ޔުނައިޓެޑަށްް ބޭނުންވަނީ ހާސްކަމުގައި ކުޅޭނެ ފޯވާޑުން، ހޮއިލަންޑަކީ އޭގެ މީހެއް: ޓެން ހަގް
ޔުނައިޓެޑަށްް ބޭނުންވަނީ ހާސްކަމުގައި ކުޅޭނެ ފޯވާޑުން، ހޮއިލަންޑަކީ އޭގެ މީހެއް: ޓެން ހަގް

ލޫޓަން (ފެބްރުއަރީ 19) - މެންޗެސްޓާ ޔުނައިޓެޑްގެ ފޯވާޑުންގެ ކިބައިގައި ހާސްކަމުގެ ތެރޭގައި ކުޅެން އެނގުމުގެ ގާބިލުކަން ހުރުން މުހިންމު ކަމަށާއި އެ ޓީމުގެ ފޯވާޑް ރަސްމުސް ހޮއިލަންޑަކީ، އެކަމުގެ ގާބިލުކަން ހުރި ކުޅުންތެރިޔެއް ކަމަށް، ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހަގް ބުނެފި އެވެ.

ޔުނައިޓެޑަށްް ބޭނުންވަނީ ހާސްކަމުގައި ކުޅޭނެ ފޯވާޑުން، ހޮއިލަންޑަކީ އޭގެ މީހެއް: ޓެން ހަގް
ޔުނައިޓެޑަށްް ބޭނުންވަނީ ހާސްކަމުގައި ކުޅޭނެ ފޯވާޑުން، ހޮއިލަންޑަކީ އޭގެ މީހެއް: ޓެން ހަގް

އިނގިރޭސި ޕްރިމިއާ ލީގުގައި، ރޭ ލޫޓަން ޓައުން އާ ދެކޮޅަށް ޔުނައިޓެޑްގެ ދެ ލަނޑު ވެސް ޖަހައި ދިނީ ހޮއިލަންޑެވެ. ޔުނައިޓެޑް މެޗު ކާމިޔާބު ކުރީ 2-1 ންނެވެ.

ހަތަރު ވަނައިގައި އޮތް އެސްޓަން ވިލާއަށް ވުރެ ފަސް ޕޮއިންޓް ފަހަތުގައި އަދި ޓޮޓްނަމްއަށް ވުރެ ތިން ޕޮއިންޓް ފަހަތުން ހަވަނައިގައި ޔުނައިޓެޑުން ހަމަޖެހިލީ ހޮއިލަންޑަ ގެ ފުރަތަމަ ލަނޑާއެކު އެވެ. މެޗުގެ ފުރަތަމަ މިނެޓްގައި ލަނޑު ޖަހައި، އުމުރުން 21 އަހަރުގެ ފޯވާޑް ވަނީ އިނގިރޭސި އެންމެ މަތީ ޑިވިޝަނުގައި ވިދިވިގެން ހަ މެޗުގައި ލަނޑު ޖެހީ އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑް ހަދައިފަ އެވެ.

އެޓަލާންޓާއަށް 72 މިލިއަން ޕައުންޑް ދިނުމަށް ފަހު ޔުނައިޓެޑުން ސޮއި ކުރުވި ފޯވާޑާ މެދު ޓެންހަގްގެ އުންމީދުތައް ވަރަށް މައްޗެވެ. އޭނާ ބުނީ އެ ކްލަބަށް ހޮއިލަންޑަ ގިނަ ލަނޑުތަކެއް ޖަހާނެ ކަމަށެވެ.

"އަހަރެމެން އޭނާ ރެކްރޫޓް ކުރީ އޭނާގެ ސިފަތަކަށް ބެލުމަށް ފަހު،" ހޮއިލަންޑާ ބެހޭގޮރުން ޓެންހަގް ބުންްޏެވެ.

"އޭނާގެ ވަރުގަދަކަން އަހަރެމެންނަނަށް އެނގުނު. ހަގީގަތުގައި ވެސް ހާސްކަމުގެ ތެރޭގައި އޭނާ އަށް ކުޅެވޭނެ. އެއީ މެންޗެސްޓާ ޔުނައިޓެޑްގެ ސްޓްރައިކަރަކަށް ބޭނުންވާނެ ކަމެއް. އޭނާ ނުތަނަވަސްވެ، އިތުބާރު ގެއްލުވައެއްނުލާ. އޭނާގެ ހިތްވަރު ވަރަށް ގަދަ. އޭނާ އިތުރަށް ލަނޑުތައް ޖަހާނެކަން ޔަގީން."

ޓެންހަގް ބުނީ ސީޒަންގެ ކުރީ ކޮޅު ހޮއިލަންޑަށް އުނދަގޫ ހާލަތެއް ކުރިމަތިވި ނަމަވެސް އޭނާ އެކަމުން އަރައިގަންނާނެކަން އެނގޭ ކަމަށެވެ. އޭނާގެ ލަނޑު ޖެހުމުގެ ފެންވަރު އެކަމުގެ ހެއްކަކަށް ފުދޭކަމަށެވެ.