"އޯޝަންސް އިލެވެން" ގެ ރިމޭކިން އެއް ހުސް ބަތަލާއިންނާ އެކު
"އޯޝަންސް އިލެވެން" ގެ ރިމޭކިން އެއް ހުސް ބަތަލާއިންނާ އެކު

ދެހާސް އެއް ވަނަ އަހަރު ރިލީޒް ކުރި ފިލްމް "އޯޝަންސް އިލެވެން" އަކީ ބެލުންތެރިންގެ މެދުގައި ވަރަށް މަގުބޫލް ފިލްމެކެވެ. މި ފްރެންޗައިޒްގެ ފިލްމުތަކަށް ފޭނުން އަބަދު ވެސް އިންތިޒާރު ކުރެ އެވެ.

"އޯޝަންސް އިލެވެން" ގެ ރިމޭކިން އެއް ހުސް ބަތަލާއިންނާ އެކު
"އޯޝަންސް އިލެވެން" ގެ ރިމޭކިން އެއް ހުސް ބަތަލާއިންނާ އެކު

ޖޯޖް ކްލޫނީ އާއި ބްރެޑް ޕިޓާއި މެޓް ޑޭމަން އަދި ޖޫލިއާ ރޮބަޓްސް ފަދަ ހޮލީވުޑްގެ މަޝްހޫރު އޭ ލިސްޓް ގިނަ ތަރިންތަކެއް ފެނިގެން ދިޔަ "އޯޝަންސް އިލެވެން" އާ ބެހޭ ގޮތުން މި ދުވަސްކޮޅު އަންނަނީ ވަރަށް ޝައުގުވެރި ވާހަކައެއް ދެކެވެމުންނެވެެ.

އެއީ އޭގެ ރިމޭކިިންއެއް މައިގަނޑު ހުރިހާ ރޯލްތަކަށް ބަތަލާއިން ލައިގެން ހަދަން އުޅޭ ވާހަކަ އެވެ. ފިލްމުގެ ކާސްޓުންނާ ބެހޭ ގޮތުން ވެސް މިހާރު އަންނަނީ ވަރަށް ގަދައަށް ވާހަކަ ދެކެވެމުންނެވެ.

ހޮލީވުޑްގެ އެންމެ ފަހުގެ ހަބަރުތައް ބުނާ ގޮތުން "އޯޝަންސް އިލެވެން" ގެ އެންމެ މުހިއްމު ރޯލްތަކަށް ނަގާފައިވާ ތަރިންގެ ތެރޭގައިި ސަންޑްރާ ބްލޮކް، އެލިޒަބަތު ބޭންކް، ކޭޓް ބްލެންޝެޓް، ހެލެނާ ބޮހަމް ކާޓާ އަދި މިންޑީ ކެލިން ހިމެނެ އެވެ.

މީގެ އިތުރުން ފިލްމުގެ ހަމަ އެހާމެ މުހިއްމު ރޯލެއް އޮސްކާ ހާސިލްކޮށްފައިވާ ޒުވާން ބަތަލާ ޖެނިފާ ލޯރަންސަށް ވެސް ހުށަހަޅައިފައިވާ ކަމަށްވެ އެވެ. އެކަމަކު ކާސްޓުންގެ ތެރެއަށް "އޯޝަންސް އިލެވެން" ގެ ބަތަލާ ރޮބަޓްސްގެ ނަމެއް ނާދެ އެވެ.

ފިލްމަކީ ބަތަލުން ގިނަ އަދަދަކަށް ހިމެނޭ ފިލްމަކަށް ވާތީ "އޯޝަންސް އިލެވެން" ގެ އަންހެން ވާޝަނުން ފެނިގެން ދާނެ ތަރިންގެ ލިސްޓް ކުރިއަށް އަދި އޮތީ އެވެ.

ފިލްމުގެ ނަމަކަށް ހަމަޖައްސާފައި ވަނީ "އޯޝަންސް އޮޗޯ" ކަމަށްވެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ސްޓީވެން ސޮޑަބާގް ޑައިރެކްޓް ކުރި "އޯޝަންސް އިލެވެންސް" އަންހެން ކާސްޓަކާ އެކު އަންނަ އިރު، އޭނާ މި ފަހަރު އަދާ ކުރާނީ ފިލްމުގެ ޕްރޮޑިއުސަރެއްގެ ޒިންމާ އެވެ. އަދި ފިލްމް ޑައިރެކްޓް ކުރާނީ "ހަންގާ ގޭމްސް" ގެ އެއް ޑައިރެކްޓަރު ގެރީ ރޮސް އެވެ.

"އޯޝަން އިލެވެން" ގެ އަންހެން ފިލްމްގެ ޝޫޓިން އަންނަ ސެޕްޓެމްބަރުގެ ތެރޭގައި ފަށަން ވަނީ ރާވައިފަ އެވެ.

ޔަގީނުން ވެސް މިއީ ބެލުންތެރިން މިހާރުން ފެށިގެން ވެސް އިންތިޒާރު ކުރާނެ ފިލްމަކަށް ވާނެ އެވެ.