06 ޖެނުއަރީ 2024 - 19:37

ޕޯސްޓް މެދުވެރިކޮށް ރާއްޖެއަށް ކިލޯއެއްގެ މަސްތުވާތަކެތި އެތެރެކުރި މައްސަލާގައި މީހަކު ހައްޔަރުކޮށްފި އެވެ.
ކަސްޓަމްސް އިން ބުނީ މިމަހުގެ ދެވަނަ ދުވަހު ޕޯސްޓް މެދުވެރިކޮށް ގެނެސްފައިވާ އެ ޕެކޭޖުން މަސްތުވާތަކެތި ފެނިފައިވަނީ އޭގައި މަސްތުވާތަކެތި ފޮރުވާފައި ހުރި ކަމަށް ޝައްކުކުރެވިގެން އިތުރަށް ބަލާ ފާސްކުރުމުގެ ތެރެއިން ކަމަށެވެ.
އޭގެ ބަރުދަނުގައި 1.1 ކިލޯ ހުރިއިރު އެ މަސްތުވާތަކެތި ސިންތެޓިކް ކެތިނޯނަށް ޕޮޒިޓިވްވެފައިވާ ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ.
އެ މައްސަލާގައި ހައްޔަރުކުރީ އެ ޕެކޭޖް ބަލައި ދިޔަ 20 އަހަރު ދިވެހި ފިރިހެނެކެވެ.
ކަސްޓަމްސް އިން ބުނިގޮތުގައި ފުލުހުން ދަނީ އެ މައްސަލަ އިތުރަށް ބަލަމުންނެވެ.