09 ޖެނުއަރީ 2024 - 22:52

ފުލުހުންގެ ކޮންސްޓަބްލަރީ ވަޒީފާއަށް ކުރިމަތިލާން މިއަދު ހުޅުވާލައިފި އެވެ.
އެ އިދާރާއިން ކުރި އިއުލާނުގައި ބުނީ، 14،421ރ. ގެ މުސާރަ ލިބޭ އެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއި ކުށުގެ ރިކޯޑާއެކު، މި މަހުގެ 18 ވަނަ ދުވަހުގެ ކުރިން ހުށަހަޅަންޖެހޭނެ ކަމަށެވެ.
އެ ވަޒީފާއަށް ކަނޑައަޅާފައިވާ ޝަރުތުތަކުގެ ތެރޭގައި؛
- ގްރޭޑު 10 ނިންމާފައި ހުރުން
- އުމުރުން 18-39 އަހަރާ ދެމެދުގެ މީހަކަށް ވުން
- ފިރިހެނެއް ނަމަ އިސްކޮޅުގައި ފަސް ފޫޓު ތިން އިންޗި އަށްވުރެ ކުރު ނުވުން އަދި އަންހެނެއް ނަމަ ފަސް ފޫޓަށްވުރެ ކުރު ނުވުން
- އިސްލާމް ދީނުގައި ހައްދު ކަނޑައަޅާފައިވާ ކުށެއް ނުވަތަ ވައްކަން، ޓެކުން، މަކަރާ ހީލަތް، މަސްތުވާތަކެތި ބޭނުންކުރުން ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރިކުރުން އަދި ހިޔާނާތް ފަދަ ކުށެއް ކުރިކަން ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ޝަރީއަތަށް ސާބިތުވެފައިވާ މީހަކަށް ނުވުން
- މަސްތުވާއެއްޗަކުން ސަލާމަތްވުމަށް ފާއިތުވި ފަސް އަހަރުގެ ތެރޭގައި ފަރުވާ ހޯދާފައިވާ މީހަކަށް ނުވުން
ކޮންސްޓަބަލަރުންނަކީ އައިޖީއެމްއެޗާއި ބީއެމްއެލް ފަދަ އާއްމުން ގިނައިން ހިދުމަތް ހޯދާ ތަންތަނުގެ ސެކިއުރިޓީ ބަލަހައްޓާ ބައެކެވެ. އެ މީހުން، އާއްމު ފުލުހުން ހަދާ ޓްރެއިނިންތަކެއް ނުހަދާނެ އެވެ.