25 ޖެނުއަރީ 2024 - 20:57

މާލޭގައި ބިދޭސީއަކަށް މިރޭ ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.
ފުލުހުން ބުނީ މުތީ ގޯޅީގައި ތޫނު އެއްޗަކުން ހަމަލާ ދީފައިވާ ކަމުގެ ރިޕޯޓް ލިބިފައިވަނީ މިރޭ 19:26 ގައި ކަމަށާއި އަނިޔާވި ބިދޭސީ މީހާ މިހާރު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ބިދޭސީއަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
މިރޭގެ މާރާމާރީގެ ބައެއް ވީޑިއޯތައް ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު، އަނިޔާވި ބިދޭސީ މީހާގެ ބޯ ވަރަށް ބޮޑަށް ފަޅައިގެން ގޮސްފައިވާތަން ފެނެ އެވެ.
މާރާމާރީ ހިންގި ބިދޭސީ މީހާ ހައްޔަރުކޮށްގެން ގެންދާތަން ވެސް އެ ވީޑިއޯއިން ފެނެ އެވެ.