މިސައިލް ޓެސްޓް ވަރަށް ކާމިޔާބު: ނޯތު ކޮރެއާ
މިސައިލް ޓެސްޓް ވަރަށް ކާމިޔާބު: ނޯތު ކޮރެއާ

ޕިއޮންޔޮން (ފެބްރުއަރީ 13) - ކިމް ޔޮން އުންގެ ބެއްލެވުމުގެ ދަށުން ބެލެސްޓިކް މިސައިލެއް ޓެސްޓްކޮށްފައިވާ ކަމަށާއި އެއީ ވަރަށް ކާމިޔާބު މިސައިލް ޓެސްޓެއް ކަމަށް ނޯތު ކޮރެއާ އިން ބުނެފި އެވެ.

މިސައިލް ޓެސްޓް ވަރަށް ކާމިޔާބު: ނޯތު ކޮރެއާ
މިސައިލް ޓެސްޓް ވަރަށް ކާމިޔާބު: ނޯތު ކޮރެއާ

ކޮރެއަން ނިއުސް އެޖެންސީން ބުނީ ނޯތު ކޮރެއާ އިން ޓެސްޓްކޮށްފައި ވަނީ ބިމުން ބިމަށް ފޮނުވާލެވޭ މެދު ރާސްތާ މިސައިލެއް ކަމަށެވެ. ސައުތު ކޮރެއާގެ ޑިފެންސް މިނިސްޓްރީން ބުނެފައި ވަނީ މިއީ ނޯތު ކޮރެއާގެ މި އަމަލަކީ އަސްކަރީ ގޮތުން ކުރިމަތި ކުރުވި ވަރަށް ބޮޑު އުނދަގުލެއް ކަމަށެވެ.

ނޯތު ކޮރެއާގެ މިސައިލް ޓެސްޓާ ގުޅިގެން އެމެރިކާ، ޖަޕާން އަދި ސައުތު ކޮރެއާ އިން ވަނީ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް ގޮވާލައިފަ އެވެ.

ނޯތު ކޮރެއާގެ ނިއުސް އެޖެންސީން ބުނީ ނިއުކްލިއާ ވޯހެޑް އުފުލުމުގެ ގާބިލްކަން ލިބިފައިވާ މިސައިލް ޓެސްޓްކޮށްފައި ވަނީ އެ ގައުމުގެ ލީޑަރު ކިމް ޖޮން އުންގެ ފުރިހަމަ ބެއްލެވުމުގެ ދަށުން ކަމަށެވެ. އަދި މިސައިލް ޓެސްޓާ މެދު ކިމް ޖޮން އުން ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިގެންނެވި ކަމަށް ވެސް ނިއުސް އެޖެންސީން ބުންޏެވެ.

ސައުތު ކޮރެއާ އިން ބުނީ ނޯތު ކޮރެއާ އިން ފޮނުވާލި މިސައިލް 500 ކިލޯ މީޓަރަށް ދަތުރުކޮށްފައިވާ ކަމަށެވެ. އަދި މިސައިލް ފޮނުވާލާފައި ވަނީ ޖަޕާން ކަނޑާ ދިމާލަށް ކަމަށް ބުނެފައިވެ އެވެ.

އދ. އިން ފާސްކޮށްފައިވާ ގަރާރުގެ ދަށުން ނޯތު ކޮރެއާ އިން އެއްވެސް ބާވަތެއްގެ ބެލިސްޓިކް މިސައިލް ޓެސްޓް ކުރުމަކީ މަނާ ކަމެކެވެ.

ނޯތު ކޮރެއާ އިން މިދިޔަ އަހަރު ވެސް ވަނީ ވަރަށް ގިނަ މިސައިލް ޓެސްޓްކޮށްފަ އެވެ. ނޯތު ކޮރެއާ އިން ތަކުރާރުކޮށް ނިއުކްލިއާ މިސައިލް ޓެސްޓް ކުރަމުން ދިއުމުގެ ސަބަބުން ވަނީ އެ ސަރަހައްދުގެ މަޝްރަހު ހޫނުވެފަ އެވެ.