"ޖައްގާ ޖާސޫސް" ރިލީޒްކުރުން އަނެއްކާވެސް ލަސްވެއްޖެ
"ޖައްގާ ޖާސޫސް" ރިލީޒްކުރުން އަނެއްކާވެސް ލަސްވެއްޖެ

ރަންބީރު ކަޕޫރާއި ކެޓުރީނާ ކައިފްގެ "ޖައްގާ ޖާސޫސް" ރިލީޒްކުރާ ތާރީޚު މިހާރު ވަނީ އެތައް ފަހަރެއްގެ މަތިން ފަސްކޮށްފަ އެވެ. އެ ފިލްމު ރިލީޒްކުރަން އެންމެ ފަހުން ހަމަޖެހިފައި އޮތީ އަންނަ އޭޕްރީލްމަހުގެ ތެރޭގަ އެވެ. ނަމަވެސް ފަހުގެ ޚަބަރުތައް ބުނާ ގޮތުގައި އޭޕްރީލް މަހު ފިލްމު ރިލީޒްނުކުރަން މިހާރު ވަނީ ނިންމާފަ އެވެ.ސަބަބަކީ އެ މަހުގެ ހުރިހާ ހުކުރެއްގައި ހެން ރަނގަޅު ފިލްމުތަކެއް ރިލިޒްކުރާތީ އެވެ. އެންމެ ފަހުން ހަމަޖައްސާފައިއޮތީ އޭޕްރީލް 17 ވަނަ ދުވަހު "ޖައްގާ ޖާސޫސް" ރިލީޒްކުރާށެވެ. ނަމަވެސް އެ ދުވަހު ރާމް ގޯޕާލް ވަރުމާ ޑައިރެކްޓްކޮށްފައވާ އަމީތާބު ބައްޗަންގެ "ސަރްކާރް 3" ރިލީޒްކުރާތީ އަނެއްކާވެސް "ޖައްގާ ޖާސޫސް ނެރުން ލަސްކުރީއެވެ.

ނަމަވެސްޖެހިގެން އަންނަ ހަފުތާގައި ވެސް އެ ފިލްމު ރިލީޒްކުރެވޭކަށް ނެތެވެ.އެ ހަފުތާގައި ވިދްޔާ ބާލަންގެ "ބޭގަމް ޖާން" ރިލިޒް ކުރާތީ އެވެ. އޭގެ ފަހުން ސޮނާކްޝީ ސިންހާގެ "ނޫރު" ރިލީޒްކުރާޏެ އެވެ. އޭޕްރީލް 28 ވަނަ ދުވަހަކީ ބޮޑު ދުވަހެކެވެ. އިންޑިޔާގައި އެންމެ ކާމިޔާބުކަމާއެކު ހިނގި "ބާހޫބަލީ 2" ރިލީޒްކުރަނީ އެ ދުވަހު ކަމަށް ވާތީ ެއެވެ.

މިހާރު ބެލެވެނީ މި ފިލްމު ރިލީޒްކުރާނީ މޭ މަހުގެ ކޮންމެވެސް ދުވަހެއްގަ އެވެ.