ޓީޓީ އެސޯސިއޭޝަން ގޯތިތެރޭގައި ހުރި ބޮޑު ގަސް ވެއްޓިއްޖެ
ޓީޓީ އެސޯސިއޭޝަން ގޯތިތެރޭގައި ހުރި ބޮޑު ގަސް ވެއްޓިއްޖެ

ޓޭބަލް ޓެނިސް އެސޯސިއޭޝަން ހިންގަމުން އަންނަ ހެންވޭރު ކުރީގެ ޔޫތު ސެންޓަރު ގޯތިތެރޭގައި ހުރި ގަހެއް ވެއްޓިގެން ފުލުހުން ހަރަކާތްތެރިވެއްޖެ އެވެ.

ޓީޓީ އެސޯސިއޭޝަން ގޯތިތެރޭގައި ހުރި ބޮޑު ގަސް ވެއްޓިއްޖެ
ޓީޓީ އެސޯސިއޭޝަން ގޯތިތެރޭގައި ހުރި ބޮޑު ގަސް ވެއްޓިއްޖެ

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އެ ގަސް ވެއްޓިގެން އުޅޭ ކަމުގެ ރިޕޯޓު ލިބިފައިވަނީ މިއަދު މެންދުރުފަހު 15:31 ގައި ކަމަށެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށާއި ނަމަވެސް ގަސް ވެއްޓި އެ ސަރަހައްދުގައި ޕާކްކޮށްފައި އޮތް ވޭނަކަށް ގެއްލުން ވެފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ފޮޓޯތަކުން ފެންނަ ގޮތުގައި ގަސް ބުޑުން ބިންދައިގެން ގޮސް، ވެއްޓިފައިވަނީ އެ ވޭނުގެ މައްޗަށެވެ.

ފުލުހުން އަންނަނީ މި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންނެވެ.