ޔުނައިޓެޑްގެ ކުޅުންތެރިން "ތަސައްރަފް ފުދެން" ވެއްޖެ: ޓެން ހާގް
ޔުނައިޓެޑްގެ ކުޅުންތެރިން "ތަސައްރަފް ފުދެން" ވެއްޖެ: ޓެން ހާގް

މެންޗެސްޓާ (ޖެނުއަރީ 15) - މެންޗެސްޓާ ޔުނައިޓެޑްގެ ކުޅުންތެރިން ކޯނަރުތަކުގައި" ތަސައްރަފް ފުދެން" ޖެހޭ ކަމަށް، އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޓޮޓެންހަމާ ދެކޮޅަށް ކުޅެ 2-2 އެއްވަރުވި މެޗަށް ފަހު ޔުނައިޓެޑުގެ ކޯޗު އެރިކް ޓެން ހާގް ބުނެފި އެވެ.

ޔުނައިޓެޑްގެ ކުޅުންތެރިން "ތަސައްރަފް ފުދެން" ވެއްޖެ: ޓެން ހާގް
ޔުނައިޓެޑްގެ ކުޅުންތެރިން "ތަސައްރަފް ފުދެން" ވެއްޖެ: ޓެން ހާގް

ޔުނައިޓެޑް ވަނީ ރޭގެ މެޗުގައި ދެފަހަރަށް ލީޑު ގެއްލުވާލައިފަ އެވެ. ނަމަވެސް ކޯނަރުތަކެއްގައި ޓޮޓެންހަމުން ދެ ފަހަރު ވެސް ނަތީޖާ އެއްވަރުކުރި އެވެ.

ފުރަތަމަ ތިންވަނަ މިނެޓުގައި ރަސްމުސް ހޮއިލާންޑް ލީޑު ނަގައިދިން އިރު 19 ވަނަ މިނެޓުގައި ޓޮޓެންހަމަށް އެއްވަރު ކޮށްދިނީ ރިޗާލިސަން އެވެ. ދެވަނަ ފަހަރަށް ޔުނައިޓަޑަށް ލީޑު ނަގައިދިނީ 40 ވަނަ މިނެޓުގައި މާކަސް ރަޝްފޯޑެވެ. ނަމަވެސް ދެވަނަ ހާފު ފެށިގެން މިނެޓެއް ނުވަނީސް ކްރިސްޓިއަން ބެންޓެންކޫ ވަނީ ޓޮޓެންހަމަށް އަނެއްކާވެސް އެއްވަރު ކޮށްދީފަ އެވެ.

އީނޯސް ކުންފުނީގެ ސާ ޖިމް ރެޓްކްލިފް ވަނީ ޔުނައިޓެޑްގެ 25 ޕަސެންޓުގެ ހިއްސާ ގަތް ފަހުން ފުރަތަމަ ފަހަރަށް އެ ޓީމުގެ މެޗެއް ބަލަން ދަނޑަށް ގޮސްފަ އެވެ.

"އޭނާ [ރެޓްކްލިފް] އަށް ފެންނާނެ މޮޅެއް ހޯދަން ކުޅުންތެރިން ކުރި ހަނގުރާމަ ދަނޑުމަތީގައި،" ޓެން ހާގް ބުންޏެވެ.

"ރީތި ދެ ގޯލު ފެންނާނެ. އޭގެ އިތުރަށް ފެންނާނެ އަހަރެމެން ކުޅުންތެރިން ކޯނަރުތައް ޑިފެންޑު ކުރާއިރު ތަންކޮޅެއް ފިރިހެން ވަންތަ ވާން ޖެހޭކަން."

ޓޮޓެންހަމްގެ ކޯޗު އެންޖީ ޕޮސްޓެކޮގްލޫ ވަނީ ޔުނައިޓެޑާ ދެކޮޅަށް އެ ޓީމުގެ ކުޅުންތެރިން ދެއްކި ކުޅުމަށް ތައުރީފުކޮށްފަ އެވެ.

މި ނަތީޖާއާ އެކު ޔުނައިޓެޑް މިހާތަނަށް ކުޅުނު 21 މެޗުން 32 ޕޮއިންޓް ހޯދައިގެން އެޓީމު އޮތީ ހަތްވަނައިގަ އެވެ. ޓޮޓެންހަމް ފަސްވަނައިގައި އޮތީ 21 މެޗުން 40 ޕޮއިންޓް ހަމަކޮށްގެންނެވެ. ހަތަރުވަނައިގައި އޮތް އާސެނަލް ވަނީ 20 މެޗުން 40 ޕޮއިންޓް ހޯދައިފަ އެވެ.

ލީގުގައި ރޭ 17 ވަނައިގައި އޮރް އެވަޓަން އެވަޓަން އާއި އެސްޓަން ވިލާ ކުޅުނު މެޗު ނިމުނީ 0-0 އިން އެއްވަރު ވެގެންނެވެ. މިއާ އެކު އެސްޓަން ވިލާ އަށް ވަނީ ލީގު އެއްވަނައިގައި އޮތް ލިވަޕޫލާ ޕޮއިންޓްގެ ގޮތުން އެއްވަރުކުރަން ލިބުނު ފުރުސަތު ގެއްލުވާލައިފަ އެވެ.

އެސްޓަން ވިލާ ލީގުގެ ތިންވަނައިގައި އޮތީ 21 މެޗުން 43 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ ވަނީ މެޗެއް މަދުން ކުޅެގެން މި އަދަދަށް ޕޮއިންޓް ހޯދައިފަ އެވެ. ލިވަޕޫލް އެއްވަނައިގައި އޮތީ 20 މެޗުން 45 ޕޮއިންޓް ހޯދައިގެންނެވެ.