ސުޕަ ބޯލްގެ ކާމިޔާބު ފާހަގަކުރުމުގެ ހަރަކާތަށް ބަޑި ޖަހައި މީހަކު މަރާލައިފި
ސުޕަ ބޯލްގެ ކާމިޔާބު ފާހަގަކުރުމުގެ ހަރަކާތަށް ބަޑި ޖަހައި މީހަކު މަރާލައިފި

މިޒޫރީ، އެމެރިކާ (ފެބްރުއަރީ 15) - އެމެރިކަން ފުޓްބޯޅަ ނުވަތަ ސުޕަ ބޯލްގެ ޗެމްޕިއަންކަން މިދިޔަ ހޯމަ ދުވަހު ހޯދި ކެންސަސް ސިޓީ ޝީފްސްގެ ކާމިޔާބު ފާހަގަ ކުރަން، ބޭއްވި ހިނގާލުމަކަށް ބަޑި ޖަހައި އެކަކަު މަރާލައިފި އެވެ.

ސުޕަ ބޯލްގެ ކާމިޔާބު ފާހަގަކުރުމުގެ ހަރަކާތަށް ބަޑި ޖަހައި މީހަކު މަރާލައިފި
ސުޕަ ބޯލްގެ ކާމިޔާބު ފާހަގަކުރުމުގެ ހަރަކާތަށް ބަޑި ޖަހައި މީހަކު މަރާލައިފި

މި ހާދިސާގައި 21 މީހުން ޒަހަމް ވި އެވެ. އޭގެ ތެރެއިން ތިން މީހުންގެ ހާލު ވަރަށް ސީރިއަސްކަމަށް އެމެރިކާގެ އިދާރާތަކުން ބުންޏެވެ. އެކަކަށް ކުޑަކުޑަ ހާނިކައެއްވި އެވެ، ނަމަވެސް ހޮސްޕިޓަލުގައި ފަރުވާ ދޭކަށް ނުޖެހުނެވެ.

"ސީއެންއެން" އިން ބުނީ ހަތަރު ހޮސްޕިޓަލަކުން 29 މީހަކަށް ފަރުވާ ދީފައިވާ ކަމަށެވެ. އޭގެ ތެރެއިން 19 މީހުންނަކީ ވަޒަން އަރައިގެން ޒަހަމްވި މީހުން ކަމަށެވެ.

މި ހާދިސާގައި ބައިވެރިވިކަމަށް ތުހުމަތު ކުރެވޭ ތިން މީހަކު އެ ގައުމުގެ ފުލުހުން ވަނީ މިހާރު ހައްޔަރު ކޮށްފަ އެވެ.

ސުޕަ ބޯލް އަކީ އެމެރިކާގައި އެންމެ މަގުބޫލު ކުޅިވަރެވެ. އެ ކުޅިވަރުގެ އެންމެ މަތީ ލީގަކީ އެމެރިކާގެ ނެޝަނަލް ފުޓްބޯލް ލީގް (އެންއެފްއެލް) އެވެ.

އެންއެފްއެލްގެ ޗެމްޕިއަންކަން ކެންސަސް ސޓީން ހޯދީ މިދިޔަ ހޯމަ ދުވަހު ސެން ފްރެންސިސްކޯ 49 އިއާގެ މައްޗަށް 25-22 ކާމިޔާބު ހޯދައިގެންނެވެ.

އެމެރިކާގައި އާންމުންގެ ތެރޭގައި ބަޑި ޖެހުމުގެ ހާދިސާތައް ހިންގުމަކީ އާންމު ކަމެކެވެ. މީގެ ކުރިން ސްކޫލްތަކާއި ކޮލެޖްތަކުގައި އަދި އަޅުކަންކުރާ ތަންތަނާއި ވިޔަފާރި ކުރާ ތަންތަނުގައި ވެސް ބާޑި ޖެހުމުގެ ހާދިސާތައް ހިންގާފައި ވެއެވެ. މިއީ ކުޅިވަރުގެ އުފާފާޅު ކުރުމަށް ބަޑި ޖަހި ފުރަތަމަ ފަހަރެއް ނޫނެވެ.

މިިދޔަ އަހަރު ޖޫން މަހު، ޑެންވާ ނަގެޓްސްއިން އެންބީއޭ ޗެމްޕިއަންކަން ހޯދުމުން ބޭއްވި އުފާފާޅު ކުރުމުގެ ހަފުލާ އަކަށް ބަޑިޖަހައި ދެ މީހަކު ޒަހަމް ކޮށްލި އެވެ.