މެދު ހެންވޭރުގެ ހަމަނުޖެހުން އަނެއްކާވެސް ބޮޑުވެ ވޯޓު ކަރުދާސްތައް އުކާލައިފި
މެދު ހެންވޭރުގެ ހަމަނުޖެހުން އަނެއްކާވެސް ބޮޑުވެ ވޯޓު ކަރުދާސްތައް އުކާލައިފި

އަންނަ މަހުގެ 17 ގައި އޮންނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީގެ ޓިކެޓް ދޭނެ ކެންޑިޑޭޓުން ކަނޑައަޅަން މިއަދު ބޭއްވި ޕްރައިމަރީގައި ހަމަނުޖެހުން ބޮޑުވެ، މެދުހެންވޭރު ދާއިރާގެ ވޯޓު ފޮށީގެ ވޯޓު ކަރުދާސްތައް އުކާލައިފި އެވެ.

މެދު ހެންވޭރުގެ ހަމަނުޖެހުން އަނެއްކާވެސް ބޮޑުވެ ވޯޓު ކަރުދާސްތައް އުކާލައިފި
މެދު ހެންވޭރުގެ ހަމަނުޖެހުން އަނެއްކާވެސް ބޮޑުވެ ވޯޓު ކަރުދާސްތައް އުކާލައިފި

ކަރުދާސްތައް އުކާލީ ވޯޓު ގުނުމުގެ ތެރޭގައި ހިނގި ހަމަނުޖެހުންތަކެއްގަ އެވެ. އެ ވޯޓު ލާ މަރުކަޒުގައި މިހާރު ގިނަ އަދަދެއްގެ ފުލުހުން ވެސް ހަރަކާތްތެރިވަމުން އަންނައިރު، ހަމަނުޖެހުން އަދިވެސް ކޮންޓްރޯލް ނުކުރެވެ އެވެ.

މިއަދުގެ ޕްރައިމަރީގައި މެދުހެންވޭރު ދާއިރާ ފާހަގަވީ އެންމެ ވާދަވެރިކަން ބޮޑު ދާއިރާގެ ގޮތުގަ އެވެ. މިހާތަނަށް އެ ދާއިރާގެ ނަތީޖާ ވެސް އިއުލާން ކުރެވޭ ގޮތެއް ނުވެ އެވެ.

ވޯޓުލުން ކުރިއަށް ގެންދިޔައިރު ވެސް ކަލާފާނު ސްކޫލްގައި ބަހައްޓާފައި ހުރި މެދުހެންވޭރު ދާއިރާގެ ވޯޓުލާ މަރުކަޒަށް މީހުން އެއްވެ، ގަޔަށް އަތްލައި ޒުވާބު ހިނގާފައިވެ އެވެ.

އެ ހަމަނުޖެހުމުގެ ތެރެއިން ވޯޓުލާން ބަހައްޓާފައިހު ރި ފޮއްޓެއް ވެސް އެއްލައިލި އެވެ.

ފޮށީގައި މައްސަލަ ބޮޑުވީ ކުރިން ވޯޓުލާ ލިސްޓްގައި ނަން އޮތް ބައެއް މީހުންގެ ނަންތައް އެންމެ ފަހު ވަގުތު އުނިކޮށްފައިވާ ކަމަށް ބުނެ އެވެ.

މެދުހެންވޭރު ދާއިރާ އަށް މީގެ ކުރިން ހަސަން ޝިޔާމް (ވީބީ ހަސަން) ވެސް ވާދަކުރެއްވި އެވެ. ނަމަވެސް، ޕާޓީ ތެރޭގައި ފިތުނަ އުފައްދަން މަސައްކަތް ކުރި ކަމަށް ބުނެ އޭނާގެ ކެންޑިޑެންސީ ބަލައިނުގަތުމަށް ކަނޑައެޅުމުން ހަސަން ނިންމެވީ އަމިއްލަ ގޮތުން މަޖިލިސް އިންތިހާބަށް ނުކުންނެވުމަށެވެ.

ވޯޓުލުން ކުރިއަށް ދަނިކޮށް ހަމަނުޖެހުންތައް ހިނގާފައިވަނިކޮށް ޕީޕީއެމް/ޕީއެންސީގެ ލީޑަރު ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ މި ޕްރައިމަރީއަކީ ވަރަށް އިންސާފުވެރިކޮށް ދެފުށް ފެންނަ ގޮތަށް ކުރިއަށްދާ އިންތިހާބެއް ކަމަށާއި ވޯޓާސް ލިސްޓަށް ބަދަލު ގެނައުން ފަދަ ކަންކަމަކީ ޕީޕީއެމް/ޕީއެންސީގެ ތެރޭގައި ހިނގާނެ ކަމެއް ނޫން ކަމަށެވެ.

އެކަމަކު ކޮންމެ ފަރާތަކުން ޝަކުވާ ހުށަހެޅިޔަސް ވަރަށް ރަނގަޅަށް އެ ކަން ބައްލަވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ

ޕީއެންސީގެ ޕްރައިމަރީ އަށް ކުރިމަތިލެއްވި ބައެއް ކެންޑިޑޭޓުންގެ ފޯމު ބަލައިނުގަތުމަށް މީގެ ކުރިން ނިންމި އެވެ. އެއީ ޕާޓީ އަށް ހިދުމަތްކުރި ވަރު މަދުވުމާއި ޕާޓީ ބައިބައިކޮށް ފިތުނަ އުފައްދަން މަސައްކަތް ކުރި ކަމަށް ބުނެ އެވެ. ނަމަވެސް، އެ ނިންމުމާ އެކު ބައެއް ކެންޑިޑޭޓުންނާއި އާންމު މެންބަރުންގެ ކަންބޮޑުވުންތަކާ އެކު އެ ނިންމުން ބަދަލުކޮށް ހުރިހާ ކެންޑިޑޭޓުންނަށް ވާދަކުރަން ރައީސް ޑރ. މުއިއްޒު ފުރުސަތު ދެއްވީ އެވެ.