އުޝާމާއި ހައިދަރު އަދި ޝަހީމަށް ރުހުން ނުލިބުނު!
އުޝާމާއި ހައިދަރު އަދި ޝަހީމަށް ރުހުން ނުލިބުނު!

ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ މަޖިލިހުން ނިންމައިފި. ރުހުން ނުލިބުނީ ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރާއި ބަންޑާރަ ނައިބު އަހުމަދު އުޝާމް އަދި އިސްލާމިކް އެފެއާޒް މިނިސްޓާރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް. އިކޮނޮމިކް މިނިސްޓަރު ސައީދަށް ރުހުން ނުދޭން އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ނިންމާފައި އޮތަސް އޭނާ އަށް ރުހުން ދިން.

އުޝާމާއި ހައިދަރު އަދި ޝަހީމަށް ރުހުން ނުލިބުނު!
އުޝާމާއި ހައިދަރު އަދި ޝަހީމަށް ރުހުން ނުލިބުނު!

ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފަށް 70 ވޯޓު

ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދަށް 68 ވޯޓު

އެގްރިކަލްޗަރު މިނިސްޓަރު ޑރ. އާއިޝަތު ރަމީލާ އަށް 70 ވޯޓު

ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބަށް 70 ވޯޓު.

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ އަށް 66 ވޯޓު ލިބުނު.

ދިވެހި ލޭންގުއޭޖްމިނިސްޓަރު އާދަމް ނަސީރު އަށް 63 ވޯޓު ލިބުނު

ޓްރާންސްޕޯޓް މިނިސްޓަރު މުހަންމަދު އަމީނަށް 67 ވޯޓު ލިބިވަޑައިގަތް

ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރަށް ވެސް ރުހުމެއް ނުލިބުނު.

އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގު އިބްރާހިމް އަށް 69 ވޯޓު ލިބިވަޑައިގަތް.

ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އަށް 70 ވޯޓު ލިބިވަޑައިގަތް.

ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އައިޝަތު ޝިހާމް އަށް 69 ވޯޓު ލިބިވަޑައިގަތް

ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އަށް 57 ވޯޓުން ރުހުން ދީފި

އިސްލާމިކް މިނިސްޓަރު ޑރ. މުހަންމަދު ޝަހީމް އަލީ ސައީދަށް ވެސް ރުހުމެއް ނުލިބުނު. އޭނާ އަށް ލިބުނީ 30 ވޯޓު. ނުފެންނަ ކަމަށް 31 ވޯޓު. ފާސްވާން ބޭނުން ވަނީ 31 ވޯޓު.

އެޓާނީ ޖެނެރަލް އަހުމަދު އުޝާމަށް ރުހުމެއް ނުލިބުނު. ލިބުނު ވޯޓުގެ އަދަދަކީ 24. ނުފެންނަ ކަމަށް 4 މެމްބަރަކު ވޯޓު ދެއްވި.

ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމަށް ލިބިވަޑައިގަތީ 69 ވޯޓު.

އިކޮނޮމިކް މިނިސްޓަރު މުހަންމަދު ސައީދަށް ލިބިވަޑައިގަތީ 37 ވޯޓު. އެއީ ފާސްވާން ބޭނުންވާ އަދަދަށް ވުރެ ދެ ވޯޓު އިތުރު އަދަދެއް. ސައީދަކީ ރުހުން ނުދޭން އެމްޑީޕީން ނިންމި ލިސްޓުގައި ހިމެނޭ މިނިސްޓަރެއް.

ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލަށް ލިބިވަޑައިގަތީ 69 ވޯޓު.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އަށް ލިބިވަޑައިގަތީ 55 ވޯޓު. ނުވަ މެމްބަރަކު ރުހުން ނުދެއްވި. އަދި، ވަކިކޮޅަކަށް ވޯޓު ނުދެއްވަނީ އެއް މެމްބަރަކު.

ފިނޭންސް މިނިސްޓަރު ޑރ. މުހަންމަދު ޝަފީގު 70 ވޯޓު ލިބިވަޑައިގަތް.

ހޯމް މިނިސްޓަރު އަލީ އިހުސާނަށް ރުހުން ލިބުނީ 68 ވޯޓު. ވޯޓު ނުދެއްވަނީ އެއް މެމްބަރަކު. އެއް މެމްބަރަކު ވޯޓު ނުދެއްވާ.

މަޖިލީހަށް މިއަދު ހާޒިރުވެ ވަޑައިގަތީ 71 މެމްބަރުން. ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވެސް ފާސްވީ އިއްތިފާގުން،

ވޯޓަށް އަހަން ފަށައިފި. ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން އަށް 71 ވޯޓު ލިބިވަޑައިގަތް. ހުރިހާ މެމްބަރުން ވެސް ވޯޓު ދެއްވި.

މަޖިލީހުގެ ޖަލްސާ ހިނގަމުންދާ އިރު މަޖިލިސް ހިމެނޭ ސަރަހައްދު އެއްކޮށްހެން ވަނީ ބަންދުކޮށްފައި. ސަބަބަކީ ރެއާއި އިއްޔެ ވެސް އެ ސަރަހައްދުގައި މުޒާހަރާކޮށްފައި ވާތީ. އަދި އިއްޔެ ހެނދުނު މަޖިލިސްގެ ޖަލްސާ ހިނގަމުން ދިޔައިރު ޕީޕީއެމް/ ޕީއެންސީގެ ސަޕޯޓަރުން މަޖިލިސް ދޮރާ ވަރަށް ކައިރީގައި މުޒާހަރާ ކުރުމުން މަޖިލިސްގެ މެމްބަރުންގެ ރައްކާތެރިކަމާ މެދު މެމްބަރުން ވަނީ ސުވާލު އުފައްދަވާފައި.

ސިސްޓަމަށް ދިމާވި މައްސަލައާ ގުޅިގެން ފަސް މިނެޓަށް ޖަލްސާ މެދުކަނޑާލައިފި

ޖަލްސާ ފެށުމާ އެކު ރިޔާސަތުން ވަނީ ވޯޓަށް އަހަން ރަނގަބީލު ޖަހައިފި. މަޖިލިސްގެ ތަޅުމުގައި މިއަދު ވެސް އޮތީ ހަޅޭއްކާއި ދުންމާރީގެ އަޑުތައް.

މި ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ކުރިއަށް ގެންދަން ދެ ފަހަރެއްގެ މަތިން މަސައްކަތްކޮށް ނާކާމިޔާބުވެފައި އޮއްވައި، އެ ޖަލްސާ ރައްޔިތުންގެ މަޖިލީހުގައި އަނެއްކާ ވެސް ދެންމެ ފަށައިފި އެވެ.

މި ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ނިންމަން އިއްޔެ ހެނދުނު ވެސް މަޖިލީހުގައި ޖަލްސާއެއް ބޭއްވި އެވެ. އަދި ރޭ ވެސް ޖަލްސާއެއް ބޭއްވި އެވެ. އެ ދެ ޖަލްސާ ވެސް ކުރިއަށް ނުގެންދެވިގެން ހުއްޓާލަން ޖެހުނީ ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުން ދުންމާރި ފުމެ، އަޑުގަދަކޮށް ހަދައިގެންނެވެ.

މައްސަލަ ބޮޑުވެފައި އޮތީ، ވަޒީރުންގެ މަޖިލީހުގެ ހަތަރު ވަޒީރަކަށް ރުހުން ނުދޭން، މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީ އާއި ޑިމޮކްރެޓްސް ނިންމުމާ ގުޅިގެންނެވެ. އެއީ، ޑިމޮކްރަސީގެ އަސާސްތަކާ ހިލާފު ކަމެއް ކަމަށް ބުނެ، ޕީޕީއެމް/ ޕީއެންސީގެ މެމްބަރުން ވަނީ ޖަލްސާ ކުރިއަށް ގެންދަން ހުރަސް އަޅައިފަ އެވެ. އަދި އިއްޔެ ހެނދުނު ޖަލްސާ ހޫނުވެ، ހިންގި މާރާމާރީއެއްގައި އެއް މެމްބަރަކު ވަނީ ޒަހަމް ވެސް ވެފަ އެވެ.