11 ފެބުރުއަރީ 2024 - 09:13

ލިވަޕޫލް (ފެބްރުއަރީ 11) – މެންޗެސްޓާ ސިޓީން އެވަޓަން ބަލިކޮށް ތާވަލުގެ އެއްވަނައަށް ޖެހިލި ނަމަވެސް ތިން ގަޑިއިރު ފަހުން ލިވަޕޫލުން އަނެއްކާ ވެސް މަގާމު އަތުލައިފި އެވެ.

އެވަޓަންގެ ކޮޅަށް އާލިންގް ހާލަންޑް ޖެހި ދެ ލަނޑުން ސިޓީން 2-0 ން މެޗު ކާމިޔާބުކޮށް އެއްވަނައަށް ޖެހިލީ 52 ޕޮއިންޓް ހޯދައިގެންނެވެ.
އޭގެ ބައިގަޑިއިރު ފަހުން ލިވަޕޫލްގެ މެޗު ބާންލޭއާ ދެކޮޅަށް އޮތީ ފަށާ ގޮތަށެވެ.
އެ މެޗުގެ ނަތީޖާ އެއްވަރުވެއްޖެނަމަ ނުވަތަ ލިވަޕޫލް ބަލިވެއްޖެނަމަ ސިޓީ އަށް އެއްވަނައިގައި ހަމަޖެހިލެވޭނެ އެވެ.
އެކަމަކު ޔާގަން ކްލޮޕްގެ ޓީމުން އެ ފުރުސަތެއް ސިޓީއަކަށް ނުދިނެވެ.
ފުރަތަމަ ހާފުގައި ޑިއޭގޯ ޖޯޓާ ލިވަޕޫލަށް ލީޑް ނަގައިދީފައި ވަނިކޮށް ފުރަތަމަ ހާފު ނިމުމުގެ ކުރިން ބާންލޭގެ ޑާރާ އޯ ޝޭ ނަތީޖާ ހަމަހަމަ ކުރި އެވެ.
ލިވަޕޫލުން ނަތީޖާ ބަދަލު ކުރީ ދެވަނަ ހާފުގެ ލުއިސް ޑިއާޒް އާއި ޑާވިން ނުނޭޒް އެވެ.
ލިވަޕޫލް މޮޅުވެ އެ ޓީމުން ވަނީ އެއްވަނައިގައި ދެ ޕޮއިންޓްގެ ލީޑެއް ނަގައިފަ އެވެ.