މަޖިލިސް އިންތިހާބުގައި ހަ ގައުމަކާއި 37 ރިސޯޓެއްގައި ވޯޓު ފޮށި ބަހައްޓާނެ
މަޖިލިސް އިންތިހާބުގައި ހަ ގައުމަކާއި 37 ރިސޯޓެއްގައި ވޯޓު ފޮށި ބަހައްޓާނެ

އަންނަ މާޗު މަހުގެ 17 ގައި ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވޯޓު ލުމަށް ހަ ގައުމަކާއި 37 ރިސޯޓެއްގައި ވޯޓު ފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން މިފަހަރު ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓަނީ، އިންޑިއާގެ ޓްރިވަންޑްރަމާއި މެލޭޝިއާގެ ކުއަލަލަމްޕޫރާއި ސްރީ ލަންކާގެ ކޮލަމްކޯ އާއި ތައިލެންޑްގެ ބެންކޮކާއި އިނގިރޭސިވިލާތުގެ ލަންޑަން އަދި ދުބާއީގަ އެވެ.

- ޝެވަލް ބްލޯންކް ރަންދެލި (ނ.ރަންދެލި)

- ސަން ސިޔާމް އިރުފުށި މޯލްޑިވްސް (ނ. މެދަފުށި)

- ރޮބިންސަން ނޫނު (ނ. އޮރިވަރު)

- ސޮނެވާ ޖަނީ (ނ. މެދުފަރު އައިލެންޑް)

- އިންޓަ ކޮންޓިނެންޓަލް މޯލްޑިވްސް މާމުނަގައު (ރ. މާމުނަގައު)

- ޖޯލި ބީންގް (ރ. ބޮޑުފުށި)

- ޖޯލި މުރަވަންދޫ (ރ. މުރަވަންދޫ)

- ރީތި ބީޗް ރިސޯޓް (ބ. ފޮނިމަގޫދޫ)

- ރޯޔަލް އައިލެންޑް ރިސޯޓް އެންޑް ސްޕާ (ބ. ހޮރުބަދޫ)

- ވައްކަރު މޯލްޑިވްސް (ބ. ވައްކަރު)

- ފިނޮޅު ބާ އެޓޯލް މޯލްޑިވްސް (ބ. ކަނުފުށި)

- ކުރެއްދޫ އައިލެންޑް ރިސޯޓު (ޅ. ކުރެއްދޫ)

- އެޓްމޮސްފިއަ ކަނިފުށި މޯލްޑިވްސް (ޅ. ކަނިފުށި)

- ހުވަފެންފުށި މޯލްޑިވްސް (ކ.ނަކައްޗާފުށި)

- ވެލައްސަރު މޯލްޑިވްސް (ކ.ވެލައްސަރު)

- ސަން ސިޔާމް އޮޅުވެލި މޯލްޑިވްސް (ކ. އޮޅުވެލި)

- ކުރުނބާ މޯލްޑިވްސް (ކ.ވިހަމަނާފުށި)

- ހޮލިޑޭ އިން ރިސޯޓް ކަނޑޫމާ މޯލްޑިވްސް (ކ. ކަނޑޫމާފުށި)

- ކްރޮސްރޯޑްސް މޯލްޑިވްސް (ކ. އެއްމާފުށި)

- ސިނަމަން ދޮންވެލި މޯލްޑިވްސް (ކ. ކަނުއޮތްހުރާ)

- ޝެރަޓަން މޯލްޑިވްސް ފުލްމޫން ރިސޯޓް އެންޑް ސްޕާ (ކ. ފުރަނަފުށި)

- ގިލި ލަންކަންފުށި (ކ. ލަންކަންފުށި)

- އޮބްލޫ ބައި އެޓްމޮސްފިއަ އެޓް ހެލެގެނލި (ކ.ހެލެގެނލި)

- އަނަންތަރަ ދިގު، ވެލި އެންޑް ނަލަދު (ކ. ވެލިގަނޑު ހުރާ)

- ކްލަބް މެޑް ކަނިފިނޮޅު (ކ.ކަނިފިނޮޅު)

- ހިލްޓަން މޯލްޑިވްސް އަމިންގިރި ރިސޯޓް އެންޑް ސްޕާ (ކ. ކޮށްދިއްޕަރު)

- ދަ ރިޓްޒް ކާލްޓޮން މޯލްޑިވްސް (ކ. ރަށްފަޅު ހުރަ އިރު)

- ވަން އެންޑް އޮންލީ ރީތި ރަށް، މޯލްޑިވްސް (ކ. މެދުފިނޮޅު)

- ވިލާ ނައުޓިކާ ޕެރެޑައިސް އައިލެންޑް، (ކ. ލަންކަންފިނޮޅު)

- މަލަހިނި ކުޑަ ބަނޑޮސް ( ކ. ކުޑަބަނޑޮސް)

- ވިލާ ޕާކް ސަން އައިލެންޑް (އދ. ނަލަގުރައިދޫ)

- ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލެންޑް (އދ. ރަންގަލިފިނޮޅު)

- ކޮންސްޓެންސް މޫފުށި (އދ. މޫފުށި)

- ދަ ސެއިންޓް ރެޖިސް ވޮއްމުލި ރިސޯޓު މޯލްޑިވްސް (ދ. ވޮއްމުލި)

- ނިޔަމަ މޯލްޑިވްސް (ދ. އޮޅުވެލި އެންޑް އެނބޫދޫފުށި)

- ވަލްޑޯފް އެސްޓޮރިއާ މޯލްޑިވްސް ( ކ. އިތާފުށި)

- ލަކްސް ސައުތް އަރި އަތޮޅު މޯލްޑިވްސް (އދ. ދިއްދޫ ފިނޮޅު)

މަޖިލިސް އިންތިހާބުގައި ރަޖިސްޓްރީވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލާ ނަމަ މިއަދުން ފެށިގެން މިމަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ވަނީ އީސީން ހުޅުވާލައިފަ އެވެ. އީސީގެ ރީ-ރަޖިސްޓްރޭޝަން ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ފޯމު ހުށަހެޅޭނެ އެވެ.

އީސީން ބުނި ގޮތުގައި އެ މުއްދަތުގައި ރަޖިސްޓްރީވާން ޖެހޭނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރަޖިސްޓްރީވެފައިވާ ރަށް ނޫން އެހެން ތަނަކަށް ރަޖިސްޓްރީވާން ބޭނުންވާ މީހުން އެކަންޏެވެ. ރިސޯޓުތަކާއި ސިނާއީ މަސައްކަތްކުރާ ތަންތަން އަދި ރާއްޖޭއިން ބޭރުގަ އާއި ޖަލުތަކުގައި ކުރިން ރަޖިސްޓަރީ ވެފައިވާ ފަރާތްތައް މިހާރު އެ ފަރާތެއްގެ ދާއިމީ އެޑްރެހަށް ބަދަލުކުރެވިފައިވާ ކަމަށް ވެސް އީސީން ބުންޏެވެ.

އީސީން މިހާރު ވަނީ އެ އިންތިހާބުގައި ވޯޓުނެގުމާއި، ވޯޓުގުނުމުގެ ކަންތައްތައް މޮނިޓާ ކުރުމަށް ޝައުގުވެރިވާ މީހުންނަށް މޮނިޓަރަކަށް ވުމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު ވެސް ހުޅުވާލައިފަ އެވެ. މިމަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް އެ ފުރުސަތު. ވަނީ ހުޅުވާލައިފަ އެވެ.

ވެރިކަން ކުރާ ޕީޕީއެމް/ ޕީއެންސީން ރައްޔިތުންގެ މަޖިލީހުގައި ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައަޅަން މިދިޔަ ހަފުތާގައި ވަނީ ޕްރައިމަރީ ބާއްވައިފަ އެވެ. އިދިކޮޅު އެމްޑީޕީގެ ޕްރައިމަރީ އަންނަ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ނިންމާފައިވާއިރު ބައެއް ކެންޑިޑޭޓުން އަންނަނީ އެ އިންތިހާބުގެ ކެމްޕެއިން ވެސް ވަރަށް ފޯރިއާ އެކު ކުރަމުންނެވެ.