މާލެ ޖަލު ބަންދުކޮށްފި
މާލެ ޖަލު ބަންދުކޮށްފި

ބޮޑުތަކުރުފާނު މަގުގައި ހުންނަ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބިމުގައި ގާއިމްކޮށްފައި ހުރި މާލެ ޖަލު ބަންދުކޮށްފި އެވެ.

މާލެ ޖަލު ބަންދުކޮށްފި
މާލެ ޖަލު ބަންދުކޮށްފި

މިދިޔަ އޮގަސްޓު މަހު، ދަރުމަވަންތަ ސްކޫލު ބޭނުންކުރަން ފެށިއިރު ވެސް ބެލެނިވެރިންގެ ކަންބޮޑުވުމަކީ ސްކޫލުގައި ހޯލެއް ނެތުމެވެ. މިނިސްޓްރީން ކުރިން ވެސް ހަމަޖައްސާފައި އޮތީ، ސްކޫލާއި ޖެހިގެން އޮތް ޖަލު ހުސްކުރުމަށްފަހު އެ ތަނުގައި ހޯލު އަޅާށެވެ. ނަމަވެސް އެކި މައްސަލަތަކާހެދި ކިޔަވަން ފެށުނު އިރު ވެސް އޮތީ އެ ބިން ނުލިބި އެވެ.

މާލެ ޖަލު ބަންދުކޮށްފި
މާލެ ޖަލު ބަންދުކޮށްފި

ކަރެކްޝަންސް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ސަަރުކާރުގެ އެތަނުގައި ތިބި ގައިދީން އެހެން ޖަލުތަކަށް ބަދަލުކޮށް، ޕޮލިސީތަކާ އެއްގޮތަށް މިއަދުން ފެށިގެން މާލެ ޖަލު ބަންދުކޮށްފައިވާ ކަމަށެވެ.

"ޖަލު ބަންދުރަން ނިންމީ، ޖަލާ ޖެހިގެން ކުރީގެ ސަރުކާރުން އިމާރާތްކޮށްފައިވާ ދަރުމަވަންތަ ސްކޫލުގައި ކިޔަވަމުންދާ ދަރިވަރުންނަށް އެތަނުގައި ޖަލެއް ހުރުމުގެ ސަބަބުން ނުރަނގަޅު އަސަރުކުރަމުން އަންނާތީ، ކަމާބެހޭ ފަރާތްތަކާ މަޝްވަރާ ކުރުމަށްފަހު،" އެ ބަޔާނުގައިވެ އެވެ.

ޖަލު ބަންދުކުރި ނަމަވެސް އާއްމުންނަށް ފޯރުކޮށްދެމުން އައި ހިދުމަތްތައް މި މަހުގެ 12ގެ ނިޔަލަށް އެ އިމާރާތުގެ ކައުންޓަރުން ލިބޭނެ ކަމަށް ކަރެކްޝަނުން ބުންޏެވެ.

މާލޭގައި އެ ޖަލު ބޭނުން ކުރަން ފެށީ 2008ވަނަ އަހަރު އެވެ.

އެޑިޔުކޭޝަން މިނިސްޓަރު މީގެ ކުރިން "މިހާރު" އަށް ދެއްވި އިންޓަވިއުއްގައި ވިދާޅުވެފައި ވަނީ ޖަލު ހުސްކޮށް، މިނިސްޓްރީއަށް ބިން ހަވާލުކުރާ ދުވަހުގެ ޖެހިގެން އަންނަ ދުވަހު އެ ތަން ދަރުމަވަންތަ ސްކޫލާ ހަވާލުކުރާނެ ކަމަށެވެ.

އެ ސްކޫލުގައި ހޯލެއް ނެތުމުން ވަގުތީގޮތުން މިހާރު އެކަމަށް ބޭނުން ކުރާނީ ދެ ބްލޮކް ދޭތެރޭ އޮތް ކޮމްޕައުންޑުގައި ޓާފް އަޅައިގެންނާއި ސްކޫލު ތެރޭގައި ހުރި އެހެން ހުސް ޖާގަތަކެވެ.