ހަނގުރާމާގައި 185 ސިފައިން މަރުވެއްޖެ: އިޒްރޭލް
ހަނގުރާމާގައި 185 ސިފައިން މަރުވެއްޖެ: އިޒްރޭލް

އިޒްރޭލަށް ހަމާސް އިން ދިން ހަމަލާތަކުގެ ބަދަލު ހިފުމަށް ކަމަށް ބުނެ ފަލަސްތީނުގެ ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކުގައި ހަމާސް ރައްދު ހަމަލާތަކުގައި އިޒްރޭލު ސިފައިންގެ 185 މީހަކު މިހާތަނަށް މަރުވެފައިވާ ކަމަށް އިޒްރޭލުން ބުނެފި އެވެ.

އިޒްރޭލުން ބުނީ މިދިޔަ އަހަރުގެ އޮކްޓޫބަރު 7 ގައި ދޭން ފެށި ހަމަލާތަކުގައި މިދިޔަ ހޯމަ ދުވަހަކީ އިޒްރޭލު ސިފައިން އެންމެ ގިނައިން މަރުވި ދުވަސް ކަމަށާއި އެ ދުވަހު ނުވަ މީހަކު މަރުވި ކަމަށެވެ.

ހަމާސް އިން އިޒްރޭލަށް އޮކްޓޫބަރު 7 ގައި ދިން ކުއްލި ހަމަލާތަކުގައި އިޒްރޭލުގެ 1،140 މީހަކު މަރުވި ކަމަށް މީޑިއާގެ އެކި ހޯދުންތަކުން ދައްކަ އެވެ. މީގެ އިތުރުން ހަމާސް އިން ވަނީ ރަހީނުންގެ ގޮތުގައި 250 މީހަކު ގެންގޮސްފަ އެވެ. އެކަމަކު އިޒްރޭލުން ބުނަނީ ރަހީނުކޮށްފައިވާ މީހުންގެ އަދަދު 132 އަށް އަރާ ކަމަށެވެ.

ހަމާސް ނައްތާލަން ކަމަށް ބުނެ ދޭ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 23،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފަ އެވެ. -- އޭއެފްޕީ