24 ޖެނުއަރީ 2024 - 22:37

ދ. އަތޮޅުގައި ހިންގާ ކަނޑިންމަ ރިސޯޓު ކައިރިން ފެނުނު ނުވަ ފޫޓުގެ ކިނބުލެއް ސިފައިން ހިފައިފި އެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ރިސޯޓުގެ ފުއްޓަރު ކައިރިން ކިނބުލެއް ފެނިގެން އަންގާފައިވަނީ މިއަދު ހަވީރު 4:00 ހާއިރު ކަމަށެވެ.
އެއާއެކު ކޯސްޓްގާޑްގައި ސިފައިން އެ ސަރަހައްދަށް ގޮސް، އެ ކިނބޫ ހިފައިގެން ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ރާއްޖޭގެ ރަށްރަށުން ދޭތެރެ ދޭތެރެއިން ކިނބޫ ފެނެ އެވެ. އެގޮތަށް ފެންނަ ކިނބޫތައް ހިފުމަށްފަހު އަމަލުކުރާ ގޮތަކީ ދުރު ސަރަހައްދުތަކަށް ގެންގޮސް ދޫކޮށްލުމެވެ.