31 ޖެނުއަރީ 2024 - 20:06

އުރީދޫ މޯލްޑިވްސްގެ އަހަރީ އާންމު ޖަލްސާ މާޗު މަހު ބާއްވަން އެ ކުންފުނިން ނިންމައިފި އެވެ.
އުރީދޫން ބުނި ގޮތުގައި މި އަހަރުގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެ، މިދިޔަ އަހަރުގެ ހިއްސާގެ ފައިދާ ލިބޭނީ މި މަހުގެ 15 ވަނަ ދުވަހުގެ މެންދުރު 2:00ގެ ކުރިން އެ ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް އެކަންޏެވެ. އަދި އެ ހިއްސާދާރުންނަށް އަމިއްލައަށް ނުވަތަ ޕްރޮކްސީ މެދުވެރިކޮށް އަހަރީ އާންމު ޖަލަސާގައި ބައިވެރިވެ ފާސްކުރުމަށް ހުށަހަޅާފައިވާ އެޖެންޑާ އައިޓަމްތަކަށް ވޯޓު ދެވޭނެ އެވެ.
މި އަހަރު ބާއްވަން ހަމަޖެހިފައިވާ އަހަރީ އާންމު ޖަލްސާގެ ނޯޓިސް އަދި އެޖެންޑާ މި މަހުގެ 21 ވަނަ ދުވަސް ނިމުމުގެ ކުރިން އެ ކުންފުނީގެ ވެބްސައިޓުގައި އާއްމު ކުރާނެ ކަމަށެވެ. އެ ނޯޓިހާ އެކު ޖަލްސާ ބާއްވާނެ ތާރީހާއި، ގަޑި، ތަން އަދި އެޖެންޑާ އައިޓަމްތަކާއި ވޯޓުލުމާ ގުޅޭ އިތުރު މައުލޫމާތު ވެސް އާންމުކުރާނެ އެވެ.