20 މީހުންނާއެކު ދަތުރުކުރި ބޯޓެއް ފަރަށް އަރައިފި
20 މީހުންނާއެކު ދަތުރުކުރި ބޯޓެއް ފަރަށް އަރައިފި

މާލެ އިން ފުރައިގެން 20 މީހުންނާ އެކު ފުވައްމުލަކަށް ދަތުރުކުރި "ނާރެސް" ބޯޓު މިރޭ ފަރަށް އަރައިފި އެވެ.

އެމްއެންޑީއެފުން ބުނީ މާނިޔާފުށި ފަރަށް އެރި ބޯޓުގައިި ތިބި 13 މީހަކު މިހާރު މާލެ ގެނެސްފައިވާ ކަމަށެވެ. އަދި ބޯޓުގެ ވެރިފަރާތާ ގުޅިގެން އެ ފުންކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

މި ހާދިސާއާ ގުޅިގެން އެއްވެސް މީހަކަށް އަނިޔާއެއް ނުލިބޭ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.