15 ފެބުރުއަރީ 2017 - 06:05

މީހުން އުފުލާ ޑްރޯންތައް ޑުބާއީ މަތިން އުދުހޭތީ ދާދި އަވަހަށް ފެންނަން ފަށާފާނެ އެވެ. ޑުބާއީ ރޯޑްސް އެންޑް ޓްރާސްޕޮޓޭޝަން އޭޖެންސީން އުންމީދުކުރާ ގޮތުގައި، ޖުލައި މަހު ތެރޭގައި އަމަލީ ދަރުތުތައް ފެށޭ ވަރު ވާނެ އެވެ.
އުދުހޭ ކާރެއް އުފައްދަން އިންޖިނޭރުން ކުރި މަސައްކަތްތައް މި އޮތީ އެހެން ފާލަކަށް އެޅިފަ އެވެ. އިންސާނުން ގޮވައިގެން ކޮޅުކޮޅަށް ދަތުރުކުރެވޭ ވަރަށް ޑްރޯންތައް ފައްކާވުމުން ދެން ކީއްކުރާ އުދުހޭ ކާރެއް ހެއްޔެވެ؟
ދުބާއީގައި ދަތުރުފަތުރުކުރުން ޒަމާނީކޮށް، ލުއި ފަސޭހަކުރުމަށް ކުރާ ހޭދައިގައި، ބިޔަ ޕްރޮޖެކްޓްތައް ދަނީ ހިންގަމުންނެވެ. އެމެރިކާގެ "ހައިޕާލޫޕް ވަން" އާއި ޗައިނާގެ އިންޖިނޭރުންގެ ފަންނުވެރިކަމުގައި ދުބާއީ އަށް ވުރެ ދަތުރުފަތުކުރުން ވަކި ތަރައްގީ އެހެން ގައުމެއް ނެތޭ ބުނާ ވަރު ކުރަން އެ މީހުން އެދެ އެވެ.
ޗައިނާގެ ޑްރޯންތައް ޑުބާއީގައި ބޭނުންކުރަން ފަށާއިރު، އިންޖިނޭރުން ކަނޑައަޅާ ނިސްބަތަކީ ކޮންމެ ޑްރޯނަކަށް މީހެކެވެ. މާނަ އަކީ އެކަކަށް ވުރެ ގިނައިން އެއްވެސް ޑްރޯނަކަށް ނާރުވާނެ ކަމެވެ.
ޑްރޯންތައް ކޮންޓްރޯލްކުރެވޭނެ ކަމަށް ވަނީ ބިމުގައި ހުންނަ ކޮންޓްރޯލް ސެންޓަރަކުންނެވެ. ބެލެވޭ ގޮތުގައި ދަތުރުކުރުމަށް ޑްރޯންތައް ބަރޯސާވާނެ ކަމަށް ބެލެވެނީ ޖީޕީއެސް އާއި ފޯޖީ ނެޓްވޯކް އެވެ. މާނަ އަކީ ޑްރޯނަށް އަރާ މީހާ ބޭނުންތަކަށް ދިއުމަށްޓަކައި އެ ތަނެއްގެ ނަން ބުނުން ފިޔަވައި އިތުރު ކަމެއް ކުރަން ނުޖެހޭނެ ކަމެވެ.
ޖުލައި މަހު ދަތުރުތައް ފަށައިގަތް ނަމަވެސް، އުދުހޭ ޑްރޯންތަކުން މީހުން އުފުލަން ފަށާ ދުވަހެއް އަދި ކަށަވަރެއް ނުވެ އެވެ. ޑުބާއީ ރޯޑްސް އެންޑް ޓްރާސްޕޮޓޭޝަން އޭޖެންސީން ބޭނުން ވަނީ މީހުންނައިގެން ޑްރޯންތައް އަވަަހަށް އުދުއްސާލުމަށެވެ.