ނޫރުބާން ނުކުންނަވަނީ ލިވިން ވޭޖެއް ހޯދައިދީ ގަލޮޅު އުތުރު ކުރިއަރުވަން
ނޫރުބާން ނުކުންނަވަނީ ލިވިން ވޭޖެއް ހޯދައިދީ ގަލޮޅު އުތުރު ކުރިއަރުވަން

ގަލޮޅު އުތުރު ދާއިރާގެ ރައްޔިތުންގެ ތަކުލީފުތައް ނޫރުބާން ފަހުމީއަށް އެނގިވަޑައިގަންނަވަ އެވެ. ލިބޭ އާމްދަނީން ދެކޮޅު ނުޖެހޭ ދިރިއުޅުމާ އެކު މައްސަލަތައް ކޮންމެ ފަސް އަހަރަކުން ވާރުތަމުންދާއިރު އެ މީހުންގެ ހައްގުގައި އަޑުއުފުލައި ހައްލަކާ ހަމައަށް ނުދެވެ އެވެ. ކަންބޮޑުވުންތަކަށް ހައްލު ހޯދަން މަޖިލީހުގައި އެކަށީގެންވާ މަސައްކަތްތަކެއް ވެސް ނުކުރެވެ އެވެ.

ނޫރުބާން ނުކުންނަވަނީ ލިވިން ވޭޖެއް ހޯދައިދީ ގަލޮޅު އުތުރު ކުރިއަރުވަން
ނޫރުބާން ނުކުންނަވަނީ ލިވިން ވޭޖެއް ހޯދައިދީ ގަލޮޅު އުތުރު ކުރިއަރުވަން

ނޫރުބާން ނުކުންނެވީ އެކަން ބަދަލުކުރައްވާށެވެ. އެ ހިތްވަރު އޭނާގެ އެބަހުއްޓެވެ. ހައްލު ހޯދޭނެ ކަމުގެ ޔަގީންކަން ވެސް އެބައޮތެވެ. ދާއިރާގެ ކޮންމެ މީހެއްގެ އަތުގައި ހިފައިގެން އޭނާ ކުރިއަށް ނުކުންނަވާނެ އެވެ.

ނޫރުބާން ނުކުންނަވަނީ ލިވިން ވޭޖެއް ހޯދައިދީ ގަލޮޅު އުތުރު ކުރިއަރުވަން
ނޫރުބާން ނުކުންނަވަނީ ލިވިން ވޭޖެއް ހޯދައިދީ ގަލޮޅު އުތުރު ކުރިއަރުވަން

ސަރުކާރު ހިންގާ ޕީއެންސީ/ޕީޕީއެމްގެ ޓިކެޓަށް ވާދަކުރައްވާ ނޫރުބާން ފަހުމީގެ އޮތީ އެ ދާއިރާއަށް ވަރަށް ބޮޑު އުއްމީދެކެވެ. މުޅިން އާ ތަސައްވުރަކާ އެކު އޭނާ ބޭނުންވަނީ ދާއިރާއަށް ހެޔޮ ބަދަލުތަކެވެ.

ހާއްސަކޮށް އޭނާގެ އެންމެ ބޮޑު އެއް އަމާޒަކީ ލިބޭ އާމްދަނީއަކީ ލިވިން ވޭޖަކަށް ބަދަލުކުރުމުގެ އަމާޒެވެ. ދިރިއުޅެވޭނެ ވަރުގެ އާމްދަނީއެއް ކޮންމެ މީހަކަށް ކަށްވަރުކޮށްދެއްވަން އޭނާ ކުރައްވަން ޖެހިވަޑައިގަތް ކޮންމެ ކަމެއް ކުރައްވާނެ އެވެ.

"މި މާލޭގައި އުޅުމަށް އާދައިގެ ރައްޔިތު މީހާއަކަށް ނެތް ފުދުންތެރި ވަޒީފާއެއް. އަތެއް ނުފޯރާ. ކުލި އެހާ ބޮޑު ތަކެތީގެ އަގު އެހާ ބޮޑު. އާމްދަނީ ލިބޭ މިންވަރު އެހާ ކުޑަ. ގަބޫލުކުރަން ޖެހޭ ހަގީގަތަކީ އަޅުގަނޑުމެންނަށް ލިބޭ އާމްދަނީ ލިވިން ވޭޖަކަށް އެބަ ބަދަލުވާން ޖެހޭ ކަން،" ދާއިރާގެ ރައްޔިތުންނާ ބައްދަލު ކުރައްވަން ބޭއްވި އިވެންޓްގައި ނޫރުބާން ވިދާޅުވި އެވެ.

"ހުސް ދައްކާ އަޑު އިވެނީ މިނިމަމް ވޭޖެއް ދޭނަމޭ. އަޅުގަނޑު ހަމަ އަޖައިބުވެ އަންތަރީސްވޭ، އަޅުވެތިކަމުގެ ޒަމާނުން ގައުމުތައް އަރައިގަނެގެން އައިއިރު ދައްކަނީ މިނިމަމް ވޭޖްގެ ވާހަކަ. އަޅުގަނޑުމެން ދައްކަންވީ ލިވިން ވޭޖެއް، ލިވަބަލް އިންކަމެއްގެ ވާހަކަ."

ނޫރުބާން ވިދާޅުވީ އޭނާގެ ވައުދަކީ ސަރުކާރުގެ ސިޔާސަތުތަކުގެ ތެރެއިން މަސައްކަތްކޮށްގެން ލިބޭ އާމްދަނީއަކީ އެމީހަކަށް ދިރިއުޅެވޭ ފެންވަރުގެ ހައްގު އާމްދަނީއަކަށް ހެދުން ކަމަށެވެ.

"އެންމެން ވެސް ބުނާނެ ނޫރުބާންއަށް އެކަނި ތިކަމެއް ނުވާނެއޭ. ނޫރުބާންގެ އަޑު އެއްހާސް އަޑަށް ވުރެ ގަދަވާނެ. މި ހައްގު ހޯދަން އަޅުގަނޑުމެން މަސައްކަތް ކުރާނަން،" އޭނާ ވިދާޅުވި އެވެ.

ނޫރުބާން ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ވަކި ވަޒީފާތަކެއް ދިވެހިންނަށް ކަނޑައެޅުމާއި ޒުވާނުންނަށް ފުރުސަތުތައް ހޯދައިދިނުމާއި އާމްދަނީ ލިބޭނެ ގޮތްތައް އިތުރުކޮށް މުސާރައިގެ އޮނިގަނޑު ބޮޑުކުރުން ފަދަ ކަންކަން ހިމަނާފައިވާ ކަމަށެވެ.

އެ ކަންކަން ހާސިލް ކުރެވޭނީ އޭނާ ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ހަދާ ގާނޫނީ ނިޒާމެއްގެ ތެރެއިންނެވެ.

"އަޅުގަނޑަކީ ގާނޫނީ މީހެއް، ގާނޫނު ހަދާ މަޖިލީހުގައި ރައްޔިތުންގެ ހައްގުގައި އަޅަން ޖެހޭ ކޮންމެ އަކުރެއް. އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް. ވިސްނަން ޖެހުނު ކޮންމެ ވިސްނުމެއް އަޅުގަނޑު ވިސްނާނީ އިހްލާސްތެރިކަމާ އެކު. މި އިހްލާސްތެރިކަމާ އެކު އަޅުގަނޑު މި ގައުމަށް ބަދަލު ގެނެސްދޭނަން،" ނޫރުބާން ވިދާޅުވި އެވެ.

"އެންމެ މީހެއްގެ މަސައްކަތުން ވެސް، އެންމެ ފިޔަވަޅަކުން ވެސް ގައުމެއް ކުރިއަރައިގެން ދާނެ ކަމީ ފެނި ހެކި ލިބިފައިވާ ކަންކަން."

ނޫރުބާން ވިދާޅުވީ މާލޭގައި އެތައް މައްސަލަތަކެއް ފުނިޖެހިފައިވާއިރު އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަމުގެ ދަތިކަމުގެ މައްސަލަ ކަމަށެވެ. ގޭގެއަށް ވަނުމުން ފެންނަނީ ބޮޑެތި އާއިލާތައް މާލޭގައި ނިކަމެތި ހާލުގައި ދިރިއުޅޭ ތަން ކަމަށާއި އުމުރުން ދުވަސްވީ މީހުން ހިތްހަމަ ޖައްސާލަން ވެސް ނުކުންނާނެ ގޮތެއް ނެތިފައި ތިބި ތަން ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަންކަން ބަދަލު ވާނީ ތައުލީމީ، ގާބިލް ޒުވާނުން ކެރިގެން ނުކުމެގެން ކަމަށާއި އޭނާ ހުރީ އެގޮތުގައި ސާބިތުވެ ކަމަށް ވިދާޅުވި އެވެ.

"ތިޔަ ބޭފުޅުން އަޅުގަނޑު އިންތިހާބު ކޮށްފިނަމަ ކަށަވަރުކޮށްދޭނަން މި ދާއިރާގެ ރައްޔިތުންގެ ހައްގުގައި ކޮންމެ މީހެއްގެ އަތުގައި ހިފައިގެން އެންމެ ކުރިއަށް ނުކުންނާނީ ނޫރުބާން. އަޅުގަނޑަށް ކެރޭނެ. އަޅުގަނޑު މަސައްކަތް ކުރާނަން ތިޔަ ބޭފުޅުންގެ ހައްގުގައި،" ނޫރުބާން ވިދާޅުވި އެވެ.

ނޫރުބާން ވިދާޅުވީ އޭނާ ސިޔާސީ ހަޔާތް ފައްޓަވަން ބޭނުން ވަނީ ގަލޮޅު އުތުރު ފަދަ ހިތްވަރު ގަދަ ރައްޔިތުންތަކަކާ އެކު ކަމަށާއި އަދި އުއްމީދު ކުރައްވަނީ ވޭތުވެދިޔަ 15 އަހަރު ދާއިރާއަށް އަޅާނުލައި އޮތް އޮތުން ނިމުމަކަށް ގެނައުން ކަމަށެވެ.

"އަޅުގަނޑުގެ ސިޔާސީ ހަޔާތް ފަށަން ބޭނުން ވަނީ ގަލޮޅު އުތުރުގެ ރައްޔިތުން ފަދަ ބާރުގަދަ ކެރޭ ފަހުލަވާނުންތަކެއްގެ ލީޑަރެއްގެ ގޮތުގައި. އަޅުގަނޑު ޔަގީން ކުރަނީ ތިޔަ ރައްޔިތުން ތިޔަ ތިއްބެވީ އަޅުގަނޑަށް ހިތްވަރު ދީގެނޭ، އަޅުގަނޑަށް ބާރުވެރިކަން ދީގެނޭ."

ނޫރުބާން ވިދާޅުވީ ގަލޮޅު އުތުރަށް ނިސްބަތްވާ ބޭފުޅަކު 15 އަހަރުވަންދެން ދާއިރާގެ މެންބަރު ކަން ކުރެއްވި ނަމަވެސް، ދާއިރާގެ ގެތަކަށް ޒިޔާރަތް ކުރުމުން ފެންނަނީ މާޔޫސްކަން ކަމަށެވެ.

"15 އަހަރުވީއިރު ތިމަންނަމެން ވޯޓު ދީގެން ހޮވި މެންބަރު ހުރެގެން ވީ ހަަމަ އެއްވެސް ކަމެއް ނެތޭ ރައްޔިތުން ބުނަނީ. ޒުވާނުން ކުދިން ބުނަނީ ކުޅެލާނެ ދަނޑެއް ވެސް ގަލޮޅު އިތުރުގަ ނެތޭ، ޒުވާނުން ކުޅެލާނެ ދަނޑެއް ވެސް މި މާލޭގައި ހަމައެކަނި ނެތީ މި އަވަށުގައި،" ނޫރުބާން ވިދާޅުވި އެވެ.

"އެންމެ ބާރުގަދަ އެއް މެންބަރު ހުރެމެ މި ދާއިރާގެ ރައްޔިތުން އުދާހުގައި އުޅެން ޖެހުނު ސަބަބެއް އަޅުގަނޑަކަށް ނުވިސްނުން."

ނޫރުބާން ވިދާޅުވީ ދާއިރާގެ ހާލަތު މިގޮތުގައި އޮތީ ދާއިރާގެ ހައްގުގައި މެންބަރު އިއްވަން ޖެހޭ ހައްގު ބަސް ނުއިއްވުމުގެ ސަބަބުން ކަމަށާއި ދާއިރާ މަސްލަހަތުގައި މަސައްކަތް ނުކުރުމުގެ ސަބަބުން ކަމަށެވެ.

"އަޅުގަނޑު މިހުރީ ކެރިގެން ނުކުމެ ޗެލެންޖެއް ދީގެން ގަލޮޅު އުތުރުގެ މި ހަގީގަތް ބަދަލުކޮށްލުމަށްޓަކައި. ތިޔަ ލޮބުވެތި ރައްޔިތުން އަޅުގަނޑުމެންނާ އެކު ތިބި ކަމަށްވާ ނަމަ މި ރޭސް ކާމިޔާބު ކުރާނަން. މިއަށްވުރެ ބޮޑު މަންޒިލަކަށް ހިފަން އެބަ ޖެހޭ،" އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުގެ އުއްމީދަކީ ތިޔައިގެ ތެރެއިން ކޮންމެ ބޭފުޅެއްގެ އުއްމީދާ ގުޅިފައިވާ އުއްމީދެއް. ގަލޮޅު އުތުރަކީ އަޅުގަނޑުގެ ލޮބުވެތި އާއިލާ. އަޅުގަނޑުގެ އާއިލާގެ އެންމެ މެންބަރަކަށް ވެސް ކުޑަ ވެސް ނިކަމެތިކަމެއް ލިބޭ ތަން ބަލަން އަޅުގަނޑު ނުހުންނާނަން."

ޕްރައިމަރީގައި ނޫރުބާންގެ ކެންޑިޑޭޓް ނަންބަރަކީ 1 އެކެވެ.

ނޯޓް: މިއީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ޕްރޮމޯޝަނަލް އާޓިކަލް އެކެވެ.