އިންތިހާބާ ދިމާކޮށް ޕާކިސްތާނުގައި ބޮމުގެ ހަމަލާތަކެއް؛ 22 މަރު
އިންތިހާބާ ދިމާކޮށް ޕާކިސްތާނުގައި ބޮމުގެ ހަމަލާތަކެއް؛ 22 މަރު

ޕާކިސްތާނުގައި މާދަމާ އާންމު އިންތިހާބުގެ ވޯޓުލުމަށް ތައްޔާރުވެފައި ވަނިކޮށް ދެ ކެންޑިޑޭޓެއްގެ އޮފީސް ބޭރުގައި ދިން ބޮމުގެ ދެ ހަމަލާއެއްގައި 22 މީހަކު މަރުވެއްޖެ އެވެ.

އިންތިހާބާ ދިމާކޮށް ޕާކިސްތާނުގައި ބޮމުގެ ހަމަލާތަކެއް؛ 22 މަރު
އިންތިހާބާ ދިމާކޮށް ޕާކިސްތާނުގައި ބޮމުގެ ހަމަލާތަކެއް؛ 22 މަރު

މިއަދު އެއް ހަމަލާ ދީފައިވަނީ ޕިޝިން ޑިސްޓްރިކްޓުގައި، މިނިވަން ކެންޑިޑޭޓެއްގެ އޮފީސް ކައިރީގަ އެވެ. އެ ހަމަލާގައި 12 މީހަކު މަރުވި އެވެ. މި ހަމަލާގައި 25 މީހަކު ޒަހަމްވެފައިވާ ކަމަށް އޮފިޝަލުން ވިދާޅުވި އެވެ.

ދެ ވަނަ ހަމަލާ ދީފައިވަނީ ކިއްލާ ސައިފުﷲ ސިޓީގައި ޖާމިއާ އުލަމާ އިސްލާމް ޕާޓީގެ އޮފީސް ކައިރީގަ އެވެ. މި ހަމަލާގައި 10 މީހަކު މަރުވެ 12 މީހަކު ޒަހަމްވި ކަމަށް އޮފިޝަލުން ވިދާޅުވި އެވެ.

މިއީ އޮޅުވާލުމާއި މަކަރު ހެދުން ބޮޑު އިންތިހާބެއް ކަމަށް އެކި ފަރާތްތަކުން ތުހުމަތުކުރަމުން ދާއިރު ހަމަނުޖެހުން ވެސް ބޮޑުވާނެ ކަމަށް ބެލެވޭތީ އިންތިހާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ސަލާމަތީ ބާރުތަކުގެ ބައި މިލިއަނެއްހާ މީހުން ވަނީ މަގުތަކަށް ވެސް ނެރެފަ އެވެ.

މާދަމާ ވޯޓުލާން 90،000 މަރުކަޒު ހަދާފައި ވާއިރު އެ ސަރަހައްދުތަކުގައި އެކި ހަމަނުޖެހުންތައް ހިނގައި ސަލާމަތީ ކަންކަމާ މެދު ސުވާލު އުފެދޭ އެތައް ކަމެއް ވަނީ މިހާރު ވެސް ހިނގައިފަ އެވެ.

ބޮޑުވަޒީރުކަމުގައި ހުންނެވި އިމްރާން ޚާން މަގާމުން ދުުރުކޮށް ޖަލަށް ލައި އޭނާގެ ޕާޓީއަށް ވެސް އިންތިހާބުން ފުރުސަތު ހަނިކުރުމަށް އެތައް ކަމެއް ކުރުމަށް ފަހު ބާއްވާ އިންތިހާބު އިންސާފުވެރި ނުވާނެ ކަމަށް، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ އެކި ޖަމާއަތްތަކުން ވަނީ ބުނެފަ އެވެ. -- އޭއެފްޕީ