14 ފެބުރުއަރީ 2017 - 06:14

ވަޓްސްއެޕަށް އިތުބާރުކުރެވޭ ނަމަ މި އޮތީ އުފާވާނެ ވާހަކަ އެކެވެ. ބޭނުންކުރާ މީހުން ހިމާޔަތްކުރުމަށްޓަކައި ސަލާމަތީ އިތުރު ފަށަލައެއް ވަޓްސްއެޕަށް އިތުރުކޮށްފި އެވެ. މިއީ އެހެން ބައެއް އެޕްލިކޭޝަން އަދި އޮންލައިން ޕޯޓަލްތަކުގައި ވެސް ބޭނުންކުރާ ފީޗާއެކެވެ. އެއީ "ޓޫ ސްޓެޕް ވެރިފިކޭޝަން" އެވެ.
ވަޓްސްއެޕް ބޭނުންކުރުމަށްޓަކައި ފޯނު ނަންބަރަކަށް ބޭނުންވެ އެވެ. ވަޓްސްއެޕް އެކައުންޓް އެނބުރެނީ ސައްހަ ފޯނު ނަމްބަރެއް ވަށައިގެންނެވެ. އެކައުންޓް ބޭނުންކުރާ މީހާ ވަޓްސްއެޕަށް ދައްކާ ފޯނު ނަމްބަރަކީ އެކައުންޓް ބޭނުންކުރާ މީހާއާ ކިހާ ގާތްކަމެއް އޮންނަ އެއްޗެއްތޯ ބަލައި ޗެކުކުރުމަށް ހަމައެކަނި ޓެކްސްޓް މެސެޖަކުން މިހާރު ފުއްދައެއް ނުލަ އެވެ. ޕާސްކޯޑެއް ވެސް ޖަހަން ޖެހެ އެވެ.
ސެކިއުރިޓީ ފަށަލައެއް އިތުރުކުރުމުން ހިމާޔަތްވެނުނީ އެވެ. އަގެއް ދައްކާކަށް ނުޖެހެ އެވެ. އެހެން ނަމަވެސް ވަޓްސްއެޕް އެކައުންޓް ބަލަހައްޓައި، ދެމެހެއްޓުމަށްޓަކައި އިތުރު މަސައްކަތްތަކެއް ކުރަން ޖެހެ އެވެ. ސައްހަ އީމެއިލްއެއް ވެސް ބޭނުންވެ އެވެ. އެއްގޮތަކަށް ވެސް ހަނދާން ނައްތާލައިގެން ނުވާ ވަރުގެ ޕާސްކޯޑަކަށް ވެސް ބޭނުންވެ އެވެ.
ވަޓްސްއެޕް ބޭނުންކުރާ މީހުންނަށް ޖެހޭ ބުރަ މަސައްކަތަކީ އެޕްލިކޭޝަން އިންސްޓޯލްކުރިއިރު ޖެހި ޕާސްކޯޑް ހަނދާނުގައި ބެހެއްޓުމެވެ. ދެން އޮތް އުނދަގުލަކަށް ވަނީ، ދޭތެރެ ދޭތެރެއިން ޕާސްކޯޑް ޖަހަން ޖެހުމެނެވެ. އެކަން އެ ގޮތަށް ކުރަން ޖެހެ އެވެ. ޕާސްކޯޑް ހަނދާން ނެތިދާނެތީ އެވެ.
ސަލާމާތީ ގޮތުން ރައްކާތެރި އެޕްލިކޭޝަނެއް ގޮތުގައި ވަޓްސްއެޕް ދެމެހެއްޓުމަށް މެނޭޖްމަންޓުން ފަރުވާތެރިވެފައި ވަޓްސްއެޕްގައި ދޯހަޅި ކަންތައް ތަކެއް ހުރި ކަމަށް ބުނެ ފެތުރުނު ޚަބަރުތަކަކާ ގުޅިގެން ކަމަށް ބެލެވެ އެވެ. މެސެޖްތައް "އެންކްރީޕްޓް"ކުރެވިފައި ވާ ކަމަށް ބުނި ނަމަވެސް، އެއީ ރަނގަޅު ވާހަކައެއް ނޫން ކަމަށް ބުނާ ވާހަކަތަކެއް ވެސް ދާދި ފަހުން ފެތުރުނެވެ.
ވަޓްސްއެޕަށް "ޓޫސްޓެޕް ވެރިފިކޭޝަން" ތައާރުފުކުރުމުން، ފޯނު ގެއްލުނަސް، މެސެޖްތައް ލީކުވެދާނެތީ ބިރުގަންނާކަށް ނުޖެހެ އެވެ. އެކަމަކު ދެން ކުރަންޖެހޭ ކަންތައްތައް ކުރުމަށް އަވަސްވެގަންނަން ޖެހެ އެވެ.