11 ފެބުރުއަރީ 2024 - 19:27

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުރި ގުދަން ކުރަން ބޭނުންކުރާ ކޮންޓެއިނަރެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ ހާދިސާ ހިނގީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ފަރުކޮޅުފުށި ސަރަހައްދުގަ އެވެ.
އެ ހާދިސާ ހިނގައިގެން އުޅޭ ކަން ރިޕޯޓު ކޮށްފައި ވަނީ މިއަދު ހަވީރު 4:00 ހާއިރު ކަމަށާއި އެއްވެސް މީހަކަށް އަނިޔާ ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ކޮންޓެއިނަރުގައި ހުރީ ހާޑްވެއާ ސާމާނުތަކެއް ކަމަށާއި އެތަކެއްޗަށް ގެއްލުން ވެފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އަލިފާން ރޯވިތާ ގާތްގަނޑަކަށް ބައި ގަޑިއިރު ފަހުން ވަނީ ނިއްވާލައިފަ އެވެ.