ދިރާގުގެ "އީއޭއެފްސީ 24 މިނީ ސީރީޒް 1" ގައި ބައިވެރިވާން ހުޅުވާލައިފި
ދިރާގުގެ "އީއޭއެފްސީ 24 މިނީ ސީރީޒް 1" ގައި ބައިވެރިވާން ހުޅުވާލައިފި

ދިރާގުން ބާއްވާ އީސްޕޯޓްސް މުބާރާތް، އީއޭއެފްސީ 24 މިނީ ސީރީޒް 1 އަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މި މުބާރާތަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށެވެ. މި މުބާރަތަކީ 15 އަހަރުން މަތީގެ ދިވެހިންނަށް ބައިވެރިވެވޭ މުބާރާތެކެވެ. މި މުބާރާތް އޮންނާނީ މި މަހުގެ 22 ވަނަ ދުވަހުން 24 ވަނަ ދުވަހުގެ ނިޔަލަށް ދިރާގުގެ ހެޑް އޮހީހުގަ އެވެ.

ދިރާގުން ވަނީ މި މުބާރާތުން ޖާގަ ކަށަވަރުކުރުމަށް ވީހާ ވެސް އަވަހަށް ރަޖިސްޓްރީކުރުން މުހިންމު ކަމަށް ބުނެފަ އެވެ.

މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާ ބައިވެރިއަކަށް ދިރާގުން ހުށަހަޅާފައި ވަނީ 12،000ރ. އެވެ. ރަނަރަޕަށް ހުށަހަޅާފައި ވަނީ 8،000ރ. އެވެ. މުބާރާތުގެ ތިން ވަނަ އަށް 4،000ރ. ހުށަހަޅާފައި ވާއިރު، ހަތަރު ވަނަ އަށް 2،000ރ. ވަނީ ހުށަހަޅައިފަ އެވެ. އަދި 5 ވަނަ، 6 ވަނަ، 7 ވަނަ އަދި 8 ވަނަ އަށް ވަނީ 1،000ރ. ހުށަހަޅައިފަ އެވެ. މި މުބާރާތުގެ ޖުމްލަ ޕްރައިޒް ޕޫލަކީ 30،000ރ. އެވެ.

އީއޭއެފްސީއަކީ ރާއްޖޭގެ ހުރިހާ އުމުރުފުރައެއްގެ ކުޅުންތެރިން ވެސް ކުޅޭ މަޝްހޫރު ކޮންސޯލް ގޭމެކެވެ. އީއޭއެފްސީ 24 މިނީ ސީރީޒް 1 މުބާރާތަކީ ރާއްޖޭގެ ގޭމިން ކޮމިއުނިޓީ އަށް އަމާޒުކޮށް ތަފާތު ކުޅިވަރުތަކާ އެކު މުޅި އަހަރަށް ބަހާލައިގެން ދިރާގުން ކުރިއަށް ގެންދާ އީސްޕޯޓްސް މުބާރާތްތަކުގެ ބައެކެވެ. މިދިޔަ މަހުގައި ދިރާގުން ވަނީ މީގެ އެންމެ ފުރަތަމަ މުބާރާތް، މޮބައިލް ލެޖެންޑްސް މިނީ ސީރީޒް 1 ބާއްވައިފަ އެވެ. މި މުބާރާތަށް ރާއްޖޭގެ އެކި ހިސާބުތަކުގައި އުޅޭ ގޭމަރުންގެ ބޮޑު ތަރުހީބެއް ލިބިފައިވާކަން ދިރާގުން ފާހަގަކުރެ އެވެ.