މާފަންނަށް ސިމްޑީ ސީޕީޑީ ފިހާރައެއް
މާފަންނަށް ސިމްޑީ ސީޕީޑީ ފިހާރައެއް

މާފަންނު ކަނބާއައިސާރަނި ހިނގުމުގައި ސިމްޑީ ސީޕީޑީ ފިހާރައެއް ހުޅުވައިފި އެވެ.

މާފަންނަށް ސިމްޑީ ސީޕީޑީ ފިހާރައެއް
މާފަންނަށް ސިމްޑީ ސީޕީޑީ ފިހާރައެއް

މި ފިހާރައިން ސިމްޑީ ގްރޫޕުން އެތެރެކުރާ އެކި ބްރޭންޑުތަކުގެ ޕްރޮޑަކްޓުތައް ލިބޭނެ އެވެ. އޭގެ ތެރޭގައި ބޮން ކެފޭގެ ބުއިންތަކާއި ދިލްމާ ޓީ އާއި ދުނާރު ރައިސް އަދި ނޫރު ސަންފްލާވާ އޮއިލް ފަދަ ކެއުންބުއިމަށް ހާއްސަ ބްރޭންޑުގެ ތަކެއްޗާއި ހައިޖީން ޕްރޮޑަކްޓުތައް ހުރެ އެވެ.

މި ފިހާރަ ހުޅުވުން ފާހަގަކުރުމުގެ ގޮތުން "އޯޕަނިން ވީކް" ޕްރޮމޯޝަނެއްގެ ގޮތުގައި ހާއްސަ ލަކީޑްރޯއެއް ވެސް ވަނީ އިއުލާނު ކޮށްފަ އެވެ. މި ލަކީޑްރޯގެ އެއް ވަނަ އަށް ހުށަހަޅާފައި ވަނީ 1،500ރ. ގެ ސިމްޑީ އޮންލައިން ސްޓޯރުގެ ގިފްޓު ވައުޗަރެކެވެ. ދެ ވަނަ އަށް 1،000ރ. ގެ ގިފްޓު ވައުޗަރެއް ހުށަހަޅާފައި ވާއިރު ތިން ވަނަ އަށް ހުށަހަޅާފައި ވަނީ 500ރ. ގެ ގިފްޓު ވައުޗަރެކެވެ.

މި ލަކީޑްރޯ އަކީ މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް އެ ފިހާރައިން ވިޔަފާރިކުރާ ކަސްޓަމަރުންގެ މެދުގައި ނެގުމަށް ހަމަޖެހިފައިވާ ލަކީޑްރޯއެކެވެ.

މި ފިހާރައިން ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ވިޔަފާރި ކުރެވޭނެ އެވެ.