އެމްއައިބީގެ ޑޮލަރު އޭޓީއެމްއެއް ހުޅުމާލޭގައި ހުޅުވައިފި
އެމްއައިބީގެ ޑޮލަރު އޭޓީއެމްއެއް ހުޅުމާލޭގައި ހުޅުވައިފި

އެމްއައިބީގެ ޑޮލަރު އޭޓީއެމްއެއް ހުޅުމާލޭގައި މިއަދު ހުޅުވައިފި އެވެ.

އެމްއައިބީގެ ޑޮލަރު އޭޓީއެމްއެއް ހުޅުމާލޭގައި ހުޅުވައިފި
އެމްއައިބީގެ ޑޮލަރު އޭޓީއެމްއެއް ހުޅުމާލޭގައި ހުޅުވައިފި

މި އޭޓީއެމް އަކީ އެމްއައިބީ އިން ހުޅުމާލޭގައި ހުޅުވި ފުރަތަމަ ޑޮލަރު އޭޓީއެމް އެވެ. ފިތުރޯނު މަގުގައި ހުންނަ ވަން އެމްއައިބީ ބްރާންޗުގައި ހުންނަ މި އޭޓީއެމް ހުޅުވައިދެއްވީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު އާއި އެމްއައިބީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުފައްދަލް އިދްރީސް ކުމްރީ އެވެ.

އެ ރަސްމިއްޔާތުގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ވިދާޅުވީ ޑޮލަރުގެ ދަތިކަން މި ދުވަސްވަރު ދިމާވެފައި އޮތް ނަމަވެސް، ސަރުކާރުން އެކި އިދާރާތަކާ ގުޅިގެން އެ ކަމަށް ހައްލު ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު ޑޮލަރު އޭޓީއެމްއެއް ހުޅުވުމަކީ މިހާރު އޮތް ލިމިޓުތަކާ އެކު ވެސް ބޮޑު ލުޔެއް ލިބޭނެ ކަމެއް ކަމަށެވެ. އަދި މި ވަގުތު ޑޮލަރު ފޯރުކޮށްދިނުމުގެ ހިދުމަތް ދެވެން އޮތް އެންމެ ފުރިހަމައަށް ފޯރުކޮށްދިނުމަށް އެމްއައިބީ އިން މަސައްކަތް ކުރާ ކަމަށް ވެސް ފަޒުލް ވިދާޅުވި އެވެ.

"އެމްއައިބީ އިން މި ހުޅުވި އޭޓީއެމްގެ ސަބަބުން ހުޅުމާލޭގެ ވިޔަފާރިތަކާއި އާއްމުންނަށް ޑޮލަރު ނެގުމުގައި ބޮޑު ލުއިތަކެއް ލިބޭނެ. އަޅުގަނޑުމެން އެޗްޑީސީން މިފަދަ ހިދުމަތްތައް އިތުރަށް ފުޅާކުރުމަށް އަބަދުވެސް އެއްބާރުލުން ދޭނަން. އުއްމީދަކީ އެމްއައިބީގެ އިތުރު އޭޓީއެމްތައް އަދިވެސް ހުޅުމާލޭގައި ހުޅުވާ، ހިދުމަތްތައް މި ތަނުގައި ފުޅާވެގެން ދިއުން،" ފަޒުލް ވިދާޅުވި އެވެ.

އެމްއައިބީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުފައްދަލް އިދްރީސް ވިދާޅުވީ ހުޅުމާލޭގައި ޑޮލަރު އޭޓީއެމްއެއް ހުޅުވުމަކީ އެ ކުންފުނިން ކޯޕަރޭޓް ކަސްޓަމަރުންނަށް ހިދުމަތްތައް ފުރިހަމައަށް ފޯރުކޮށްދީ، ހުޅުމާލޭގައި އެ ބޭންކުގެ ހިދުމަތްތައް ފުޅާކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ މުހިންމު ބައެއް ކަމަށެވެ.

"އަޅުގަނޑުމެން މަސައްކަތް މި ކުރަނީ ކޯޕަރޭޓް ކަސްޓަމަރުންނަށް ވީހާވެސް ފުރިހަމަ ހިދުމަތްތަކެއް ދީ، މި ބޭންކަކީ ރާއްޖޭގައި ކޯޕަރޭޓް ކަސްޓަމަރުންނަށް އެންމެ ރަނގަޅު ހިދުމަތް ދޭ ބެންކަށް ވުމަށް. މި މަސައްކަތަށް ވާސިލްވުމަށް މިއަދު ހުޅުވި އޭޓީއެމްގެ އިތުރުން މާލެ ބްރާންޗަށް ވެސް މުހިންމު ބަދަލުތަކެއް މިހާރު ވާނީ ގެނެސްފައި،" އޭނާ ވިދާޅުވި އެވެ.

މުފައްދަލް ވަނީ އެ ބެންކުން ހުޅުމާލޭގައި ހިދުމަތްތައް ފުޅާކުރުމަށް ބެންކުގެ ފުރަތަމަ ޑޮލަރު އޭޓީއެމް ބެހެއްޓުމުގެ އިތުރުން ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި މިދިޔަ މަހު އޭޓީއެމް ހުޅުވިކަން ވެސް ފާހަގަކުރައްވައިފަ އެވެ.

އެމްއައިބީގައި އޭޓީއެމްތަކުގެ އިތުރުން ހިދުމަތްތައް ދިނުމަށް ހާއްސަ ބްރާންޗެއް ހުރެ އެވެ.