ތަފާތު, މޮޅު ޕްރޮޑަކްޓުތަކެއް ހިމެނޭ "އެބަވް" ކޮސްމެޓިކްސް ރާއްޖެއަށް
ތަފާތު, މޮޅު ޕްރޮޑަކްޓުތަކެއް ހިމެނޭ "އެބަވް" ކޮސްމެޓިކްސް ރާއްޖެއަށް

ރާއްޖެ ފަދަ ހޫނު ގަދަ ގައުމެއްގައި އުޅޭއިރު "އެސެންޝަލްސް"ގެ ގޮތުގައި ގިނަ ވަގުތައް މީރުވަސް ހިފަހައްޓާނެ ބޮޑީ ސްޕްރޭ އަކީ މުހިންމު އެއްޗެކެވެ. އަދި އަބަދު ދާހިއްލާ ފޯވެފައި ތިބޭއިރު, ގައިން ނުބައިވަސް ނުދުވާނެ ކަން ޔަގީންކޮށްދޭން ސްޕްރޭއެއް ވެސް ވަރަށް މުހިންމެވެ. މި ފަދަ ގައުމެއްގައި އަދި އެންމެ މުހިންމީ އަވިން މި ލިބޭ ގެއްލުމުން ރައްކާތެރިކަން ފޯރުކޮށްދޭނެ ޕްރޮޑަކްޓެކެވެ. އަހަރުމެންނަށް މުހިންމު މި ފަދަ އެކި ކަންތައްތަކަށް ހައްލު ލިބޭނެ ކޮސްމެޓިކް ލައިން "އެބަވް" ދާދި ފަހުން ވަނީ ރާއްޖެ ތައާރަފްކޮށްފަ އެވެ.

ތަފާތު, މޮޅު ޕްރޮޑަކްޓުތަކެއް ހިމެނޭ "އެބަވް" ކޮސްމެޓިކްސް ރާއްޖެއަށް
ތަފާތު, މޮޅު ޕްރޮޑަކްޓުތަކެއް ހިމެނޭ "އެބަވް" ކޮސްމެޓިކްސް ރާއްޖެއަށް

"އެބަވް" އަކީ 72 ގަޑިއިރަށް އެ ބްރޭންޑުގެ ގިނަ ޕްރޮޑަކްޓުތަކުގެ ވަހާއި ޕްރޮޑަކްޓުން ލިއްބައިދޭ ރައްކާތެރިކަން ހުންނަ ބްރޭންޑެކެވެ. މި ބްރޭންޑުގެ ޑިއޯޑަރަންޓާއި ބޮޑީ ސްޕްރޭ, ރޯލްއޮން އަދި ސަން ޕްރޮޓެކްޝަން ސްޕްރޭ އާއި އިންސެކްޓް ރިޕެލަންޓް ސްޕްރޭ ވެސް ހުރެ އެވެ.

ތަފާތު, މޮޅު ޕްރޮޑަކްޓުތަކެއް ހިމެނޭ "އެބަވް" ކޮސްމެޓިކްސް ރާއްޖެއަށް
ތަފާތު, މޮޅު ޕްރޮޑަކްޓުތަކެއް ހިމެނޭ "އެބަވް" ކޮސްމެޓިކްސް ރާއްޖެއަށް

ފީނިކްސްއިން ރާއްޖެއަށް ގެނައި އިންޓަނޭޝަނަލް މި ބްރޭންޑަކީ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ނޭމާ ޖޫނިއާ އެމްބެސެޑަރެއްގެ ގޮތުގައި ކަނޑައަޅާފައިވާ ބްރޭންޑެކެވެ. މި ބްރޭންޑުން ނޭމާ އަށް ހާއްސަކޮށް ޕްރޮޑަކްޓު ލައިނެއް ވެސް ވަނީ ނެރެފަ އެވެ. މި ލައިންގައި ޑާމަޓޮލޮޖިސްޓުން ޓެސްޓު ކޮށްފައިވާ "ޑާމަ ކްލިނިކަލް" ޕްރޮޑަކްޓުތައް ވެސް ހިމެނެ އެވެ.

މި ބްރޭންޑުގެ "ނޭމާ" ލައިންގައި ޔުނިސެކްސް އަދި އަންހެނުންނާއި ފިރިހެނުންނަށް ހާއްސަ ޕްރޮޑަކްޓުތަކާއި ފުރާވަރު އުމުރުގެ އަންހެން ކުދިންނާއި ފިރިހެން ކުދިންނަށް ހާއްސަ ޕްރޮޑަކްޓުތައް ހިމެނެ އެވެ. މި ލައިން އަކީ ހާއްސަކޮށް ކުޅިވަރު ކުޅޭ އިރު ގައިން ދާހިއްލާ, ނުބައިވަސް ދުވުމުން ދުރުހެލި ކޮށްދޭނެ ބޮޑީ ސްޕްރޭ އާއި ގައިންނާއި ފައިންނާއި ބޫޓުން ވެސް ނުބައި ވަސް ފިލުވާދޭނެ ސްޕްރޭ ހިމެނޭ ލައިންއެކެވެ. އަދި މި ލައިންގައި ހިމެނޭ ޕްރޮޑަކްޓުތަކުން ތާޒާކަން އިހުސާސްކޮށްދީ, ރިލޭކްސްކޮށްދޭނެ މާއްދާތައް ހިމަނާފައިވާ ހާއްސަ ރިލޭކްސިން ސްޕްރޭއެއް ވެސް ހިމެނެ އެވެ. އަދި ސްޕޯޓްސް އިންޖަރީތަކުން ދިމާވާ ދުޅާވުން ފަދަ މައްސަލަތަކަށް ހައްލު ފޯރުކޮށްދިނުމަށް ތަދުފިލުވުމަށް ހާއްސަ ސްޕްރޭއެއް ވެސް މި ލައިންގައި ވަނީ ހިމަނާފަ އެވެ.

ނޭމާއަށް ހާއްސަކޮށްފައިވާ ލައިންގެ އިތުރުން ކުޅިވަރު ކުޅޭ ފަރާތްތަކަށް ހާއްސަކޮށް "ސްޕޯޓްސް އެނާޖީ މެން" އަދި "ސްޕޯޓްސް އެނާޖީ ވިމެން"ގެ ނަމުގައި ރޯލްއޮން އާއި ޑިއޯޑަރަންޓް ވެސް ހުރެ އެވެ.

މި ބްރޭންޑުގެ ޑާމަޓޮލަޖިސްޓުން ޓެސްޓުކޮށްފައިވާ "ޑާމަ ކްލިނިކަލް" ޕްރޮޑަކްޓުތަކެއް ވެސް ހުރެ އެވެ. މިއީ ސެންސިޓިވް ސްކިން ހުންނަ މީހުންނަށް ހާއްސަކޮށްފައިވާ ޕްރޮޑަކްޓުތަކެކެވެ. "ޑާމަ ކްލިނިކަލް"ގެ ވެސް އަންހެން, ފިރިހެން އަދި ޔުނިސެކްސް އެކި ވައްތަރުގެ ސްޕްރޭ އާއި ޑިއޯޑަރަންޓް ހިމެނެ އެވެ.

މި ބްރޭންޑުގައި ފުރާވަރުގެ އުމުރުފުރާއަށް ހާއްސަ "ޓީން" ލައިނެއް ހިމެނެ އެވެ. ފުރާވަރު އުމުރުގެ ކުދިންނަށް ހާއްސަ 48 ގަޑިއިރަށް ވަސް ދެމިގެންދާނެ ވިޓަމިންސް އާއި މިނަރަލް ސޯލްޓްސް ހިމެނޭ ބޮޑީ ސްޕްރޭ އާއި ޑިއޯޑަރަންޓު ހިމެނެ އެވެ.

މި ބްރޭންޑުގެ އެކި ސީރީޒްތަކުގެ އަންހެން ޑިއޯޑަރަންޓާއި ބޮޑީ ސްޕްރޭތަކަކީ ހިތްގައިމު ފްލޯރަލް ވަސްތަކާއި ފްރުޓީ ފްލޯރަލް ވަސްތަކާއި ސިޓްރިކް ވަސްތަކާއި އެކު ހިތްގައިމު ސެންޝުއަލް ވަސްތައް ހިމެނެ އެވެ. އަދި މި ބްރޭންޑުގެ އެކި ސީރީޒްތަކުގެ ފިރިހެން ޑިއޯޑަރަންޓާއި ބޮޑީ ސްޕްރޭތަކަކީ ފިރިހެން ވުޑީ އަދި މަސްކީ ވަސްތައް ހިމެނޭ ގޮތަށް ހުރި ޕްރޮޑަކްޓުތަކެކެވެ.

އެބަވް ބްރޭންޑުގެ އެންމެ ތަފާތު އެއް ޕްރޮޑަކްޓު ލައިން "ޕްރޮޓެކްޓް"ގައި ހިމެނޭ އިންސެކްޓް ރިޕެލަންޓް ސްޕްރޭ އަކީ މަދިރި ފަދަ ސޫފިން ރައްކާތެރިކަން ފޯރުކޮށްދޭ ސްޕްރޭއެކެވެ. މި ސްޕްރޭ އަކީ އަލޯވެރާ އާއި ވިޓަމިން އީ ހިމެނޭ ހައިޑްރޭޓިން ޕްރޮޑަކްޓެކެވެ.

މި ޕްރޮޑަކްޓު ލައިނުގައި އަވިން ރައްކާތެރިކަން ފޯރުކޮށްދޭ ސަންސްކްރީން ސްޕްރޭ ވެސް ހިމެނެ އެވެ. އޭގެ ތެރޭގައި އެސްޕީއެސް 15, 30 އަދި 50 ހިމެނޭ ސްޕްރޭ ހުރެ އެވެ. މި ސްޕްރޭ އަކީ ސްވެޓް އަދި ވޯޓާ ރެސިސްޓަންޓު ޕްރޮޑަކްޓަކަށްވުމުން, ކުޅިވަރު ކުޅެ މޫދަށް އެރި އުޅޭ އިރު ވެސް އަވިން ރައްކާތެރިކަން ހޯދުމަށް މި ސްޕްރޭ ބޭނުންކުރެވޭނެ އެވެ. އަވިން ލިބޭ ގެއްލުމުގެ ސަބަބުން ސަންބާންވެ, މޫނު ރަތްވެ ދިލަނެގުމާއި, ހަންގަނޑު ހިރުވުމުން ލުއިކަން ފޯރުކޮށްދޭ އާފްޓާ ސަން ލޯޝަން ސްޕްރޭއެއް ވެސް މި ލައިންގައި ހުރެ އެވެ. މި ޕްރޮޑަކްޓު ބޭނުން ކުރުމުން ވަގުތުން ލުއިކަން ހަމަށް އިހުސާސުކުރެވޭނެ އެވެ.

"އެބަވް" ބްރޭންޑުގައި އިސްތަށިގަނޑަށް ލިބިފައިވާ ގެއްލުމަށް ހައްލު ހޯދާދީ, އިސްތަށިގަނޑަށް ދިމާވާ ޑޭންޑްރަފް ފަދަ މައްސަލަތަކަށް ހައްލު ހޯދާދޭ ޝޭމްޕޫ އާއި ކޮންޑިޝަނާ ހިމެނެ އެވެ. މި ޝޭމްޕޫއިން އިސްތަށިގަނޑު ދުޅަހެޔޮކޮށްދޭނެ އެވެ. މި ބްރޭންޑުގައި އެކަނި ޝޭމްޕޫ ބޭނުން ކުރާ ފަރާތްތަކަށް ހާއްސަ ތްރީ އިން ވަން ޝޭމްޕޫ ވެސް ހުރެ އެވެ. މި ބްރޭންޑުގެ ހެއާ ޕްރޮޑަކްޓުތަކަކީ އެންޓި ފްރިޒް ޕްރޮޑަކްޓުތަކެކެވެ.

"އެބަވް" އަކީ މި ފަދަ ތަފާތު ޕްރޮޑަކްޓުތަކެއް ހިމެނޭ ކޮލެޓީ, މޮޅު ބްރޭންޑެކެވެ. މި ބްރޭންޑުގެ ހުރިހާ ޕްރޮޑަކްޓުތަކަކީ ވެސް ނެޗުރަލް އިންގްރިޑިއަންޓްސް ބޭނުންކޮށް ތައްޔާރުކޮށްފައިވާ 100 ޕަސެންޓު ވީގަން, ކްރޫލްޓީ ފްރީ ޕްރޮޑަކްޓެކެވެ. އަދި މިއީ އާއްމުކޮށް ކޮސްމެޓިކް ޕްރޮޑަކްޓުތަކުގައި ހުންނަ ހަންގަނޑަށް ގެއްލުން ލިބޭ ޓްރައިކްލޯސަން އާއި ބެންޒީން ނުހިމެނޭ ބްރޭންޑެކެވެ.

"އެބަވް"ގެ އުފެއްދުންތައް ހޯލްސޭލްކުރަނީ ފީނިކްސް (ފޯން: 7785669( އިން އެވެ.

މިއީ ފީނިކްސްއިން ވިއްކާ "އެބަވް" ކޮސްމެޓިކްސްގެ އެޑްވަޓޯރިއަލް އާޓިކަލްއެކެވެ.