11 ޖެނުއަރީ 2024 - 07:33

ޗައިނާގެ ރައީސް ޝީ ޖިންޕިންއާ އެކު އިއްޔެ ކުރެވުނީ ވަރަށް ބިނާކުރަނިވި އަދި ފައިދާ ހުރި މަޝްވަރާތަކެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދެންމެ ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު އެހެން ވިދާޅުވީ ޗައިނާގެ ޕްރިމިއާ ލީ ޗިއާންއާ އެކު ދެންމެ ބޭއްވި ބައްދަލުވުމުގަ އެވެ.
ޗައިނާގެ ޕްރިމިއާއަކީ އެ ގައުމުގައި ދެ ވަނަ އަށް އެންމެ އިސް ލީޑަރެވެ.
ރައީސް މުއިއްޒު ވަނީ އެ މަނިކުފާނު ވެރިކަމަށް ވަޑައިގެންނެވުމަށްފަހު ރަސްމީ ދަތުރުފުޅެއް ކުރެއްވި ފުރަތަމަ ގައުމަކަށް ޗައިނާ ވުމަކީ، ދެ ގައުމުގެ މެދުގައި އޮތް ގާތް ގުޅުމުގެ އަލިގަދަ ރަމްޒެއްގެ ގޮތުގައި ފާހަގަކުރައްވައިފަ އެވެ.
އަދި އެ ދައުވަތު ދެއްވީތީ، ޗައިނާގެ ސަރުކާރާއި އިސް ވެރިންނަށް އެ މަނިކުފާނު ޝުކުރު އަދާކުރެއްވި އެވެ. ރައީސް ވިދާޅުވި ގޮތުގައި، މި ދަތުރުފުޅާ އެކު، ގިނަ ދާއިރާތަކުން ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވެފައިވާ އިރު، އެ ކަންކަން ކުރިއަށް ގެންދިއުމަށްޓަކައި ޗައިނާއަށް ދިވެހި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ އެވެ.
މިއަދުގެ ބައްދަލުވުމުގައި ޗައިނާގެ ޕްރިމިއާ ވެސް ވިދާޅުވީ، އިއްޔެގެ ވާހަކަތަކާ އެކު، ދެ ގައުމުގެ ގުޅުން އާ ހަރުފަތަކަށް ދަތުރުކޮށްފައިވާ ކަމަށެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި ދެން އޮތީ ސްޓްރެޓެޖީތައް ރާވައިގެން ދެ ގައުމު ގުޅިގެން މަސައްކަތް ކުރުމުގެ މަރުހަލާ އެވެ.
ޗިއާންއާ ވިދާޅުވީ ދެ ގައުމުގެ ގުޅިގެން ދެ ފަރާތަށް ވެސް ފައިދާވާނެ ގިނަ މަސައްކަތްތަކެއް ކުރެވެން ހުރި ކަމަށާއި، އެ ކަމަށްޓަކައި މުޅި ޗައިނާގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ލިބޭނެ ކަމަށެވެ.
ތަފުސީލް އަންނަނީ...