޭޝަންސް ފަދަ ދާއިރާތައް ހަރުދަނާކުރުމަށް ސްޕޯޓިން ޑައިރެކްޓަރުގެ މަގާމުގެ އެހީތެރިކަން ހޯދަން ގިނަ ކްލަބްތަކުން އިސްކަން ދެ އެވެ.

ކްލަބްތަކުގެ ޓެކްނިކަލް ދާއިރާގައި ވެސް ހަރުދަނާ އޮނިގަނޑުތައް ތަންފީޒުކުރުމުގެ ފައިދާ، ފެންވަރު ރަނގަޅު ސްޕޯޓިން ޑައިރެކްޓަރުގެ އެހީގައި ގިނަ ކްލަބްތަކަކަށް ވަނީ ހާސިލު ވެފަ އެވެ. ދިގު މުއްދަތައް ކާމިޔާބު ދެމެހެއްޓެވި ގޮތަކަށް ބެލެންސް ކުރުމަށް ސްޕޯޓިން ޑައިރެކްޓަރުގެ ދައުރު ޔޫރަޕްގެ ފުޓްބޯޅައިގައި މިހާރު ވަނީ ބޮޑު ވެފަ އެވެ.

އެކި ކްލަބްތަކުގެ ޓާގެޓް ތަފާތެވެ. ސްޕޯޓިން ޑައިރެކްޓަރުން ހޯދުމުގައި އެކި ކްލަބްތަކުގައި ތަފާތު ޝަރުތުތަކެއް ހުންނާނެ އެވެ. ގިނަ ސްޕޯޓިން ޑައިރެކްޓަރުން ފުޓްބޯޅަ ޑިޕާޓްމަންޓެ ހިންގުމުގައި ގެންގުޅޭ އުސޫލު ތަފާތެވެ. ސީނިއާ ޓީމުގެ ދަށުން އޮންނަ ޖޫނިއާ ޓީމުތައް ބަލަހައްޓަމުން ސްޓްރެޓެޖިކް ނިންމުންތަކަށް ނުފޫޒު ފޯރުވަ އެވެ. ކްލަބްގެ ކަންކަން ވަކި ގޮތަކަށް ގެންދިއުމަށް މެނޭޖްމެންޓަށް އިސްވެ ލަފާ ދެ އެވެ. އަދި ބޯޑްގެ ނިންމުންތަކުގައި ވެސް ބައިވެރި ވެއެވެ.

"ކޮންމެ ކްލަބެއްގައި ވެސް ތަފާތު، މަގާމުގެ މަސައްކަތް ތަފުސީލުކޮށް ލިޔެފައ އޮންނަން ޖެހޭ. ބްލެކްބާން ރޯވާސްގައި ފުޓްބޯޅަ ޑައިރެކްޓަރުގެ ދައުރަކީ ކްލަބްގެ ސްޕޯޓިން ވިންގު ބެލެހެއްޓުން. އޭގެ ތެރޭގައި ހަ ޑިޕާޓްމެންޓެއް ހިމެނޭ؛ ސީނިއާ ޓީމު، އެކަޑަމީ، ޕްލޭޔާ ރެކްރޫޓްމަންޓް، އެނަލިސިސް، ޕާފޯމަންސް އަދި ޓީމުގެ މެޑިކަލް ދާއިރާ ވެސް އިސްކޮށް ބަލަހައްޓަން ޖެހޭ،" ކުރިން ނޯރިޗް އަދި މިހާރު ބްލެކްބާން ރޯވާސްގެ ފުޓްބޯޅަ ޑައިރެކްޓާގެ މަގާމު އަދާ ކުރަމުން އަންނަ ގްރެގް ބްރޫޓަން، ސްޕޯޓިން ޑައިރެކްޓަރުގެ މަގާމާ ބެހޭގޮތުން ބުންޏެވެ.

"މި ސުވާލަކީ ވަރަށް ގިނަ މީހުންނަށް އޮޅުން އަރާނެ ސުވާލެއް. އަދި ފުޓްބޯޅައިގެ ނޫޅޭ މީހުންނަށް މީތި ނޭނގިދާނެ. އެކި ކްލަބްތަކުގައި އެ މަގާމުގެ ދައުރު ތަފާތު ވެދާނެ. އެކި ކްލަބްތަކުން ހާސިލުކރަން އެދޭ މިންވަރާއި ގެންގުޅެން ބޭނުންވާ ސްޓްރެޓެޖީތައް ތަފާތު ވުމުން އެ ސްޕޯޓިން ޑައިރެކްޓަރެއްްގެ ދައުރު ވެސް ތަފާތު ވާނެ."

އެކި ސްޕޯޓިން ޑައިރެކްޓަރުން މޮޅި އެކި މަސައްކަތަކަށެވެ. ލިވަޕޫލްގެ މައިކަލް އެޑްވާޑްސް އަކީ އެނަލިސިސް ފަސްބައިން އައިސް ހުރި މީހެކެވެ. ނޯރިޗްގެ މިހާރު ގެ ސްޕޯޓިން ޑިރެކްޓަރު ސްޓުއާޓް ވެބާ އެ މަގާމާ ހަވާލުވުމުގެ ކުރިން ވަނީ ސްކައުޓިން އަދި ރެކްރޫޓްމަންޓްގެ އިސްސަފުގައި ހަރަކާތްތެރިވެފަ އެވެ. އިދާރީ ހިންގުމާއި އެގްޒެކެޓިވް މަސައްކަތުގައި ވެސް ތާރީހެއް އޮތް ރޮސް ވިލްސަން އަކީ މިހާރު ރޭންޖާސްގެ ސްޕޯޓިން ޑިރެކްޓަރެވެ. އެ ކްލަބްގެ ބޯޑްގައި ވެސް އޭނާ ތަމްސީލު ކުރެ އެވެ.

ބައެއް ކްލަބްތަކުގައި ފުޓުބޯޅަ ޑިޕާޓްމަންޓްތަކުގެ މަސައްކަތުގެ ދާއިރާ ފުޅާވެފައި ވުމުން ސްޕޯޓިން ޑައިރެކްޓާގެ ދަށުން މަސައްކަތް ކުރާނެ މީހުން ހަމަޖައްސަ އެވެ. ދުނިޔޭގެ އެންމެ ބޮޑު ކްލަބް ރެއާލް މެޑްރިޑްގެ ޖެނަރަލް މެނޭޖަރު ހޯޒޭ އެންހަލް ސަންޗޭޒް ލީޑާޝިޕަށް ގިނަ ޒިންމާތަކެއް އެބައޮތެވެ.. ކްލަބްގެ ސަޕޯޓަރުންނާ ގުޅޭ ކަންތައްތަކާއި މާކެޓިން އާއި ފައިނޭންސާ ގުޅޭ ގިނަ މަސައްކަތަކެއް ވެސް އަދި ސްޕޯޓިންގެ މަސައްކަތްތަކެއް ވެސް އޭނާ އަށް އޮތީ ހަވާލުކޮށްފަ އެވެ.

އޭނާގެ އެސިސްޓެންޓްގެ ތެރެއިން ސްކައުޓިންގެ ހެޑަކީ ޖޫނި ކަލާފާޓް އެވެ. ރެއާލް މެޑްރިޑުން މި ފަހުން ސޮއި ކުރުވި ގިނަ ޒުވާން ކުޅުންތެރިންނަކީ އޭނާގެ ރެކްރޫޓްމަންޓްގެ ދަށުން ގެނައި ކުޅުންތެރިންނެވެ. އޭނާ ހޯދީ ދުނިޔޭގެ ފެންވަރުގެ ތަރިންނެވެ.

ސަންޗޭޒަށް އެހީވުމަށް، ފުޓްބޯޅަ ޑައިރެކްޓަރުގެ ނަމުގައި ވަކި މަގާމެއް އުފައްދާފައި ވެއެވެ. މިހާރު އެ މަގާމު އަދާ ކުރަނީ ކުރީގެ ކޯޗު ސެންތިއާގޯ ސޮލާރީ އެވެ. މެޗުތަކާއި ޓްރެއިނިން ސެޝަންތަކާއި އެކަޑަމީގެ މަސައްކަތްތައް އޭނާ އޮބްޒާވް ކުރާނެ އެވެ. ކުޅުންތެރިންނާއި ކޯޗުންނާ ބެހޭ ގޮތުން ފުޅާ ދާއިރާއެއްގައި ރިޕޯޓްތައް އެއްކޮށް، ކްލަބަށް އަގުހުރި މައުލޫމާތުތަކެއް އޭނާ ފޯރުކޮށް ދޭނެ އެވެ.

އިިނގިރޭސި ޕްރިމިއަ ލީގުގެ ގިނަ ކްލަބްތަކުން ސްޕޯޓިން ޑައިރެކްޓަރުގެ މަގާމަށް ބޮޑު އަހަމަިއްޔަތުކަމެއް މިހާރު ދެ އެވެ. ސްޕޯޓިން ޑައިރެކްޓަރުން ތަމްސީލު ކުރާ ޖަމިއްޔާއެއް ވެސް އިނގިރޭސި ވިލާތުގައި އޮވެ އެވެ. އެ ޖަމިއްޔާގެ ފައުންޑަރު މައިކް ރިގް ބުނީ ދިގު މުއްދަތުގެ ސްޓްރެޓެޖިކް ޕްލޭންކޮށް، ފުޓުބޯޅަ ހުރިހާ އޮޕަރޭޝަންތަކާއި ޑިޕާޓްމަންޓްތަކުގެ މަސައްކަތް އެއްފަހަރާ ކޮނޑުގައި އަޅައިގެން ހުންނަ މީހަކީ ސްޕޯޓިން ޑައިރެކްޓަރު ކަމަށެވެ.

"ހައި ޕާފޯމަންސް މާހައުލެއް ގާއިމުކޮށް ފުޓްބޯޅަ އާއި ބިޒްނަސް ސްޓްރެޓެޖީީތަކަށް ހުރި ގޮންޖެހުންތައް ނައްތާލުމަށް ހުރިހާ ޑިޕާޓްމަންޓްތަކެއް ގުޅިގެން މަސައްކަތް ކުރާކަން ކަށަވަރު ކުރަން ޖެހޭނެ،" ސްޕޯޓިން ޑައިރެކްޓަރުގެ ޒިންމާތަކާ ބެހޭގޮތުން ރިގް ބުންޏެވެ.

ބޯންމައުތުގެ ޓެކްނިކަލް ޑައިރެކްޓާ ރިޗަޑް ހިއޫޒް ބުނީ ސްޕޯޓިން ޑައިރެކްޓަރުގެ މަގާމަކީ ކްލަބްތަކަށް އަންނަ ޓްރާންސިޝަނަލް ވަގުތުތަކުގައި ވެސް އެއް ހަމައެއްގައި ކްލަބްގެ ފުޓްބޯޅައިގެ ކަންކަން ގެންދިއުމަށް އެހީވެދޭ މީހާ ކަމަށެވެ.

"މި [ސްޕޯޓިން ޑައިރެކްޓާގެ] ރޯލަކީ ވަރަށް ގިނަ ފައިދާތަކެއް ހުރި ރޯލެއް، އަހަރެންގެ ނަޒަރުގައި އެންމެ ބޮޑު އެއް ކަމަކީ ފުޓްބޯޅަ ކްލަބަކަށް ޓްރާންސިޝަން ޕީރިއަޑްތަކުގައި އެއްހަމައެއްގައި ހަމަޖެހުމާއެކީ ކަންކަން ފޯރުކޮށްދިނުމުގެ ގާބިލުކަން. ހެޑް ކޯޗުގެ މަގާމު މުއްދަތު ނިސްބަތުން އެހާ ކުރުވެފައި އޮތުމުން، ކޯޗަކު ވަކިވެ، (އަލުން އާ ކޯޗަކު އަންނަ އިރު) އޮނިގަނޑެއް ނުވަތަ މައުލޫމާތެއް ނެތި ކްލަބްތައް އަމިއްލައަށް ފެނުނު ގޮތަކަށް ދާން ދޫކޮށްލާނަމަ އެ ކްލަބްތައް ފެންނާކަށް ނޯންނާނެ،" ހިއޫޒް ބުންޏެވެ.

"ސްޕޯޓިން ޑިރެކްޓަރަކު ހުރުމުގެ މާނައަކީ ކުރު މުއްދަތުގެ ސްޓްރެޓެޖީތަކުގެ ބަދަލުގައި މެދުރާސްތާއިން ދިގު މުއްދަތަކަށް ކްލަބަށް މަސައްކަތް ކުރެވޭނެ ގޮތް ހެދުން. ސްޕޯޓިން ޑައިރެކްޓަރަކު ހުރުމަކީ ހެޑް ކޯޗަކަށް ނުވަތަ މެނޭޖަރަކަށް ވެސް ފައިދާކުރާނެ ކަމެއް. އޭގެ ސަބަބުން ކުރިމަގަށް ޓީމު ބިނާ ކުރަން، ކޯޗިން ޓީމަށް އެހީވާނެ. އަދި ކްލަބްގެ ބޯޑާއި ކޯޗާ ދެމެދު ތާށިވިޔަ ނުދޭނެ."

މެންޗެސްޓާ ޔުނައިޓެޑުން ސްޕޯޓިން ޑައިރެކްޓަރެއް ހަމަޖައްސަން ކުރާ މަސައްކަތުގައި، މި އިންޑަސްޓްރީގައި ތިބި އެންމެ މޮޅެތި މީހުން ވަނީ އެ ކްލަބްގެ ރާޑަރަށް އަރައިފަ އެވެ.

ޔުނައިޓެޑުން ގެންދަން މަސައްކަތް ކުރާ ޑެން އެޝްވޯތު އަކީ ކުރިން އިނގިރޭސި އެފްއޭގެ ސްޕޯޓިން ޑައިރެކްޓަރެވެ. ބްރައިޓަން އާއި ނިއުކާސަލްގައި އޭނާ ކާމިޔާބު މަސައްކަތްތަކެއް ކޮށްފައި ވުމުން، އޭނާގެ އަގު ބޮޑެވެ. އޭނާގެ މުހިންމުކަން ޔުނައިޓެޑަށް ވަރަށް ބޮޑެވެ. ފިރިހެން ޓީމުގެ ހެޑް ކޯޗު އެރިކް ޓެން ހަގާއި އަންހެން ޓީމުގެ ހެޑް ކޯޗު މާކް ސްކިނާއަށް ޕްރެޝަރު އެބައޮތެވެ. ސްޕޯޓިން ޑައިރެކްޓަރު ހަމަޖައްސުމުން، އެ ދެ ކޯޗުންނަށް އޮންނަ ޕްރެޝަރު ކުޑަ ވާނެ އެވެ. ދެން ހެޑް ކޯޗަށް އޮންނާނެ މައިގަނޑު މަސައްކަތްތަކީ ދުވަހުން ދުވަހަށް މެޗުތަކަށް ތައްޔާރުވުމެވެ.

އިނގިރޭސި ކުރީގެ ކުޅުންތެރިޔާ ކަރެން ކާނޭ ލިޔުނު ކޮލަމްގައި ބުނެފައި ކުޅުންތެރިންގެ ބާޒާރު އެނގޭ ސްޕޯޓިން ޑައިރެކްޓަރަކު ގެނެވިއްޖެނަމަ އޭގެ ފައިދާ ކްލަބަށް ވަރަށް ބޮޑަށް ކުރާނެ ކަމަށެވެ.

މޮޅު ކޯޗުންގެ މަސައްކަތް ކާމިޔާބު ވަނީ ވެސް އޭގެ ފަހަތުގައި ސްޕޯޓިން ޑައިރެކްޓަރު ހިއްސާ ވަރަށް ބޮޑަށް އޮވެގެންނެވެ. މަގާމު ތަފާތު ވިޔަސް ދެ މީހުން ވެސް މަސައްކަތް ކުރަން ޖެހޭނީ ކޮނޑާކޮނޑު ޖެހިގެން ތިބެ އެވެ. މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ ސިޓީ އާ އެކު އޭނާގެ ކޮންޓްރެކްޓް ދެވަނަ ފަހަރަށް އާ ކުރި މައިގަނޑު ސަބަބަކީ އެ ކްލަބްގެ ސްޕޯޓިން ޑައިރެކްޓާ ޗިކީ ބެގްރިސްޓައިން ކަމަށެވެ.

ގާޑިއޯލާ ބުނީ ސިޓީގައި، މަސައްކަތް ކުރަން ފަސޭހަ މާހައުލެއް އޭނާ އަށް ހަމަޖައްސައި ދީ އެ ޖާގަ ކްލަބްގައި އުފައްދައި ދެނީ ބެގްރިސްޓައިން ކަމަށެވެ.

"އަހަރެން ކޮންޓްރެކްޓް ދެ ފަހަރެއްގެ މަތިން އާ ކުރި އެއް ސަބަބަކީ ޗިކީ މިތަނުގައި ހުރުން. އެކުގައި އަހަރެމެން ވަރަށް ރަނގަޅަށް މަސައްކަތް ކުރަން. މޮޅުވީމަ މޮޅުވީ ކީއްވެގެންތޯ އަހަރެމެން ދެ މީހުން އެކުގައި މަސައްކަތްކޮށްގެން ބަލަން. ބަލިވީމަ ބަލިވީ ކީއްވެގެންތޯ ވެސް ގުޅިގެން އަހަރެމެން ބަލަން،" ސިޓީގެ ސްޕޯޓިން ޑައިރެކްޓަރުގެ މަސައްކަތާ ބެހޭގޮތުން ގާޑިއޯލާ ބުންޏެވެ.

"އެއަށްވުރެ ބޮޑަށް އޭނާ އަކީ ހިތްތިރި މީހެއް. އޭނާ މީޑިއާއަކަށް ނުދާނެ. ވަރަށް ބުރަކޮށް މަސައްކަތް ކުރުމަށް ފަހު ކާމިޔާބު ލިބޭ ފަހުން ވެސް އެހުރިހާ ކަމެއްގެ ކްރެޑިޓް ހައްގު ކުރާނީ އެހެން މީހުންނަށް. ކުޅުންތެރިންނާއި ޗެއާމަން އާއި ސީއީއޯ އަދި ކޯޗިން ސްޓާފުންނަށް. އެކަމަކު ހަގީގަތުގައި އެހުރިހާ މަސައްކަތެއްގެ ފަރުދާގެ ފަހަތުގައި ހުންނާނީ އޭނާ."