09 ޖެނުއަރީ 2024 - 23:26

ރާއްޖޭގެ އިރުމަތީގައި އުފެދިފައިވާ ކޮޅިގަނޑު ހުރަސްކުރާތީ، ކުރިއަށް އޮތް ތިން ދުވަހު އެކި ހިސާބުތަކަށް ވިއްސާރަކޮށް، ވައިގަދަވާނެ ކަމަށް މެޓުން ލަފާކޮށްފި އެވެ.
އެ އިދާރާއިން މިރޭ ބުނީ ކޮޅިގަނޑު ހުރަސްކޮށް، އަރަބި ކަނޑަށް ޖެހެމުންދާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އެހެންވެ، ތިން ދުވަހު ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކޮށް، ވައިގަދަވެ އަދި ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީ މޫސުމަށް ސަމާލުވުމަށް ވަނީ އެދިފަ އެވެ.
މެޓުން މާދަމާގެ ހެނދުނު 10 ޖެހުމާ ހަމައަށް މޫސުން ލަފާކޮށްފައިވާ ގޮތަށް ބަލާއިރު، ބައެއް އަތޮޅުތަކަށް ވިއްސާރަކޮށް ގުގުރާނެ އެވެ. އަދި އިރުއުތުރާއި އިރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެން ވާ ކަމަށް ވެސް މެޓުން ބުންޏެވެ.
ރާޅުގެ އުސްމިނުގައި 3-6 ފޫޓު ހުރެ، އާދައިގެ ވަރަކަށް ކަނޑު ގަދަވެ، ވިލާގަނޑުގައި ގަދަވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.