ރަސްމާލެ އާއި ގުޅިފަޅުގެ މުނިސިޕަލް ހިދުމަތްތައް ގާއިމްކުރަން ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފި
ރަސްމާލެ އާއި ގުޅިފަޅުގެ މުނިސިޕަލް ހިދުމަތްތައް ގާއިމްކުރަން ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފި

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އެންމެ ބޮޑު ހައުސިން މަޝްރޫއު ކަމަށްވާ ރަސްމާލެ އަދި ކުރީ ސަރުކާރުން ބޯހިޔާވަހިކަމަށް ތަރައްގީކުރަން ފެށި ގުޅިފަޅުގައި މުނިސިޕަލް ހިދުމަތްތައް ގާއިމްކުރުމަށް ޗައިނާ ކުންފުންޏަކާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ރަސްމާލެ އާއި ގުޅިފަޅުގެ މުނިސިޕަލް ހިދުމަތްތައް ގާއިމްކުރަން ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފި
ރަސްމާލެ އާއި ގުޅިފަޅުގެ މުނިސިޕަލް ހިދުމަތްތައް ގާއިމްކުރަން ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފި

ރަސްމާލެ އާއި ގުޅިފަޅުގެ ކަރަންޓާއި ފެނުގެ ހިދުމަތް ގާއިމްކުރުމަށާއި މަގު ހެދުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ޗައިނާ މެޝިނަރީ އިންޖިނިއަރިން ގުރޫޕް ކޯޕަރޭޝަން (ސީއެމްއީސީ) އާ އެވެ.

ރައީސް ޑރ. މުއިއްޒާއި ސަރުކާރުގެ އިސްވެރިން ޗައިނާއަށް މިހާރު ކުރައްވާ ދަތުރުފުޅުގެ ތެރެއިން މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ ޑރ. އަބްދުﷲ މުއްތަލިބެވެ.

މި އެއްބަސްވުމާ ގުޅޭ އިތުރު ތަފްސީލެއް ސަރުކާރުން އަދި ހާމައެއް ނުކުރެ އެވެ.

ޗައިނާ ދަތުރުފުޅުގައި އެ ގައުމުން ވަނީ ރައީސް މުއިއްޒުގެ ސަރުކާރުން ރާއްޖެއަށް އެކުލަވާލައްވާފައިވާ ތަރައްގީގެ ޕްލޭނަށް ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވްގެ ދަށުން އެހީތެރިކަން ލިބޭނެ ކަމުގެ ޔަގީންކަން ދީފަ އެވެ.

ރައީސް މުއިއްޒު ޗައިނާ އަށް މިހާރު ކުރައްވަމުން ގެންދަވާ އެ މަނިކުފާނުގެ ފުރަތަމަ ރަސްމީ ދަތުރުފުޅުގައި 20 އެމްއޯޔޫއެއްގައި ޗައިނާ ސަރުކާރާ އެކު އިއްޔެ ސޮއިކުރި އެވެ. އޭގެ ތެރެއިން އެއް އެމްއޯޔޫއަކީ ފުށިދިއްގަރުފަޅު ނުވަތަ ރަސްމާލޭގައި ސޯޝަލް ހައުސިންޔުނިޓް އިމާރާތް ކުރުމާ ގުޅޭ އެއްބަސްވުމެކެވެ. އެ އެމްއޯޔޫގެ ދަށުން ރަސްމާލޭގައި 30,000 ހައުސިން ޔުނިޓް އިމާރާތް ކުރާނެ އެވެ.