ސްޓޯން ހޮޓެލްސް: ލެޝާ ހޮލިޑޭއަށް ހާއްސަ ޕްރިމިއަމް ބީޗް ހޮޓަލެއް
ސްޓޯން ހޮޓެލްސް: ލެޝާ ހޮލިޑޭއަށް ހާއްސަ ޕްރިމިއަމް ބީޗް ހޮޓަލެއް

ރާއްޖޭގެ ހިތްގައިމުކަން އެންމެ ފުރިހަމައަށް ތަޖުރިބާކުރެވޭނެ ލެޝާ ހޮލިޑޭ ކޮންސެޕްޓަށް ކ. ދިއްފުށީގައި ތަރައްގީކުރި "ސްޓޯން ހޮޓެލްސް" ހުޅުވައިފި އެވެ.

ސްޓޯން ހޮޓެލްސް: ލެޝާ ހޮލިޑޭއަށް ހާއްސަ ޕްރިމިއަމް ބީޗް ހޮޓަލެއް
ސްޓޯން ހޮޓެލްސް: ލެޝާ ހޮލިޑޭއަށް ހާއްސަ ޕްރިމިއަމް ބީޗް ހޮޓަލެއް

މިދިޔަ ހޮނިހިރު ދުވަހު، ޓޫރިޒަމް މިނިސްޓްރީ އާއި ޓޫރިޒަމް އިންޑަސްޓްރީގެ އިސްވެރިން ބައިވެރިވި ހަފްލާއެއްގައި ހުޅުވި މި ހޮޓަލުގައި އެކި ކެޓަގަރީތަކުގެ 50 ރޫމް ހުރެ އެވެ.

ސްޓޯން ހޮޓެލްސް: ލެޝާ ހޮލިޑޭއަށް ހާއްސަ ޕްރިމިއަމް ބީޗް ހޮޓަލެއް
ސްޓޯން ހޮޓެލްސް: ލެޝާ ހޮލިޑޭއަށް ހާއްސަ ޕްރިމިއަމް ބީޗް ހޮޓަލެއް

މި ތަނުގެ އެންމެ ހިތްގައިމު ރޫމްތަކަކީ ސީ ވިއުއާ އެކު، އިރުއޮއްސޭ ހިތްގައިމު މަންޒަރު ފެންނާނެ ރޫމްތަކެކެވެ. މި ރޫމްތަކުގެ ތެރޭގައި ޑިލަކްސް އިންފިނިޓީ ސީ ވިއު ރޫމް އާއި ގްރޭންޑް ސީ ވިއު ރޫމް އާއި ޑިލަކްސް ސީ ވިއު ރޫމް އަދި ގްރޭންޑް އިންފިނިޓީ ސީ ވިއު ރޫމް ހިމެނެ އެވެ.

ސްޓޯން ހޮޓެލްސް: ލެޝާ ހޮލިޑޭއަށް ހާއްސަ ޕްރިމިއަމް ބީޗް ހޮޓަލެއް
ސްޓޯން ހޮޓެލްސް: ލެޝާ ހޮލިޑޭއަށް ހާއްސަ ޕްރިމިއަމް ބީޗް ހޮޓަލެއް

މި ރޫމްތަކުގެ ތެރެއިން ގްރޭންޑް ސީ ވިއު, ޕްރިމިއަމް ޑިލަކްސް ސީ ވިއު އަދި ގްރޭންޑް އިންފިނިޓީ ސީ ވިއު ރޫމްތަކަކީ ސަން ބެޑާ އެކު ޕްރައިވެޓް ބެލްކަނި ހުންނަ ރޫމްތަކެކެވެ. މިއީ މި ތަނުގެ ޕްރިމިއަމް ރޫމްތަކެވެ.

"ސްޓޯން ހޮޓެލްސް" ސަރަހައްދުގައި ގައި ހިމެނޭ ހާއްސަ ބީޗަކީ އެ ތަނުގެ ތަޖުރިބާ އިތުރަށް ފުރިހަމަކޮށްދޭ ތަނެކެވެ. މި ބީޗުގައި ގެސްޓުންނަށް ކޮފީ އާއި އެކި ކަހަލަ ބުއިންތައް ލިބޭނެ ބާއެއް ހުރެ އެވެ. އޭގެ އިތުރުން މި ހޮޓެލްގައި ރިޒަވޭޝަން ހައްދައިގެން ޑައިން ކުރެވޭ ސްޓޭކް ހައުސްއަކާއި ހުރިހާ ވަގުތެއްގައި ކެއުން ލިބޭ ދެ ރެސްޓޯރަންޓު ހުރެ އެވެ.

މި ހޮޓެލްގެ ޑިރެކްޓަރު އައްބާސް މުހައްމަދު ވިދާޅުވީ ސްޓޯން ހޮޓެލްސް އަކީ ރާއްޖޭގެ ލޯކަލް ޓޫރިޒަމް އިތުރު ހަރުފަތަކަށް ގެންގޮސް, ޕްރިމިއަމް ލެޝާ ހޮލިޑޭ އެންމެ ފުރިހަމައަށް، ރަށެއްގައި ހުރެ ތަޖުރިބާކުރެވޭނެ ކޮންސެޕްޓެއް ކަމަށެވެ. އަދި މި ތަނަކީ އެއް ތަނަކުން ހުރިހާ ހިދުމަތެއް ހޯދޭނެ އިންތިޒާމު ހަމަޖައްސައިގެން ފަރުމާކޮށްފައިވާ ތަނެއް ކަމަށާއި މި ތަނުގެ އަމާޒަކީ އެ ހެޓޮލުގައި ހުރެ, ރާއްޖޭގެ ހިތްގައިމު ތަޖުރިބާ އެންމެ ފުރިހަމައަށް ހޯދައިދިނުން ކަމަށް ވިދާޅުވި އެވެ.

ލެޝާ ހޮލިޑޭއެއް ބޭނުންވާ މީހުންނަށް ހާއްސަކޮށްފައިވާ މި ތަނަކީ ރިލެކްސް ކުރެވޭނެ އިންތިޒާމުތައް ފުރިހަމައަށް ހުރި ތަނަކަށް ހެދުމުގެ ގޮތުން ސޯނާއަކާއި ސްޕާއެއް ވެސް ހަދާފައިވެ އެވެ. ރީތި ސީ ވިއުއެއް ސޯނާއިން ފެންނަން ހުންނަ އިރު, ކަޕްލްސް މަސާޖު ވެސް ހިމެނޭ ގޮތަށް މަސާޖްކޮށް ސްޕާ ޓްރީޓްމަންޓު ދެވޭނެ ދެ ރޫމް ހިމެނޭ ސްޕާއެއް ހުރެ އެވެ. މި ސްޕާގައި މެނިކިއޯ އަދި ޕެޑިކިއޯ އާއި ފޭޝަލްސް ފަދަ ހިދުމަތްތައް ހޯދޭނެ އެވެ.

ސްޓޯން ހޮޓެލްސްގެ ރޫފް ޓޮޕަކީ ތަފާތު ހިތްގައިމު ޑިޒައިނަކަށް ފަރުމާކޮށްފައިވާ އިންފިނިޓީ ޕޫލްއަކާއި ފިޓްނަސް ސެންޓަރެއްގެ އިތުރުން ކޮފީ ބާއެއް ހިމެނޭ ތަނެކެވެ. އަދި ހޮޓެލްގައި ހުރެ ރަށުގެ ހިތްގައިމުކަން ބަލައިލުމަށް, ވަކިން ޓެރަހެއް ވެސް އެ ތަނުގައި ވަނީ ހަދައިފަ އެވެ.

ރާއްޖޭގެ ރީތިކަން އެންމެ ފުރިހަމައަށް ތަޖުރިބާކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން މި ތަނުން ސަންސެޓް ކްރޫޒާއި ޑައިވިން އަދި ފިނޮޅުތަކަށް އެއް ދުވަހުގެ ދަތުރު ދިއުމާއި މަހަށް ދިއުން ފަދަ އެކްސްކާޝަންތައް ތަޖުރިބާ ކުރުމުގެ ފުރުސަތު ވެސް ދެ އެވެ.

މި ތަނަކީ ކޯޕަރޭޓް މަސައްކަތްތަކުގައި އަންނަ ގެސްޓުންނަށް ވެސް ހުރިހާ ހިދުމަތްތަކެއް ލިބޭނެ ތަނެއްކަން ކަށަވަރު ކުރުމުގެ ގޮތުން 14 މީހުންގެ ޖާގައިގެ ބިޒްނަސް ސެންޓަރެއް ވެސް ހުރެ އެވެ. އަދި މި ތަނުން ލޯންޑްރީގެ ހިދުމަތާއި ބައިސްކަލް ރެންޓަލް އަދި ބަގީގެ ހިދުމަތް ވެސް ދެ އެވެ.

ސްޓޯން ހޮޓެލްސްއިން ރާއްޖޭގެ ލޯކަލް ޓޫރިޒަމް އިންޑަސްޓްރީ އިތުރަށް ތަރައްގީ ކުރުމުގެ ގޮތުން އެ ތަނުގެ ދެ ވަނަ ހޮޓެލް ކ. ދިއްފުށީގައި އަންނަ މަހު ހުޅުވުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. މި ތަނަކީ ދެ ރެސްޓޯރަންޓާއި ޑައިވް ސެންޓަރަކާ އެކު ހުޅުވުމަށް ހަމަޖެހިފައިވާ ތަނެކެވެ. މި ހޮޓެލްގައި ޑައިވިން އިންސްޓްރަކްޓަރުން ތަމްރީންކުރުމަށް ޑައިވް އެންޑް ވޯޓާ ސްޕޯޓްސް ޓްރެއިނިން ސެންޓަރެއް ހުރެ އެވެ.

ގާތްގަނޑަކަށް 40 ޕަސެންޓު ދިވެހި މުވައްޒަފުންނާ އެކު ހިންގަމުން އަންނަ ސްޓޯން ހޮޓެލްސް އަކީ ދިވެހިންގެ ހުނަރުވެރިކަމާއި ފަންނުވެރިކަމަށް ފުރުސަތު ދޭ ކުންފުންޏެކެވެ. ސްޓޯން ހޮޓެލްސްގެ ހުރިހާ މަސައްކަތްތަކަކީ ދިވެހިންގެ ފަންނުވެރިކަމާއި ހުނަރުން ފަރުމާކޮށް ފުރިހަމަކޮށްފައިވާ މަސައްކަތެވެ. މި ތަނުގެ އިންޓީރާއިން ފެށިގެން އާޓްވޯކްތަކަކީ ވެސް ދިވެހި ފަންނުވެރިންގެ މަސައްކަތްތަކެވެ.

ސްޓޯން ހޮޓެލްސް ބްރޭންޑުއިތުރަށް ފުޅާކޮށް, ރާއްޖޭގެ އެކި ހިސާބުތަކުގައި މި ތަނުގެ ހޮޓެލްތައް ތަރައްގީކުރުމުގެ އަމާޒު ހިފައި މި ކުންފުނިން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ނ. މަނަދޫގައި މި ކުންފުނީގެ 100 ވިލާގެ ހޮޓެލްއެއް ތަރައްގީކުރުމުގެ މަސައްކަތް ފެށުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި އދ. ދިގުރަށުގައި ވެސް އެ ފަދަ ޕްރޮޖެކްޓެއް ފަށަން އަންނަނީ މަސައްކަތް ކުރަމުންނެވެ.

އެ ކުންފުނީގެ އަމާޒަކީ ރާއްޖެއަށް އަންނަ ޓޫރިސްޓުންނަށް މީހުން ދިރިއުޅޭ ރަށްރަށުގައި ވެސް ފުރިހަމަ ހިދުމަތެއް ފޯރުކޮށްދިނުމެވެ.