މަކަރާއި ހީލަތުން 400 ޑޮލަރު އަތުލި މައްސަލައެއްގައި ދެ މީހަކު ހޯދަނީ
މަކަރާއި ހީލަތުން 400 ޑޮލަރު އަތުލި މައްސަލައެއްގައި ދެ މީހަކު ހޯދަނީ

މަކަރާއި ހީލަތުން 400 ޑޮލަރު އަތުލި މައްސަލައެއްގައި ތުހުމަތުވާ ދެ މީހަކު ހޯދަން ފުލުހުން މިއަދު އިއުލާންކޮށްފި އެވެ.

ފުލުހުން ހޯދަމުން އަންނަނީ މާލެއަށް ނިސްބަތްވާ ދެ މީހުން ކަމަށްވާ 61 އަހަރުގެ އަބްދުﷲ މުހައްމަދާއި 42 އަހަރުގެ އިސްމާއިލް ޝިމާމް އެވެ.

މަކަރާއި ހީލަތުން 400 ޑޮލަރު ހޯދި ކަމުގެ ތުހުމަތުގައި އެމީހުން ހޯދަން އިއުލާންކުރިއިރު އެއީ ބޭންކު ރޭޓުން ބަލާ ނަމަ 6،000 އަށް ވުރެ ގިނަ ދިވެހި ރުފިޔާ އެވެ.

މ. މުލީ ޕޮލިސް ސްޓޭޝަނުން ތަހުގީގުކުރަމުން އަންނަ އެ މައްސަލާގައި އެ މީހުން ހޯދަން އިއުލާންކުރީ ދެ މީހުން އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުކުރުމަށް ޗިޓް ހަވާލުނުކުރެވިގެންނެވެ.

އެހެންވެ އެ މީހުން ހޯދަން އިއުލާންކުރީ ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުންގެ އިއުލާނުގައި ވަނީ މިމަހުގެ 24 ގައި މުލީ ޕޮލިސް ސްޓޭޝަނަށް ހާޒިރުވުމަށް އަންގައިފަ އެވެ.