އުކުނު އަޅާފައި ހުރެގެން ބެޓީ ކްރޮކާގެ ކޭކް މިކްސް ވިއްކުން މަނާކޮށްފި
އުކުނު އަޅާފައި ހުރެގެން ބެޓީ ކްރޮކާގެ ކޭކް މިކްސް ވިއްކުން މަނާކޮށްފި

ބެޓީ ކްރޮކާގެ ކޭކް މިކްސް ޕެކެޓުތައް ވިއްކުން ހުއްޓާލަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަންގައިފި އެވެ.

އެމްއެފްޑީއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ބެޓީ ކްރޮކާގެ ޕެކެޓުތަކުގައި އުކުނު ހުރި ކަމަށް ބުނެ އާންމު ފަރާތްތަކުން ހުށަހެޅި ޝަކުވާއަކާ ގުޅިގެން މާލޭގެ ބާޒާރުތަކުން އެ އުފެއްދުންތަކުގެ ސާމްޕަލްތައް ނަގާ ޓެސްޓު ކޮށްފައިވާ ކަމަށެވެ.

އެ ސާމްޕަލްތަކުގައި ގަނޑުލާފައި ހުރި ކަމަށާއި ބައެއް ސާމްޕަލްތައް އުކުނާއި ދިރޭ ސޫފިތަކުން ތަޣައްޔަރުވެފައިވާ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.

"...އެހެންކަމުން މި ތަކެއްޗަކީ ކެއުމަށް ރައްކާތެރިތަކެތި ނޫންކަމުގައި އަންގަން،" އެމްއެފްޑީއޭ އިން ބުންޏެވެ.

- 432 ގްރާމް، ބެޓީ ކްރޮކާ ސުޕަ މޮއިސްޓް ޗޮކްލެޓް ފަޖް (އެކްސްޕައިރީ ޑޭޓް: މާޗު 18، 2024)

- 432 ގްރާމް، ބެޓީ ކްރޮކާ ސުޕަ މޮއިސްޓް މިލްކް ޗޮކްލެޓް (އެކްސްޕައިރީ ޑޭޓް: އޭޕްރިލް 13، 2024)