މަސްތުވާތަކެއްޗާއި ބަނގުރާ ހުއްޓުވަން 24 ގަޑިއިރު ޕެޓްރޯލް ކުރަނީ
މަސްތުވާތަކެއްޗާއި ބަނގުރާ ހުއްޓުވަން 24 ގަޑިއިރު ޕެޓްރޯލް ކުރަނީ

މަސްތުވާތަކެއްޗާއި ބަނގުރާ ދައުރުކުރުން ހުއްޓުވުމަށް، މާލެއަށް ލަފާ ފުރާ އޮޑިދޯނި ފަހަރު ފާސްކޮށް 24 ގަޑިއިރު ޕެޓްރޯލް ކުރަން ފުލުހުން ނިންމައިފި އެވެ.

މަސްތުވާތަކެއްޗާއި ބަނގުރާ ހުއްޓުވަން 24 ގަޑިއިރު ޕެޓްރޯލް ކުރަނީ
މަސްތުވާތަކެއްޗާއި ބަނގުރާ ހުއްޓުވަން 24 ގަޑިއިރު ޕެޓްރޯލް ކުރަނީ

މިގޮތަށް ނިންމީ ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު، ސެންޓްރަލް ޕޮލިސިން ކޮމާންޑާއި އޮޕަރޭޝަން ސަޕޯޓް ކޮމާންޑް އަދި ޑްރަގް އެންފޯސްމަންޓްގެ ސީނިއާ ފުލުހުންނާ އެކު ބޭއްވެވި ބައްދަލުވުމުގަ އެވެ.

އިސްކަންދަރު ބިލްޑިންގުގައި ބޭއްވި ބައްދަލުވުމުގައި މަސްތުވާތަކެއްޗާއި ބަނގުރާ ދައުރުކުރުން ހުއްޓުވުމާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފަ އެވެ.

- ޑްރަގް އެންފޯސްމަންޓާއި މެރިން ޕޮލިސް ގުޅިގެން ހުޅުމާލޭގެ ފަޅުތެރެ ސައުވީސް ގަޑިއިރު މެދުނުކެނޑި ޕެޓްރޯލްކޮށް ބެލެހެއްޓުން.

- އަތޮޅު ތެރޭގެ ރަށްރަށަށް ލަފާ ފުރާ އުޅަނދުތަކާއި ބަނދަރުކޮށްފައި އޮންނަ އުޅަނދު ފަހަރުން ރަށްރަށަށް ބާލާ ތަކެތި މިހާރަށް ވުރެ ބޮޑަށް ބެލެހެއްޓިގެން ދައުރުކުރެވޭ ތަކެއްޗަށް ހެދުން.

ފުލުހުން ބުނި ގޮތުގައި އެ ބައްދަލުވުމުގައި ވަނީ މާލޭގެ ޓްރެފިކް ރަނގަޅުކުރަން ވެސް މަޝްވަރާކޮށްފަ އެވެ.

މާލޭގެ މަގުމަތި ބެލެހެއްޓުމާއި ޓްރެފިކް ބެލެހެއްޓުން އިތުރުކުރުމަށްޓަކައި އިތުރު ފުލުހުން މަގުތަކަށް ނެރެން ވެސް ވަނީ ނިންމައިފަ އެވެ. އަދި ސްކޫލުތަކާއި ހޮސްޕިޓަލް އަދި މީހުން އާންމުކޮށް އެއްވެ އުޅޭ ސަރަހައްދުތަކާއި ޓްރެފިކް ތޮއްޖެހޭ ސަރަހައްދުތަކުގެ އާންމު ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމަށް ވެސް އެ ބައްދަލުވުމުގައި ނިންމާފައިވެ އެވެ.

މާލެ ސަރަހައްދުގައި ވެހިކަލް ގިނަވެ، ޓްރެފިކް ތޮއްޖެހުމަކީ ގިނަ ބައެއްގެ ކަންބޮޑުވުމެކެވެ. އެކަމަށް ހައްލުތަކެއް ހޯދަން ޖެހޭތީ ސަރުކާރުގެ ކަމާގުޅޭ ފަރާތްތަކާ އެކު ޓެކްޓިކަލް ޕްލޭނެއް ހަދަމުން އަންނަ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އިއްޔެ ވިދާޅުވެފައިވެ އެވެ.