އުރީދޫން އެއް މަސްދުވަހަށް ބޮޑެތި ޑޭޓާ އެޑްއޮންތަކެއް
އުރީދޫން އެއް މަސްދުވަހަށް ބޮޑެތި ޑޭޓާ އެޑްއޮންތަކެއް

އުރީދޫން އާ އަހަރަށް ތައާރަފް ކުރި 5ޖީ އެޑްއޮންތައް މި މަހުގެ ނިޔަލަށް އެކްޓިވޭޓު ކުރެވޭނެ ކަމަށް އުރީދުން ބުނެފި އެވެ.

އުރީދޫން ބުނީ މި އެޑްއޮންތަކަކީ މިހާތަނަށް ތައާރަފްކުރި އެންމެ ބޮޑު އެޑްއޮންތައް ކަމަށާއި މި އެޑްއޮންތައް ނަގާ ކަސްޓަމަރުންނަށް ގޭމު ކުޅެ، ސްޓްރީމްކޮށް، ސޯޝަލްމީޑިއާ ބޭނުންކުރުން ފަދަ ހުރިހާ ހިދުމަތްތައް ހޯދުމަށް ބޭނުންކުރެވޭނެ ކަމަށެވެ. މި އެޑްއޮންތަކަކީ ޕޯސްޓްޕެއިޑް އަދި ޕްރިޕެއިޑް ކަސްޓަމަރުންނަށް ވެސް ނެގޭނެ އެޑްއޮންތަކެކެވެ.

އުރީދޫގެ 5ގީ އެޑްއޮންތަކުގެ ތެރޭގައި 660ރ. އަށް 30 ދުވަހަށް 54 ޖީބީ ލިބޭ އެޑްއޮންއަކާއި 750ރ. އަށް 30 ދުވަހަށް 120ޖީބީ ލިބޭ އެޑްއޮންއަކާއި 1100ރ. އަށް 30 ދުވަހަށް 160 ޖީބީ ޑޭޓާ ލިބޭ އެޑްއޮންއެއް ހިމެނެ އެވެ.

މި އެޑްއޮންތައް މިހާރު އުރީދޫ އެޕް މެދުވެރިކޮށް އެކްޓިވޭޓުކުރެވޭނެ އެވެ.