އެމްއައިބީގެ ރޯދަ ޕްރޮމޯޝަނުގައި ހަތަރު މީހަކަށް އުމްރާ ދަތުރު
އެމްއައިބީގެ ރޯދަ ޕްރޮމޯޝަނުގައި ހަތަރު މީހަކަށް އުމްރާ ދަތުރު

އެމްއައިބީ އިން ބޮޑު އިނާމެއްގެ ގޮތުގައި ހަތަރު އުމްރާ ދަތުރު ހުށަހަޅައި މި އަހަރުގެ ރޯދަ ޕްރޮމޯޝަން ފަށައިފި އެވެ.

މި ޕްރޮމޯޝަން އަންނަ އޭޕްރިލް މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެ އެވެ. އެމްއައިބީގެ ވިސާ ކާޑުން 20 ޓްރާންސެކްޝަން ހެދުމުން މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެ އެވެ.

މި ޕްރޮމޯޝަނުގައި ކޮންމެ ހަފްތާއަކު ވެސް ލަކީޑްރޯއެއް ނަގާނެ އެވެ.

މި ލަކީޑްރޯއިން ހޮވޭ ފަރާތަކަށް އިފްތާރު ޕެކެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ޕްރޮމޯޝަން ނިމުމުން ނަގާ ގްރޭންޑް ލަކީޑްރޯއިން ހޮވޭ ހަތަރު ފަރާތަކަށް އުމްރާ ދަތުރެއް ލިބޭނެ އެވެ.

އެމްއައިބީ އިން ކޮންމެ އަހަރަކު ވެސް ރޯދަ މަހަށް ހާއްސަކޮށް ބޮޑު ޕްރޮމޯޝަނެއް ކުރިއަށް ގެންދެ އެވެ. މި ބޭންކުގެ ޕްރޮމޯޝަނުގައި ބައިވެރިވުމަށް އެމްއައިބީގެ "އެޕްލައިނައު" ޕޯޓަލަށް ގޮސް ވަގުތުން އެކައުންޓު ހުޅުވައި އެ ބެންކުގެ ހުރިހާ ބްރާންޗަކުން ލިބެން ހުންނަ އިންސްޓަންޓް ކާޑު ނަގާ، އެކައުންޓާ ލިންކުކޮށް، ކާޑު ބޭނުންކުރަން ފެށޭނެ އެވެ.