އިންތިޚާބުގެ ކުރިން ސަރުކާރާ ތޮޅުމަކީ އާރުލާ ކަމަކަށް ނުވާނެ: ރައީސް
އިންތިޚާބުގެ ކުރިން ސަރުކާރާ ތޮޅުމަކީ އާރުލާ ކަމަކަށް ނުވާނެ: ރައީސް

އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކުރިން ސަރުކާރާ ތޮޅުމަކީ އާރުލާ މަސައްކަތަކަށް ނުވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

އިންތިޚާބުގެ ކުރިން ސަރުކާރާ ތޮޅުމަކީ އާރުލާ ކަމަކަށް ނުވާނެ: ރައީސް
އިންތިޚާބުގެ ކުރިން ސަރުކާރާ ތޮޅުމަކީ އާރުލާ ކަމަކަށް ނުވާނެ: ރައީސް

ކ. ހިންމަފުށީގެ ބިން ހިއްކުމުގެ މަޝްރޫއު ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ރައީސަކު ގާނޫނާ ހިލާފު ނުވެ، ރައްޔިތުންގެ ތަރައްގީ އަށް މަސައްކަތްޕުޅު ކުރައްވަމުން ގެންދަވަނިކޮށް، އެ ބޭފުޅަކާ އަބަދު ދިމާކުރަމުން ދިއުމަކީ ރައްޔިތުންނަށް ފައިދާތަކެއް ކުރާނެ ކަމެއް ނޫން ކަމަށެވެ.

އިންތިޚާބުގެ ކުރިން ސަރުކާރާ ތޮޅުމަކީ އާރުލާ ކަމަކަށް ނުވާނެ: ރައީސް
އިންތިޚާބުގެ ކުރިން ސަރުކާރާ ތޮޅުމަކީ އާރުލާ ކަމަކަށް ނުވާނެ: ރައީސް

"އެ ކުރެވެނީ ވަރަށް ބޮޑު އިހާނާތްތެރި ކަމެއް. އެއީ ރައްޔިތުންގެ ލީޑަރަކަށް ވަކާލާތު ކުރާ ކޮންމެ މީހަކު ކޮށްފައި ހުރި ހުވާ ނުވަތަ އެ މީހަކު ރައްޔިތުންގެ ކުރިމަތީގައި ތަސައްވުރު ދައްކައިދީފައި ހުރި ގޮތާ ހިލާފަށް ކުރެވޭ ކަމެއް. އެހެނެއް ނޫން، ރައްޔިތުންގެ މަޖިލިހުން ނިންމާ، ރައީސް ކުރާ މަސައްކަތަކީ ކަނޑައެޅިގެން ގާނޫނުއަސާސީއާ ހިލާފަށް، ރައްޔިތުންގެ މަސްލަހަތު ގެއްލޭ ގޮތަށް ކުރާ ކަންތައް ކަމަށް. ނޫނިއްޔާ ކުރާ ކަންތައްތަކަކީ ބޮޑެތި ކުށްތަކުގެ ތެރޭގައި ހިމެނޭ ކަންތައް ކަމަށް. އެހެން ކަމަށް ވަންޏާ އެ ރައީސް އެބަޖެހޭ ވިސްނަން،" ރައީސް ޔާމީން ވިދާޅުވި އެވެ.

އިންތިޚާބުގެ ކުރިން ސަރުކާރާ ތޮޅުމަކީ އާރުލާ ކަމަކަށް ނުވާނެ: ރައީސް
އިންތިޚާބުގެ ކުރިން ސަރުކާރާ ތޮޅުމަކީ އާރުލާ ކަމަކަށް ނުވާނެ: ރައީސް

އެމަނިކުފާނު ވިދާޅުވި ގޮތުގައި ގާނޫނުއަސާސީގެ ބޭރުން ކަންތައް ނުކުރައްވާ ނަމަ ކޮންމެ ރައީސަކަށް ވެސް ދައުރު ނިންމެވުމުގެ ފުރުސަތު ލިބިވަޑައިގަންނަވަން ޖެހެ އެވެ. ވެރިކަންކުރާ ޕާޓީގެ ތެރެއިންނާއި ބޭރުން ވިޔަސް އެކަމަށް ޖަދަލު ކުރުމަކީ ރައްޔިތުންގެ މަންފާއަށްޓަކައި ކުރާ ކަމަކަށް ނުވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

އިންތިޚާބުގެ ކުރިން ސަރުކާރާ ތޮޅުމަކީ އާރުލާ ކަމަކަށް ނުވާނެ: ރައީސް
އިންތިޚާބުގެ ކުރިން ސަރުކާރާ ތޮޅުމަކީ އާރުލާ ކަމަކަށް ނުވާނެ: ރައީސް

ކޮންމެ ރައީސަކަށް ވެސް ފަސް އަހަރުގެ ދައުރު ނިންމެވުމުގެ ފުރުސަތު ލިބިވަޑައިގަންނަވަން ޖެހޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއިރު، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އެ ފުރުސަތު ލިބިވަޑައިނުގަތީ ކީއްވެގެންތޯ ބައެއް މީހުން ސުވާލު އުފައްދާކަން ރައީސް ޔާމީން ފާހަގަކުރެއްވި އެވެ.

ރައީސް ޔާމީން ވިދާޅުވީ ނަޝީދަށް ވެސް ފުރުސަތު ލިބިވަޑައިގަތް ކަމަށެވެ. އެކަމަކު ކަންކަން އެހެން ގޮތަކަށް ގެންދަވަން ފެއްޓެވުމުން އެކަމަށް ރައްޔިތުންގެ ކުރިމަތީގައި ނަޝީދަށް ޖަވާބުދާރީ ނުވެވި، ދައުރު ކުރުވީ އެމަނިކުފާނުގެ އަމިއްލަފުޅު ނިންމެވުމަކާ ހެދި ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

"އެއީ އެހެން ބަޔަކު އެ ފުރުސަތު ނުދިނީކީ ނޫން. މިހާރު ގާނޫނުއަސާސީއާ ހިލާފަށް، ރާއްޖޭގެ ޝަރުއީ މަރުހަލާގައި ހުރި ކަންކަމާ ބެހި، ނޫނިއްޔާ ފަނޑިޔާރުންނާ ބެހި، އެކަހަލަ ކަންކަމެއް ނުހިނގާނެ. އަދި ކީއްކުރަންތޯ؟، ސިޔާސީ ވާދަވެރިއަކު ވެސް، ސިޔާސީ ޕާޓީއެއްގެ މީހަކު ވެސް ގާނޫނާއި ޝަރީއަތުގެ ބޭރަކުންނެއް އަޅުގަނޑުގެ ސަރުކާރެއްގައި ބަންދެއް ނުކުރާނެ. އަޅުގަނޑުގެ ހޯމް މިނިސްޓަރު ބަންދެއް ނުކުރާނެ. ރައީސް އޮފީހަކުން އެއްޗެއް ނާންގާނެ. އެމީހަކު އެ ކުރާ ކަމެއް އަންނާނީ އެ މީހަކު އެ ކުރާ ގޮތަކަށް،" ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމީން ހިންމަފުށީގައި ވިދާޅުވީ ރާއްޖޭގައި މިހާރު ވެސް މުޒާހަރާ ކުރުމުގެ ހައްގު އެބައޮތް ކަމަށެވެ. އަދި ވިދާޅުވީ "ނޫސްތަކުގައި ވެސް ހަމަ ލިޔާނެ އެއްޗެއް ލިޔަންވީ" ކަމަށެވެ.

"ހަމައެކަނި އަޅުގަނޑުމެން މި ބުނާ ވާހަކަ އަކީ މީސްމީހުންގެ އަބުރަށް އަރައިނުގަންނާށޭ. ހަމަ ތިމާގެ އަބުރު ރައްކާތެރި ކުރަން ބޭނުންވާ ބީދައިން އެހެން މީހުންގެ ހައްގުތަކަށް އަރައި ނުގަންނާށޭ. މިހާރު ވެސް ސަރުކާރުން ކުރާ ކޮންމެ ކަމެއްގެ ވާހަކަ ލިޔާނެ ގޮތަކަށް ލިޔުނަސް އަޅުގަނޑުމެންނަށް އެއީ މައްސަލައެއް ނޫން،" އިދިކޮޅު ފަރާތްތަކަށް މުޒާހަރާ ކުރުމުގެ ހައްގު ހަނިކޮށް އަދި އަބުރުގެ ގާނޫނާ އެކު މިނިވަން ނޫސްވެރިކަމަށް އޮތް ފުރުސަތު ހަނިވެފައިވާ ކަމަށް އެތައް ބަޔަކު ފާހަގަކުރާ މި ދަނޑިވަޅުގައި ރައީސް ޔާމީން ވިދާޅުވި އެވެ.

"އެކަމަކު ފަރުދުންނާ ބެހޭ ކަމަށް ވަންޏާ އެ މީހާގެ ޒިންމާ އޮންނާނެ އެ މީހަކު ލިޔާ އެއްޗަށް ޖަވާބުދާރީވުމަށް. އެހެންވީމާ މިއަދު ވެސް ރާއްޖޭގައި މުޒާހަރާ ކުރަންވީ. މިރޭ ވެސް ކުރަންވީ. މާދަން ވެސް ކުރަންވީ. ހަމައެކަނި ތަފާތަކަށް އަޅުގަނޑުމެން ކުރި ކަމަކީ ރާއްޖޭގައި، މާލޭގައި މުޒާހަރާ ކުރާ ކަމަށް ވަންޏާ މިސްކިތާ 50 ފޫޓު ނުވަތަ 100 ފޫޓު ދުރެއް ނޫނޭ. މަގުމަތީގައި މުޒާހަރާ ކުރުމަކީ އާންމު ކަމަކަށް ނުހަދާށޭ. މުޒާހަރާ ކުރާނެ ސަރަހައްދުތަކެއް އެހެރީ ކަނޑައަޅާފައި. ހަމަ އެތަނުގައި ދެވަނަ ދެކަމެއް ކުރާނެ ކަމެއް ނެތް. އިރުއެރީއްސުރެ އިރުއޮއްސެންދެން މުޒާހަރާ ކުރަންވީ."

ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގެ ރައީސްގެ އަބުރާ ބެހޭ މިންވަރަށް އެހެން ގައުމެއްގެ ރައީސްގެ އަބުރާ ނުބެހޭ ކަމަށެވެ. އަދި އެކަން ތަހައްމަލު ކުރައްވައިފި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ޑިމޮކްރެސީގެ އަސާސަށް އެއްވެސް ބަދަލެއް ނާންނަ ކަމަށާއި ދަތުރުފަތުރު ކުރުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށެވެ.

ތަފާތު ކަންކަމާ ގުޅިގެން ރާއްޖެ އަށް އެނބުރި ވަޑައިނުގެން ތިއްބެވި ސިޔާސީ ބޭފުޅުންނަށް ރައީސް ޔާމީން ވިދާޅުވީ އެބޭފުޅުން ވެސް ރާއްޖެ ވަޑައިގަންނަވަންވީ ކަމަށެވެ.

"އެކަމަކު އެބޭފުން އިހުތިޔާރު ކުރައްވަން ވާނެ، ރާއްޖެ އަށް ޒިޔާރަތް ކުރައްވާއިރު އެ ބޭފުޅުންގެ ހުކުމްތަކެއް ހުރެއްޖިއްޔާ ތިމަންނަ ދާނީ ގެއަށްތޯ ނުވަތަ އެހެން ތަނަކަށްތޯ؟ އެއީ އެބޭފުޅުން ނިންމަވަންޖެހޭ ކަމެއް. އެކަމަކު ރާއްޖެ އަށް ޒިޔާރަތް ކުރެއްވޭނެ. އަޅުގަނޑުމެން މަރުހަބާ ވެސް ކިޔާނަން،" ރައީސް ވިދާޅުވި އެވެ.

"އެހެންވީމާ މި ދިވެހި ރާއްޖޭގައި މި ސަރުކާރު އައިސްގެންނެއް ޑިމޮކްރެޓިކް އެއްވެސް އަސްލަކަށް ބަދަލެއް ނާދޭ. އެވަރުގެ ބަދަލެއް ގެނެވޭނީ ގާނޫނުއަސާސީ އަށް އިސްލާހު ގެނެސްގެން. ގާނޫނުއަަސާސީ އަށް އަޅުގަނޑުމެން އެވަރުގެ އިސްލާހެއް ނުގެންނަން."

ރައީސް ޔާމީން ފާހަގަކުރެއްވި ގޮތުގައި ގާނޫނުއަސާސީ އަށް އެ އުސޫލުން ގެނައި ހަމައެކަނި ބަދަލަކީ ރައީސް ކަމަށް ކުރިމަތިލެވޭ މީހުންގެ އުމުރު ދަށް ކުރުމެވެ. އެއީ ވެސް ޒުވާނުންގެ އާބާދީ ބޮޑުވުމުން ގެނައި ބަދަލެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ޔާމީން ފާހަގަކުރެއްވި ގޮތުގައި މީހުން ދިރިއުޅޭ އެއްވެސް ރަށަކަށް އިންސާފުން ބޭރުން އެމަނިކުފާނުގެ ސަރުކާރުން ވަކި ގޮތެއް ހަދައިދީފައެއް ނޯންނާނެ އެވެ. އެހެންވެ ހިންމަފުއްޓަށް އެކަނި ދެރަވާ ގޮތަށް ކަންތައް ވެގެން ނުވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު އެ މޭރުމުން ވާހަކަފުޅު ދެއްކެވީ، ހިންމަފުއްޓަށް ކަރަންޓު ދިނުމުގައި ކުރިމަތިވެފައިވާ ދަތިތަކުގެ ވާހަކަ ކައުންސިލްގެ ރައީސް ޝާން އިބްރާހިމްގެ ފަރާތުން މިއަދު ލިބިވަޑައިގަތުމުން ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ހިންމަފުށީގެ ކަރަންޓުގެ މައްސަލަ އެނާޖީ މިނިސްޓްރީ އާއި އެނާޖީ އޮތޯރިޓީ އަށް ދޭހަވާ މިންވަރަށް ގެންގޮސްދޭން ރަށުގެ ކައުންސިލްގައި އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ހިންމަފުއްޓަށް ކަރަންޓުގެ މައްސަލާގައި "އާދަޔާ ޚިލާފު ތަކުލީފެއް" އުފުލަން ޖެހިގެން އުޅެނީ ކީއްވެގެންތޯ ބައްލަވަން ބޭނުންފުޅު ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

"ވަރަށް ގިނަ ރަށްރަށުން މި ކަހަލަ ޝަކުވާ އައީމާ، ވަރަށް ގިނަ ރަށްރަށާ އެކީީގައި އިށީނދެޖައީމު. އަދި އަޅުގަނޑުމެންގެ ޕީޖީ ގުރޫޕުގެ ފަރާތުން ވެސް އަޅުގަނޑުމެންނާ އެކީގައި މި މަޝްވަރާ ކުރެވިއްޖެ. އެހެންވީމާ މިއަދު ވެސް ދައުވަތު އަރުވަން މިކޮޅުން [ހިންމަފުށި] ކައުންސިލަރުންގެ ޓީމެއް ވަޑައިގެން އެނާޖީ މިނިސްޓަރާ އަދި އެނާޖީ އޮތޯރިޓީއާ އެކީގައި ތިޔަބޭފުޅުންގެ ތި ހުރި ވާހަކަތައް ދައްކަވާފައި މި މައްސަލަ ދިމާވެގެން މިއުޅެނީ ކީއްވެގެންތޯ ހިންގަވާ ބަލައިލަން. އޭރުން ހީވަނީ އެކަން ހައްލުވެގެން ދާނެ،" ރައީސް ޔާމީން ވިދާޅުވި އެވެ.

އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި ހިންމަފުށީގެ ބިން ހިއްކުމުން، މިހާރު އެ ރަށުގައި އޮތް ބިމަށް ގާތްގަނޑަކަށް ތިންބައިކުޅަ ދެބައި ވަނީ އިތުރުވެފަ އެވެ. އަދި ހިއްކި ސަރަހައްދުގައި ރިވެޓްމަންޓް ވެސް ޖަހާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ހިންމަފުށީގެ ނަރުދަމާގެ ނިޒާމުގެ މަސައްކަތް ނިމުމާއެކު ހިންމަފުއްޓާއި ތުލުސްދޫގެ ބޯފެނުގެ މައްސަލަ ހައްލު ކުރައްވާނެ ކަމަށެވެ.