ނޫރުބާންއާ އެކު ގަލޮޅު އުތުރުގެ ބޮޑު ހަރަކާތެއް މިރޭ!
ނޫރުބާންއާ އެކު ގަލޮޅު އުތުރުގެ ބޮޑު ހަރަކާތެއް މިރޭ!

ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި ގަލޮޅު އުތުރު ދާއިރާގެ ޕްރައިމަރީގައި ވާދަކުރައްވާ ނޫރުބާން ފަހުމީ އެ ދާއިރާގެ މީހުންނާ ބައްދަލުކުރައްވަން ބޮޑު ހަރަކާތެއް މިރޭ ބާއްވަން ނިންމައިފި އެވެ.

މިރޭ 8:30 ގައި ގަލޮޅު ކަންމަތީގައި ބާއްވާ އެ ހަރަކާތުގެ ބޭނުމަކީ ދާއިރާގެ މީހުންނާ ބައްދަލުކުރައްވައި، އެކުގައި އާއިލީ ވަގުތުކޮޅެއް ހޭދަކުރެއްވުން ކަމަށް ނޫރުބާން ވިދާޅުވި އެވެ. އަދި ނެތިގެން އަންނަ އިޖުތިމާއީ ރޫހު އާލާކޮށް، ދާއިރާގެ އާއިލާތައް އެކުގައި ވަގުތު ހޭދަކޮށްލުމަށް ރޭގަނޑުގެ ކެއުމެއް ވެސް ހަމަޖައްސާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ނޫރުބާން ވިދާޅުވީ، އެ ހަރަކާތުގެ ތެރެއިން އޭނާ އެ ދާއިރާ އަށް ކުރިމަތިލައްވާ ސަބަބާއި ވިސްނުމާއި ފިކުރާއި ސިޔާސަތުތައް ދާއިރާގެ މީހުންނާ ހިއްސާ ކުރައްވާނެ ކަމަށެވެ.

ގަލޮޅު އުތުރު ދާއިރާގެ މީހުންގެ ހިޔާލުތައް އޭނާއާ ހިއްސާ ކުރެވޭނެ ގޮތަށް ބާއްވާ ހަރަކާތަށް އެ ދާއިރާގެ އެންމެންނަށް ނޫރުބާން ދައުވަތު ދެއްވަ އެވެ.

މާޗު 17 ވަނަ ދުވަހު ބާއްވާ މަޖިލިސް އިންތިހާބުގެ ޕީޕީއެމް/ޕީއެންސީ ޕްރައިމަރީ ބާއްވަން ހަމަޖެހިފައިވަނީ މި މަހުގެ 27 ވަނަ ދުވަހު އެވެ.