ބްރެއިން ކޮރަލްއިން ބޮޑެތި ޑިސްކައުންޓުތަކެއް ދެނީ
ބްރެއިން ކޮރަލްއިން ބޮޑެތި ޑިސްކައުންޓުތަކެއް ދެނީ

އިންޓީރިއާ ޑިޒައިނިން އަށް ބޭނުންވާނެ ގިނަ ޕްރޮޑަކްޓުތަކެއް ވިއްކާ ބްރެއިން ކޮރަލްއިން ބޮޑެތި ޑިސްކައުންޓުތަކެއް ދޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ބްރެއިން ކޮރަލްއިން ބޮޑެތި ޑިސްކައުންޓުތަކެއް ދެނީ
ބްރެއިން ކޮރަލްއިން ބޮޑެތި ޑިސްކައުންޓުތަކެއް ދެނީ

ރޯދަ މަހުގެ ނިޔަލަށް ކުރިއަށް ދާ މި ޕްރޮމޯޝަނުގައި 50 ޕަސެންޓާއި ހަމައަށް އެ ތަނުން ވިއްކާ ޕްރޮޑަކްޓުތަކުން ޑިސްކައުންޓު ލިބޭނެ އެވެ. ބްރެއިން ކޮރަލްއިން ބުނި ގޮތުގައި އެ ތަނަކީ ގޭތެރެ އާއި ފާހަނާ މަރާމާތުކޮށް އަޕްގްރޭޑުކުރުމަށް ބޭނުންވާނެ ގިނަ ތަކެތި ހުރި ތަނަކަށްވުމުން، ރޯދަ މަހަށް ގޭތެރެ ރީތިކޮށް ޒީނަތްތެރިކޮށްލުމަށް ބޭނުންވާ ފަރާތްތަކަށް މި ޕްރޮމޯޝަނުގައި މުހިންމު ޕްރޮޑަކްޓުތަކެއް ޑިސްކައުންޓު ރޭޓުގައި ހެޔޮ އަގުގައި ލިބޭނެ ކަމަށެވެ.

ހުޅުމާލޭގައި ހުންނަ ބްރެއިން އިންވެސްމަންޓު ޝޯރޫމުން އެ ތަނުން ވިއްކާ އެކި ވައްތަރުގެ، އެކި ޑިޒައިންތަކުގެ ވޯލް ޕޭޕަރު ލިބޭނެ އެވެ. އަދި ތަށިމުއްޓާއި އެކި ވައްތަރުގެ ރަގް އަދި ކާޕެޓް މި ތަނުން ލިބޭނެ އެވެ.

މި ތަނަކީ ގޭތެރެ ފަޅުފިލުވާލުމަށް ބޭނުންވާނެ އެކި ވައްތަރު ވާސް ފަދަ ޕްރޮޑަކްޓުތައް ވެސް ލިބެން ހުރި ތަނެކެވެ. އަދި ފާހާނާ އާއި ބަދިގެ އަށް ބޭނުންވާނެ އެކި އެސެސަރީތައް މި ތަނުގައި ހުރެ އެވެ. މި ތަނަކީ ތަފާތު އެކި ޑިޒައިންތަކުގެ ލައިޓު ވެސް ހުރި ތަނެކެވެ.

ރޯދަ އަށް ގޭތެރެ ބަދަލުކޮށްލާ ރީތި ކޮށްލުމަށް ބޭނުންވާނެ ތަފާތު ގިނަ ތަކެތި މި ތަނުގައި ހުންނާނެ އެވެ.