ޕީޖީ ޝަމީމަށް މަރުތޭލަކުން ހަމަލާ ދީފި
ޕީޖީ ޝަމީމަށް މަރުތޭލަކުން ހަމަލާ ދީފި

ޕްރޮސެކިއުޓާ ޖެނަރަލް ހުސެއިން ޝަމީމަށް މަގުމަތިން ހަމަލާ ދީފި އެވެ.

ފުލުހުން ބުނީ މިއަދުގެ ވަގުތެއްގައި މާލޭގެ މަގުމަތިން ޝަމީމަށް ހަމަލާ ދީފައިވާ މައްސަލައެއް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އޭނާ އަށް ހަމަލާ ދީފައި ވަނީ ތޫނު އެއްޗަކުން ކަމަށް މީޑިއާގައި ރިޕޯޓްކޮށްފައި ވިޔަސް މިހާތަނަށް އަދި އެގޮތަށް ނުބެލެވޭ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެނގިފައިވާ ގޮތުގައި ޝަމީމަށް ހަމަލާ ދިނީ މަރުތޭލަކުންނެވެ. ހަމަލާ އަމާޒުވީ އޭނާގެ ވައަތުގެ އުޅަނބޮށިން ތިރިއަށެވެ. ހަމަލާގެ ސަބަބުން ކަށިގަނޑުގައި ރެނދު ލާފައިވާ ކަމަށްވެ އެވެ.

ނޫރު މިސްކިތް ކައިރިން ހަމަލާ ދިން އިރު ޝަމީމް ސެކިއުރިޓީ ވެސް ނެތެވެ.

ފުލުހުން ބުނީ ޝަމީމަށް މިވަގުތު އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.