300 އަށް ވުރެ ގިނަ ވިޔަފާރިވެރިތަކާ އެކު ބިޒްނަސް ފޯރަމް ފަށަނީ
300 އަށް ވުރެ ގިނަ ވިޔަފާރިވެރިތަކާ އެކު ބިޒްނަސް ފޯރަމް ފަށަނީ

ރާއްޖެ އިން އިންތިޒާމު ކޮށްގެން ޗައިނާގައި މިއަދު ބާއްވާ ބިޒްނަސް ފޯރަމްގައި 300 އަށް ވުރެ އެކި ވިޔަފާރިތަކުން ބައިވެރިވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ފުޖިއަން ޕްރޮވިންސްގައި ބާއްވާ ރާއްޖޭގެ ބިޒްނަސް ފޯރަމް ފައްޓަވައި ދެއްވާނީ ރައީސް ޑރ. މުއިއްޒެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، އޭވިއޭޝަނާއި ޓްރެވެލް ޓޫރިޒަމާއި ރިއަލް އެސްޓޭޓާއި އިންޖިނިއަރިން، ކާގޯ އެންށް ލޮޖިސްޓިކްސް އާއި ބޭންކިން އެންޑް ފައިނޭންސިން އަދި މަސްވެރިކަމާއި ދަނޑުވެރިކަމުގެ ވިޔަފާރިވެރިން ފޯރަމްގައި ބައިވެރިވާނެ ކަމަށެވެ.

އެއް ދުވަހުގެ މުއްދަތަށް ބާއްވާ ފޯރަމަށް ރާއްޖޭގެ މަޝްހޫރު ބައެއް ވިޔަފާރިވެރިން ވެސް ވަނީ ޗައިނާ އަށް އައިސްފަ އެވެ.

ރައީސް ޑރ. މުއިއްޒު ރާއްޖެގައި އިތުރު ބޮޑެތި ވިޔަފާރިތައް ފުޅާކުރުމަށް ހާއްސަ ސަމާލު ކަމެއް ދެއްވާއިރު އެންމެ ބޮޑު އެއް ފޯކަސްއަކީ އެސްއީޒެޑް ތަރައްގީ ކުރުމެވެ.

ރައީސް ރޭ ވަނީ ޗައިނާގެ ބައެއް ވިޔަފާރިވެރިންނާ ވެސް ބައްދަލު ކުރައްވައިފަ އެވެ.