20 ފެބުރުއަރީ 2024 - 12:53

މިނިސްޓްރީ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާގެ ސްޓޭޓް މިނިސްޓަރު ހުސެއިން އިސްމާއިލް މަގާމުން ވަކިކޮށްފި އެވެ.
ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް ހުސެއިން އިސްމާއިލް އައްޔަނު ކުރެއްވީ މިދިޔަ މަހުގެ 19 ވަނަ ދުވަހު އެވެ.
އެމްއެންޕީގެ ނާއިބު ރައީސް މަގާމުގައި ވެސް ހުންނެވި ހުސެއިން އިސްމާއިލް ވަނީ އޭނާ މިއަދު އެ މަގާމުން ވަކިކޮށްފައިވާ ކަން "މިހާރު" އަށް ޔަގީން ކޮށްދެއްވައިފަ އެވެ.
ހުސެއިން ވިދާޅުވީ އެ މަގާމުން ވަކިކުރީ ރައީސަށް ލިބިގެންވާ ބާރުދެ ދަށުން ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވަ އެވެ.
އޭނާ އެ މަގާމުން ވަކިކުރި ނަމަވެސް އެ މިނިސްޓްރީގައި އިތުރު ދެ ސްޓޭޓް މިނިސްޓަރުން ތިއްބަވަ އެވެ. އެއީ މަރްޔަމް ވިޝާމާ އަހުމަދު އާއި އަހުމަދު ހަސަންދީދީ އެވެ.