ދިރާގު 5ޖީގައި ހުރިހާ ކަމެއް ވެސް މާ އަވަސް ވާނެ!
ދިރާގު 5ޖީގައި ހުރިހާ ކަމެއް ވެސް މާ އަވަސް ވާނެ!

ދިރާގު މޮބައިލް އިންޓަނެޓްގެ އެންމެ ފުރިހަމަ ތަޖުރިބާ ހޯދުމަށް 5ޖީ އޮންކޮށްލުން މުހިންމެވެ.

ދިރާގު 5ޖީ އަކީ 4ޖީއަށް ވުރެ 10 ގުނަ ފާސްޓު ކަނެކްޝަނެކެވެ. ގޭމިން, ސްޓްރީމިން, ފައިލް އަޕްލޯޑިކޮށްލަން އަދި ސޯޝަލް މީޑިއާ ސްކްރޯލިން ހުއްޓުމެއް ނެތި ފަސޭހަކަމާ އެކު އެންމެ ފުރިހަމަ ސްޕީޑުގައި ދިރާގު 5ޖީ އާ އެކު ތަޖުރިބާކޮށްލެވޭނެ އެވެ.

ދިރާގު ކަސްޓަމަރުންނަށް މިހާރު ވެސް ގެންގުޅޭ މޮބައިލް އިންޓަނެޓް ޕެކޭޖު އިތުރު އެއްވެސް ޗާޖެއް ނެތި 5ޖީ އެކްޓިވޭޓުކޮށްގެން ވެސް ފުލް ސްޕީޑުގައި ބޭނުން ކުރެވޭނެ އެވެ. މިއީ މޮބައިލް ޑޭޓާގެ ކަނެކްޝަން އިތުރަށް ވަރުގަދަކޮށް މޮބައިލް އިންޓަނެޓުގެ ތަޖުރިބާ އިތުރަށް ފުރިހަމަކޮށްދޭނެ ކުޑަކުޑަ އަދި ފަސޭހަ ސެޓިންއެކެވެ.

އެންމެ ފަހުގެ އެންޑްރޮއިޑް އަދި އައިފޯންތަކަށް އިތުރު މެނުއަލް މަސައްކަތެއް ނެތި، ސިމް އެކްޓިވޭޓުވާ ހިސާބުން 5ޖީ ހިދުމަތް ލިބުނު ނަމަވެސް ކުރީގެ މޮޑެލްތަކުގެ އެންޑްރޮއިޑް އަދި އައިފޯނުތަކަށް 5ޖީގެ ހިދުމަތް ލިބޭނީ އެ ކަމަށް ހާއްސަ ސެޓިން ހަދައިގެންނެވެ.

އެންޑްރޮއިޑް ކުރީގެ މޮޑެލްތައް ގެންގުޅޭ ކަސްޓަމަރުންނަށް 5ޖީގެ ހިދުމަތް އެކްޓިވޭޓު ކުރެވޭނީ ސެޓިން އަށް ގޮސް "ކަނެކްޝަންސް"އިން މޮބައިލް ނެޓްވޯކު ހިޔާރުކޮށް"ނެޓްވޯކް މޯޑް ސިމް"އަށް ފިއްތާލުމުން ފެންނަ 5ޖީ އޮޕްޝަން ހިޔާރުކުރުމުންނެވެ.

އައިފޯނުން 5ޖީ އޮން ކުރެވޭނީ ސެޓިންސްއަށް ދިއުމަށް ފަހު, ސެލިއުލާ ސެޓިންސް ހިޔާރުކޮށް ސެލިއުލާ ޑޭޓާ އޮޕްޝަން ހިޔާރުކޮށް ވޮއިސް އެންޑް ޑޭޓާގެ 5ޖީ އޮޕްޝަން ހިޔާރުކޮށްގެންނެވެ.

ދިރާގު 5ޖީ މިހާރު މާލެ، ހުޅުލެ, ހުޅުމާލެ، ވިލިމާލެ، ތިލަފުށި, ކުޅުދުއްފުށި ސިޓީ އަދި އައްޑޫ ސިޓީ ހިތަދޫގައި ލިބޭނެއެވެ.