ޒަމާންގަނޑަކަށް ފަހު ސައީދު ޑްރާމާ ސިލްސިލާއެއް ޑައިރެކްޓް ކުރަން ފަށައިފި
ޒަމާންގަނޑަކަށް ފަހު ސައީދު ޑްރާމާ ސިލްސިލާއެއް ޑައިރެކްޓް ކުރަން ފަށައިފި

މީގެ ކުރިން ވެސް ބެލުންތެރިންގެ މަގުބޫލުކަން ހޯދާފައިވާ ބައެއް ޑްރާމާ ސިލްސިލާތައް ޑައިރެކްޓްކޮށްފައިވާ އެކްޓަރު އަހުމަދު ސައީދު އަނެއްކާވެސް އާ ޑްރާމާ ސިލްސިލާއެއްގެ މަސައްކަތް ފަށައިފި އެވެ.

ޒަމާންގަނޑަކަށް ފަހު ސައީދު ޑްރާމާ ސިލްސިލާއެއް ޑައިރެކްޓް ކުރަން ފަށައިފި
ޒަމާންގަނޑަކަށް ފަހު ސައީދު ޑްރާމާ ސިލްސިލާއެއް ޑައިރެކްޓް ކުރަން ފަށައިފި

މި ފަހަރު އޭނާ ޑައިރެކްޓް ކުރާ ޑްރާމާ ސިލްސިލާއަކީ "މީހޭ މަށަށް ދިން މަގާމު" އެވެ.

ޒަމާންގަނޑަކަށް ފަހު ސައީދު ޑްރާމާ ސިލްސިލާއެއް ޑައިރެކްޓް ކުރަން ފަށައިފި
ޒަމާންގަނޑަކަށް ފަހު ސައީދު ޑްރާމާ ސިލްސިލާއެއް ޑައިރެކްޓް ކުރަން ފަށައިފި

ތިނެސްކަން ލޯބީގެ ހާދިސާތަކެއް ދައްކުވައިދޭ މި ޑްރާމާއަކީ މީގެ ކުރިން ވެސް ބައެއް ޑްރާމާތަކާއި ފިލްމްތަކަށް ވާހަކަ ލިޔެފައިވާ މަރިޔަމް މޫސާގެ ވާހަކައަކަށް ހަދާ 13 އެޕިސޯޑްގެ ޑްރާމާއެކެވެ.

އޭނާގެ ވާހަކައަކަށް ދާދި ފަހުން އަލީ ރަޝީދު (ގޮޅާ އައްޔަ) ވެސް ވަނީ ޑްރާމާ ސިލްސިލާއެއް ހަދައިފަ އެވެ. އެއީ އަދި ބެލުންތެރިންނާ ހަމައަށް ނާންނަ "ޝަކުވާއަކާ ނުލާ" އެވެ.

"މީހޭ މަށަށް ދިން މަގާމު" ގެ ލީޑް ރޯލުން ފެނިގެން ދާނީ ސައީދުގެ އަންހެނުން އަދި ބަތަލާ ފާތުމަތު އާޒިފާ (އަޒޫ) އާއި އިބްރާހީމް ޖިހާދު (ޖިމީ) ގެ އިތުރުން "މަލިކާ" އިން ތައާރަފުވާ ނުޒުހަތު ޝުއައިބް (ނުޒޫ) އެވެ.

މީގެ އިތުރުން ޑްރާމާގެ ކާސްޓުންގެ ތެރޭގައި އަލީ ޝާހިދު (ސްޓެޕް އައްޔަ)، މަރިޔަމް ހަލީމް އަދި ނަޖާހް ފަދަ އެކްޓަރުން ހިމެނެ އެވެ.

ސައީދު ބުނީ މުޅިން ވެސް މާލޭގައި ޝޫޓް ކުރާ ޑްރާމާގެ 40 ޕަސަންޓް މިހާރު ނިމިފައިވާ ކަމަށެވެ. މިއީ އޭނާ ޑައިރެކްޓް ކުރާ 12 ވަނަ ޑްރާމާ އެވެ.

"ޝޫޓިން ކުރިއަށްދާ ވަރަކުން މީގެ އެޑިޓިން ވެސް އެބަ ކުރިއަށް ގެންދަން،" މަރިޔަމް މޫސާ އާއި އޭނާގެ ފިރިމީހާ އަދި ޕްރޮޑިއުސަރު ހުސައިން އާދިލް އުފައްދާ ޑްރާމާއާ ބެހޭ ގޮތުން ސައީދު ބުންޏެވެ.

"ލޯބި ނުވިޔަސް ފިރުމާލަދީ" ފަދަ ޑްރާމާތައް ކުރިން ގެނެސް ދީފައިވާ ސައީދު ބުނީ "މީހޭ މަށަށް ދިން މަގާމު" އަކީ ބެލުންތެރިންނަށް ކަމުދާނެ ޑްރާމާ ސިލްސިލާއަކަށް ވާނެ ކަމަށެވެ. އަދި މަސައްކަތް ކުރިއަށްދާ ގޮތާ ދޭތެރޭ ހިތްހަމަޖެހޭ ކަމަށް ބުންޏެވެ.

"ޑްރާމާގެ މަސައްކަތް ދެން މާ ގިނަ ދުވަހެއް ނުވެ އެއްކޮށް ނިންމާލެވޭނެ. އެންމެ ލަސްވެގެން ރޯދައިގެ ކުރިން ނޫނީ ރޯދަ މަހުގެ ތެރޭގައި ކޮންމެވެސް ޗެނަލަކުން ޑްރާމާ ބެލުންތެރިންނާ ހަމައަށް އަންނާނެ،" އޭނާ ބުންޏެވެ. "އެކަމަކު އަދި ވަކި ޗެނަލެއް ނުނިންމާ."

"މީހޭ މަށަށް ދިން މަގާމު" ގައި ފަޒީލާ އާމިރު (ފަޒީ) ކިޔާފައިވާ ލަވައެއް ތީމް ލަވައެއްގެ ގޮތުގައި ހިމެނޭނެ އެވެ.