ރަޝިޔާގެ އިދިކޮޅު ލީޑަރު ޖަލުގައި އަވަހާރަވެއްޖެ
ރަޝިޔާގެ އިދިކޮޅު ލީޑަރު ޖަލުގައި އަވަހާރަވެއްޖެ

ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސޭ ނަވަލްނީ ޖަލުގައި އަވަހާރަވެއްޖެ އެވެ.

އުމުރުން 47 އަހަރުގެ ނަވަލްނީގެ ތަރުޖަމާނަކު ވިދާޅުވީ ނަވަލްނީ އަވަހާރަވި ސަބަބެއް އަދި ކަށަވަރުނުވާ ކަމަށާއި އޭނާގެ ވަކީލް ޖަލަށް ޒިޔާރަތް ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ނަވަލްނީގެ މަރާ ބެހޭ ގޮތުން ރަޝިއާ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނީ އޭނާގެ ހާލު ގޯސްވީ ހިނގަން ނުކުމެ އުޅުއްވުމަށް ފަހު ކަމަށެވެ. ކުއްލިއަކަށް ހޭނެތި ހާލު ބޮޑުވީ ކަމަށާއި ވަގުތުން މެޑިކަލް ސްޓާފުން ގެނެސް ފަރުވާދީ އަދި އެމްބިއުލާންސް ޓީމުން ވެސް ފަރުވާ ދިން ކަމަށާއި އެކަމަކު ފުރާނަ ސަލާމަތް ނުކުރެވުނު ކަމަށް ބަޔާނުގައިވެ އެވެ.

ހައްދުފަހަނައެޅި ހަރުކަށި އަމަލުތައް ހިންގުމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި ނަވަލްނީ ހައްޔަރުކުރީ ޖަރުމަނުގައި އުޅުއްވަނިކޮށް "ނާވް އެޖެންޓް" އިން ބޭނުންކޮށްގެން ޒަހަރު ދިނުމުން އާލާސްކަންފުޅާ އުޅުއްވުމަށް ފަހު ރަނގަޅުވެގެން 2021 ވަނަ އަހަރު އެނބުރި ގައުމަށް ވަޑައިގަތުމާ އެކުގަ އެވެ.

ނަވަލްނީ ހައްޔަރުކުރުމުގެ ކުރިން އޭނާ ވަނީ ސަރުކާރާ ދެކޮޅަށް ވަރުގަދަ ކެމްޕޭނުތަކެއް ހިންގައި ކޮރަޕްޝަންތައް ފަޅާއަރުވާލައިފަ އެވެ.